ރާއްޖޭގެ ޑެޕިއުޓީ މިނިސްޓަރުން ތަކެއް އިންޑިޔާ ބޮޑު ވަޒީރު މޯދީ އާއި ގުޅޭ ގޮތުން ދެއްކި ދަށުދަރަޖައިގެ ވާހަކަތައް، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެން ކުށްވެރި ކުރައްވައިފި! އެމަނިކުފާނު ވިދާޅިވީ މިއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އެކަން ކުށްވެރިކޮށް، އެއްވެސް ލީޑަރަކާ މެދު އިހާނެތި ކޮށް ވާހަކަ ދައްކާކަށް އަޅުގަނޑުމެން ބޭނުމެއް ނުވާ ކަމުގައި ވިދާޅުވި!
އިތުރަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އިންޑިއާ އާއި ބަންގްލަދޭޝްގެ ގުޅުން ވަރަށް ރަނގަޅު ކަމަށެވެ. ޕާކިސްތާނުގެ ބާރުގެ ދަށުގައި އޭނާ ހިމެނޭހެން ބަންގްލަދޭޝް މުސްލިމުންނަށް އަނިޔާކުރި ވާހަކަ ކިޔާދެއްވަމުން، ދެން އިންޑިއާއަށް ދިޔައީ ކަމުގައި ވިދާޅުވިއެވެ. ”އިންޑިޔާއިން އަޅުގަނޑުމެންނަށް ތާއީދުކޮށް، އަޅުގަނޑުމެންނަށް އެހީވި. ޢާންމު ރައްޔިތުންވެސް އެމީހުންގެ އެހީތެރިކަން ފޯރުކޮށްދިން “ މިނިސްޓަރު ވިދާޅުވުއެވެ. އެހެންވީމާ، އެއީ ތާރީޚް އޮތް ގޮތްކަމަށާއި، އަދި ވޭތުވެދިޔަ އަހަރުތަކުގައި، އިންޑިޔާގެ ލީޑަރޝިޕާއި، އަޅުގަނޑުމެންގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ޒަޢާމަތުގައި، އަޅުގަނޑުމެންނަށް މިވަނީ ވަރަށް ވަރުގަދަ ގުޅުމެއް އުފެދިފައި ކަމުގައި ވިދާޅުވިއެވެ. ހުރިހާ އަވަށްޓެރިންނާ އެކީގައި، ނޫނީ ކުރިއެރުމެއް ނުލިބޭނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން! އަވަށްޓެރިއަކު ދުޝްމަނަކަށް ނުހެދޭނެ ކަމަށް ވިދާޅުވިއެވެ!
ތަފްސީލް އަންނަނީ...