މުއިއްޒުގެ ދެބައިންގެ ދެދަރި ކޮއްކޮ މެންތަކެއް، އެ އާއިލާގެ އެހެން މީހަކަށް ސިހުރު ހަދާފައި ވާ ފެން އެގޭ ދޮރުމައްޗަށް އަޅާ ވީޑިޔޯއެއް އާންމު ވެއްޖެއެވެ. މި ވީޑިޔޯ އާންމު ވެފައިވަނީ، ޔާމީނުގެ ބާރު ދަށްކަށް ވެރިކަމަށް އައުމަށް މުއިއްޒު ފަންޑިތަ ހަދާފައިވާ ކަމުގެ ވާހަކަ ދެކެވިފައިވާއިރެއްގައެވެ.
މުއިއްޒުގެ ކޮއްކޮ މެންތަކެއް ސިހުރު ހަދާފައި ވަނީ، އޭނާ ދިރިއުޅެމުން ދިޔަ ގ. ވަށަފަރުގޭގެ އެޕާރޓްމެންޓަށް އެތާގައި ދިރިއުޅޭ ފަރާތަށް ނޫޅެވޭ ގޮތް ހެދުމަށެވެ. ސިހުރު ހަދާފައި ވަނީ، އާއިލާގެ މެދުގައި ގޯއްޗެއް ބެހި ބެހުމުގައި އޭނާއަށް ތަންކޮޅެއް އިތުރަށް ލިބުމާއި ގުޅިގެން އެކަމުގެ ހަސަދަ ވެރިކަމުގައެވެ. ސިހުރު ހަދާފައިވަނީ ވަށަފަރު އާދަމް ކަލޭގެފާނު (އާދަމް އަބްދުލް ރަހުމާން) ގެ ދަރިންނެވެ. ސިހުރު ހެދި މީހުންނަކީ މުއިއްޒުގެ ބައްޕައަށް ބޮޑު ބޭބަ ކިޔާ، މުއިއްޒާއި ދެބައިންގެ ދެދަރި އޭނާގެ ކޮއްކޮމެންނެވެ.
ސިހުރު ހެދި އިރު މީގެ ބައެއް މީހުންގެ މޫނުވެސް ކެމަރާއަށް ކާކުކަން ސާފުވާ މިންވަރަށް އަރާފައިވާއިރު، އެމީހުންގެ ތެރޭގައި އައިޝަތު ހުދާ އާދަމް، ތޯހިރާ އާދަމް ހިމެނެއެވެ. މީގެ އިތުރުން އަބްދުﷲ ވަހީދު އާއި، ސޮބާހް އާދަމް ވެސް ސިހުރު ހެދުމުގައި އެހީތެރި ވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. މިއީ މުއިއްޒުގެ އެހީތެރިކަމާއި މަދަދުގައި ދިރިއުޅޭ ބައެކެވެ. މި އާއިލާގެ ގިނަ ބަޔަކަށް ސަރުކާރުން ވަނީ މިހާރު ބޮޑެތި މަގާމުތައް ދީފައެވެ.
އޭނާއަށް މި މީހުން ސިހުރު ހެދުމުގައި މުއިއްޒުގެ ބައިވެރިވުން ވެސް އޮތްކަމަށް ބެލެވެއެވެ. މި ހާދިސާ ހިނގުމުގެކުރިން، މުއިއްޒު ވަނީ، މި ވާހަކަ ކިޔައިދިން ފަރާތް، އޭނާގެ އަންހެނުން އަދި 2 އަހަރުގެ ކުޑަ ދަރިފުޅާއި، 6 އަހަރުގެ ކުޑަ ދަރިފުޅާއި އެކު ދިމްޔާތުގައި ދިރިއުޅެމުން ދަނިކޮށް އެއްވެސް ސަބަބެއް ނެތި، ގަދަކަމުން ދިމްޔާތުން ނެރެލާފައެވެ. މުއިއްޒުގެ ބައްޕަ ދިމްޔާތުގައި އެ އާއިލާ ބަހައްޓާފައި ވަނީ، އޭނާ ލަންކާއަށް ދިރިއުޅުން ބަދަލު ކުރުމުގެ ކުރިންނެވެ. މުއިއްޒުގެ ބައްޕަ ލަންކާއަށް ބަދަލުވީ، ލަންކާގައި ރިއަލްސްޓޭޓް ވިޔަފާރި ކުރުމުގެ ބޭނުމުގައެވެ. ބަދަލުވުމުން، އެއާއިލާ ދިމްޔާތަށް ބަދަލުވެ، ދިމަޔާތު ގެސްޓް ހައުސް ހިންގުން އެމީހުންނާއި ހަވާލު ކޮށްފައިވަނީ މުއިއްޒުގެ ބައްޕައެވެ. ނަމަވެސް މުއިއްޒު ބައްޕަ ބަލިވުމުން މުއީޒު ވަނީ އެއާއިލާ ގެއިން ނެރެ ބިކަ ކޮށްލާފައެވެ. އޭގެ ފަހުން އޭނާ ދިރިއުޅުން ބަދަލު ކުރީ، ގ. ވަށަފަރުގެއަށެވެ.
މުއިއްޒުގެ ކޮއްކޮމެންތައް އެއާއިލާއިން ބެހި ގޯއްޗަކުން ތަންކޮޅެއް ބޮޑު ބިންކޮޅެއް އާއިލާގެ އެހެން މީހަކަށް ލިބިގެން ހަސަދަ ވެރިވެގެން އޭނާގެ މައްޗަށް ސިހުރު ހަދާފައިވަނީ މީގެ އެއް އަހަރު ކުރިން އޭނާ ގ، ވަށަފަރުގައި ދިރިއުޅެމުން ދަނިކޮށެވެ.
އެއްވެސް ސަބަބަކަށް ސިހުރު ހެދުމަކީ ﷲ ފިޔަވާ އެހެން ފަރާތެއްގެ މަދަދަށް އެދުމެވެ. އެފަދަ ނުބައި ނުލަފާ މީހުންނަކީ ޝިރުކުގެ އަމަލު ހިންގާ މީހުންނެވެ. އެއީ މާތްﷲ ނަހީކުރައްވާފައިވާ ހަރާން ކަމެކެވެ.
އިތުރު ތަފްސީލް އަންނަނީ....