ޚަބަރު

އިޒްރޭލް ޕާސްޕޯޓް މުއިއްޒު ބޭން ނުކުރަނީ އެމެރިކާއިން ދިން އިންޒާރަށް ބިރުން ފިނޑިކަމުން

ދިޔަވަރު
އިޒްރޭލް ޕާސްޕޯޓް މުއިއްޒު ބޭން ނުކުރަނީ އެމެރިކާއިން ދިން އިންޒާރަށް ބިރުން ފިނޑިކަމުން

އިޒްރޭލް ޕާސްޕޯޓް މުއިއްޒު ބޭން ނުކުރަނީ އެމެރިކާއިން ދިން އިންޒާރުން ބިރުންކަމަށް ދިޔަވަރު ނޫހަށް މައުލޫމާތު ލިބިއްޖެއެވެ. ސަރުކާރުން ދަނީ ޔޫއެސް އެއިޑްއިން ގިނަ ފައިދާތަކެއް، ރާއްޖެއަށް ވާނެ ކަމަށް ބަލައިގެންނެވެ. އިޒްރާލާއި މެދު އެއްވެސް ކަހަލަ ފިޔަވަޅެއް ރާއްޖެއިން އަޅައިފި ނަމަ، އެމީހުންގެ އެހީ ނުލިބޭނޭ ކަމަށް އެމެރިކާއިން ވަނީ އަންގާފައެވެ. މުއިއްޒު ހުންނެވީ އެކަމާއި ބިރުން ޕާސްޕޯޓް ބޭން ކުރަން ފިނޑިކަމުން ނުކެރިފައެވެ. އަދި އިޒްރޭލުން ހިންގަމުން ދަނީ ގަތުލުއާންމެއް ކަމަށް ބުނަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ. އިޒްރޭލުން ހިންގާ ގަތުލުއާންމަށް ސަރުކާރުން ކިޔަނީ "ހަމަނުޖެހުން" މި ލަފްޒެވެ.

އިޒްރޭލުގެ ގަތުލުއާންމު ވަރުގަދަ ކުރުމާއެކު ދިވެހިން އެންމެ ބޮޑަށް ކުރަމުންދާ ޑިމާންޑަކީ ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމެވެ. ރައްޔިތުންގެ މަޖިލީހަށް މި މައްސަލާގައި ގަރާރެއް، ކުއްލި މައްސަލައެއް، އަދި ބިލެއް ވެސް ހުށަހެޅުނެވެ.

އެ ޕްރެޝަރުތަކާއެކު މަޖިލީހުގެ ހާރިޖީ ކޮމިޓީއިން ވަނީ މީގެ 58 ދުވަސް ކުރިން ނޮވެމްބަރު 16، 2023 ގައި އިޒްރޭލުގެ ޕާސްޕޯޓު މަނާކުރުމަށް ލަފާދީ ރައީސް އޮފީހަށް ސިޓީއެއް ފޮނުވާފަ އެވެ.

އެއާއެކު މިދިޔަ މަހުގެ ފަސްވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ، "ސީރިއަސް ކަމެއްގެ ގޮތުގައި" އެކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ވިދާޅުވި، ނަމަވެސް ސަރުކާރުން ވަނީ އެކަމާއި މެދު އެއްވެސް މަސައްކަތެއް ނުކުރުމަށް ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ސަރުކާރާ ކުރިމަތިވާ ސުވާލުތަކަށް މިހާތަނަށް ސާފު ޖަވާބެއް ދީފައި ނުވަނީ އެމެރިކާއިން އިންޒާރުދިން ވާހަކަ ބުނަން ސަރުކާރުން ޖެހިލުން ވާތީއެވެ. ވަކި ގައުމެއްގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަކީ ގާނޫނުގެ ދަށުން ރައީސަށް ލިބިދޭ ބާރެކެވެ. ނަމަވެސް ރައްޔިތުންނަށް އެކަން އޮޅުވާލުމަށް ރައީސް އޮފީހުން ދިން ޕްރެސް އެއްގައި އެއީ ރައީސް އަށް ކުރެވެން އޮންނަ ކަމެއް ނޫންކަމަށް ވަނީ ބުނެ ދޮގު ހަދާފައެވެ.

މި ސަރުކާރު އައީ، އިސްލާމް ދީނުގެ ޝިއާރު ފާޅުކަން ބޮޑުކޮށް އުފުލާނެ ބައެއް ގޮތުގައި ރައްޔިތުންނަށް ދައްކައިގެން އޮޅުވާލައިގެންނެނެވެ. މިދިޔަ މަހު އިޒްރޭލުން ރާއްޖެ އައީ އެންމެ 34 ފަތުރުވެރިންނެވެ. މިހާ މަދު ބަޔަކު އަންނަ ޤައުމެއްގެ ރައްޔިތުން ރާއްޖެ ނުވެއްދުމަށް ފިޔަވަޅު އަޅަން ނުކެރި އެމެރިކާ އާއި އިޒްރޭލުގެ އަޅަކަށް ވެގެން މުއިއްޒު ހުރެދާނެ ކަމަކަކަށް ހަމަ އެކަކުވެސް ހީނުކުރައެވެ.