ޚަބަރު

ކުޑަކުއްޖަކު ރޭޕް ކުރި މުއިއްޒުގެ ގާތް އެކުވެރިއަކަށް ޑެޕިއުޓީ މިނިސްޓަރުކަން! ސަރުކާރުން ދަނީ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރ ގެ މަގާމުގެ އަގު ނަގާލަމުން!

ދިޔަވަރު
ކުޑަކުއްޖަކު ރޭޕް ކުރި މުއިއްޒުގެ ގާތް އެކުވެރިއަކަށް ޑެޕިއުޓީ މިނިސްޓަރުކަން! ސަރުކާރުން ދަނީ ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރ ގެ މަގާމުގެ އަގު ނަގާލަމުން!

ކުޑަކުއްޖަކު ރޭޕް ކޮށްފައިވާ ޕެޑޮފައިލެއް އަމަލެއް ކަމުގައިވާ އަހުމަދު ޝާން އަށް ޑެޕިއުޓީ މިނިސްޓަރުކަން ސަރުކާރުން ދީފި އެވެ.

ރައީސް އޮފީހުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ގޮތުގައި އަހުމަދު ޝާންއަށް ދީފައިވަނީ ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމެވެ.

ގެސްޓް ހައުސް ކޮޓަރިއެއްގައި 16 އަހަރުގެ ކުޑަކުއްޖަކާ އެކު ހުއްޓާ ފުލުހުން ޝާން ހައްޔަރު ކުރީ 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުލަތުން ކުރި ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ކުށުގެ ދައުވާ ނުބެލޭނެ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާ އެންމެ ފުރަތަމަ ބޭރުކޮށްލައިފަ އެވެ.

ނަމަވެސް، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކްރިމިނަލް ކޯޓަށް އެންގީ މައްސަލަ ބެލުމަށެވެ. އެ އެންގުމާ އެއްގޮތަށް ކްރިމިނަލް ކޯޓުގައި މިހާރު އެ މައްސަލައިގެ ޝަރީއަތް ކުރިއަށްދާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ޔަގީންކޮށްދެއެވެ.

މި މައްސަލާގެ އަޑުއެހުމެއް އެންމެ ފުރަތަމަ ބާއްވާފައިވަނީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ. އެ އަޑުއެހުމަކީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށާއި ހުލާސާ ބަޔާން އިއްވުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް، އެ އަޑުއެހުމުގައި ހުލާސާ ބަޔާން އިއްވާފައިނުވެ އެވެ. އެއީ ޝާންގެ ވަކީލުން އިތުރު ފުރުސަތަކަށް އެދިފައިވާތީ އެވެ.

ނަމަވެސް މިހާރު މި މައްސަލަ ބެލޭނެ ކަމުގެ އެއްވެސް އުއްމީދެއް ނެތެވެ. މުއިއްޒު ދަނީ ކުޑަކުދިން ރޭޕް ކުރުމުގެ ތުހުމަތު އޮތް މީހުންވެސް އޭނާއާއި އަރިސް ނަމަ، ބޮޑެތި މަގާމުތައް ދެމުންނެވެ. އަދި ސަރުކާރުން ދަނީ މިފަދަ މީހުންނަށާއި، ޤާބިލުކަމެއް ނެތި، މާލެއަށް ގިނަ ވެފައިވާ އެއްވެސް އަހުލާގެއް ތައުލީމެއް އުޅުމެއް ނެތް އެތައް ސަތޭކަ ބަޔަކަށް ސްޓޭޓް އަދި ޑެޕިއުޓީ މިނިސްޓަރ ލެވެލްގެ މަގާމުތައް ދީ، މަގާމުގެ އަގު ނަގާލަމުންނެވެ. މިކަމާއި ގުޅިގެން ރައްޔިތުން ދަނީ މުއިއްޒަށް ނުރުހުން ފާޅު ކުރަމުންނެވެ.