ޚަބަރު

ޚާއްސަ އެހީ ބޭނުންވާ މުއައްޒަފަކު ވަޒީފާއިން ނިކުތުމުން ފިންގަރ ޖެހިޔަނުދީ ފެނަކައިން އޭނާ ގެއަށް ފޮނުވާލައިފި

ދިޔަވަރު
ޚާއްސަ އެހީ ބޭނުންވާ މުއައްޒަފަކު ވަޒީފާއިން ނިކުތުމުން ފިންގަރ ޖެހިޔަނުދީ ފެނަކައިން އޭނާ ގެއަށް ފޮނުވާލައިފި

ފޯކައިދޫ ފެނަކަ ބްރާންޗްގެ އެސިސްޓެންޓް މެނޭޖަރ ހަސަން ނަސީރު ޑިޔުޓީއަށް ނިކުތުމުން ފިންގަރ ޖެހިޔަނުދީ ގެޔަށް ވަނީ ފޮނުވާލާފައެވެ. އޭނާ ގެއަށް ފޮނުވާލާފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ފޮނުވާލައިފިފޯކައިދޫ ފެނަކައިގެ ސްޓޭޝަން މެނޭޖަރާއި އެސިސްޓެންޓް މެނޭޖަރުންގެ އަތުން ހިންގުން އަތުލުމަށްފަހު މިވަގުތު ހިންގުމާއި ހަވާލުވެހުރި ޓެކްނީޝަން އާދަމް ނަސީރު އާއި އެވެ.

މުއިއްޒު ވެރިކަމަށް އައީ އެއްވެސް މީހެއްގެ ހައްޤަށް އަރައި ނުގަންނާނެ ކަމަށް ތަކުރާރުކޮށް ބުނެ، ވަޒީފާއިން މީހުން ވަކި ނުކުރާނެ ކަމަށް ބުނެ، އެބަހުގެ މައްޗަށް ލިބުނު ވޯޓުންނެވެ.

މިދިޔަ ހަފްތާގެ އަންގާރަ ދުވަހު، ހަސަން ނަސީރު އޮފީހަށް ހާޒިރުކޮށް އޮފީސް އާންމު މަސައްކަތްތަކުން އެކަހެރި ކޮށް، އާރުއޯ ޕްލާންޓްގެ ޝިފްޓު ޑިޔުޓީއަށް ނުކުތުމަށް ވަނީ އަންގާފައެވެ. ނަމަވެސް ވަޒީފާ ބަޔާނާއި، ހަވާލު ކުރި މަސައްތާއި ފުށު އަރާތީ، އެ ބަދަލު ގެނައި ސަބަބު އަންގައި ދިނުމަށް އެދުމުން، ފެނަކައިގެ ލެޓަރ ހެޑެއް، ސޮއެއް ނެތް ލިޔުމެއް ދީފައި ހަސަން ނަސީރު އޭގައި ސޮއިކުރަން އެންގި ކަމުގައި ފެނަކައިން މައުލޫމާތު ލިބެއެވެ.

ހޯމަ ދުވަހު ވަޒީފާއަށް ނުކުތުމުން، ވަޒީފާ އަދާ ކުރުމަށް ފުރުޞަތު ނުދީ، ހަސަން ނަސީރުގެ ވަޒީފާގެ ހައްޤަށް މުއިއްޒުގެ ސަރުކާރުން ވަނީ އަރައިގަނެފައެވެ. ހަސަން ނަސީރަކީ ދައުލަތުގެ ޚާއްސަ އެހީދޭ ދަފްތަރުގައި ހިމެނޭ ފަރާތެކެވެ.

އަދި ހަސަން ނަސީރަށް މި ޖެއްސުން ފޯކައިދޫ ފެނަކައިން ކުރަން ފަށާފައިމިވަނީ ކޮމަންޑޫ ދާއިރާގެ އެމްޑީޕީ މަޖިިލިސް ޓިކެޓަށް ވާދަކުރާ ކެންޑިޑޭޓް ޝިނާން އަށް އޭނާ ތާޢީދު ކުރާ ކަމަށް ސަރުކާރަށް މައުލޫމާތު ލިބިގެންނެވެ. ހަސަން ނަސީރުގެ ފަރާތުން މި މައްސަލަ މިހާރުވަނީ ލޭބަރ އޮތޯރިޓީއަށް ހުށައަޅާފައެވެ.

މިއަދު ފޯކައިދޫ ފެނަކަ އާއި ވަގުތީ ގޮތުން ހަވާލުވެތިބި ފަރާތްތަކަކީ ރަޢީސް ޔާމީނުގެ ވެރިކަމުގައި ފެނަކަ ފޯކައިދޫ ބްރާންޗްގަ ތިބެގެން ކަރަންޓް ބިލްތަކަށް ބަދަލުގެނެސް 183000 ރުފިޔާގެ ވައްކަމެއްގެން އެމައްސަލަ ފެނަކައިން ބެލުމަށްފަހު އަނބުރާ އެފައިސާ އެފަރާތްތަކުގެ މުސާރައިން ކަނޑާ ހަމަކޮށް ވަޒީފާ ދަށްކޮށްފަ ތިބި ވަގުންތަކެއްކަން ފާހަގަކޮއްލަމެވެ.