ޚަބަރު

އާޒިމާއަށް ތާއީދު ނުކުރާކަމަށް ބުނެ, އާބަންކޯގެ ބައެއް މުވައްޒަފުން މިއަދު ކުޑަގިރީގައި ޑިއުޓީ އަދާކުރާން މަޖުބޫރުކޮށް, އެ މުވައްޒަފުންނަށް ވޯޓުލާން މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމައެއް ނުޖެއްސި

ދިޔަވަރު
އާޒިމާއަށް ތާއީދު ނުކުރާކަމަށް ބުނެ, އާބަންކޯގެ ބައެއް މުވައްޒަފުން މިއަދު ކުޑަގިރީގައި ޑިއުޓީ އަދާކުރާން މަޖުބޫރުކޮށް, އެ މުވައްޒަފުންނަށް ވޯޓުލާން މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމައެއް ނުޖެއްސި

‏މާލޭ ސިޓީގެ ބައި އިލެކްޝަން ކުރިޔަށް ދާއިރު, ސަރުކާރު ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓުލާނެކަމަށް, އާރަބަންކޯގެ މެނޭޖްމަންޓުން ގަބޫލުކުރާ ބައެއް މުވައްޒަފުން ކުޑަގިރި ޕިކްނިކް އައިލޭންޑުގައި މުޅިދުވަހު ޑިއުޓީ ކުރާ ގޮތަށް ހަމަޖައްސާ, އެމުވައްޒަފުން ކުޑަގޮރިއަށް އާބަންކޯގެ މެނޭޖްމަންޓުން ފޮނުވާލައިފިއެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިން ގޮތުގައި އެކުންފުނީގެ މެނޭޖްމަންޓުން ދަނީ, ކުރިޔަށްދާ މާލޭގެ މޭޔަރ އަދި ކަންސިލަރުންގެ ބައި އިލެކްޝަންގައި, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓު ދިނުމަށް މަޖުބޫރުކޮށް, އާބަންކޯގެ މުވައްޒަފުންނަށް ވަޒީފާގެ ބިރު ދައްކަމުންނެވެ.

އެގޮތުން ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވޯޓު ނުލާނެކަމަށް މެނޭޖްމަންޓަށް ގަބޫލުކުރެވޭ މުވައްޒަފުން ކުޑަގިރި ޕިކްނިކް އައިލޭންޑުގައި މުޅިދުވަހު ޑިއުޓީ ކުރަންޖެހޭ ގޮތަށް ފޮނުވާލާފައިވާއިރު, ވޯޓްލާން މާލެ އާދެވޭނެ އެއްވެސް މަގެއް ތަނަވަސް ކޮށްދީފައި ނުވާކަމަށްވެސް ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތުދިން އާބަންކޯގެ މުވައްޒަފު ބުނެފައި ވެއެވެ.

އަދި އެމްޑީޕީގެ ކެނޑިޑޭޓަށް ވޯޓު ދޭނެކަމަށް މެނޭޖްމަންޓުން ގަބޫލުކުރާ މުވައްޒަފުން މިއިންތިޚާބުގައި ވޯޓު ނުލެވޭނެކަން ޔަގީން ކުރުމުގެ ގޮތުން މިއަދާއި ދިމާކޮށް އެހެން ރަށްތަކަށްވެސް އާބަންކޯއިން ވަނީ ފޮނުވާލާފައެވެ.

”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިން ގޮތުގައި, މިއިންތިޚާބުގައި އާޒިމާއަށް ވޯޓުލުމަށް އާބަން ކޯއިން މަޖުބޫރު ކުރުވަމުން ދަނީ ހަމައެކަނި ސިޔާސީ މަގާމްތަކުގައި ތިބި މުވައްޒަފުންނަށް އެކަނި ނޫންކަމަށާއި, އެކުންފުނީގެ އެންމެ އާދައިގެ ވަޒީފާތަކުގައި ތިބި މުވައްޒަފުންނަށްވެސް ކުންފުނީގެ މެނޭޖްމަންޓުން ސަރުކާރު ކެނޑިޑޭޓަށް ވޯޓު ދިނުމަށް ވަނި މަޖުބޫރު ކޮށްފައެވެ.

އަދި ވަޒީފާގެ ބިރު ދައްކަމުން ދަނީ މިހާރު އަލަށް ކުންފުނީގެ މެނޭޖްމަންޓަށް ސަރުކާރުން އައްޔަންކޮށްފައިވާ ފީއެންސީގެ އެކްޓިވިސްޓުން ކަމުގައިވެސް ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން އާބަންކޯގެ މުވައްޒިފަކު ކިޔައިދިނެވެ.

މިއަދު ކުރިޔަށްދާ މާލޭސިޓީގެ މޭޔަރ ބައި އިލެކްޝަންގައި ސަރުކާރު ކެނޑިޑޭޓަށް ތާއީދު ހޯދުމަށް ސަރުކާރުން ދަނީ އިންތިޚާބަށް ސިޔާސީ ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން ސޯޝަލް ސެންޓަރުގައި ހުން ޔޫތު މިނިސްޓްރީގެ އޮފީސް ތެރޭގައި, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ވަނީ ކެމްޕޭން ކޮށްފައެވެ. އެތަނުގައިވަނީ އާޒިމާއަށް ވޯޓުމަށް ފައިސާ ބަހާ ރިޝްވަތު ދީ ހަދާފައެވެ.

ސޯޝަލް ސެންޓަރަކީ ވޯޓުލާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސާފައިވާ ތަނެކެވެ.

އޭގެ އިތުރުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން, އެ މިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް މެއިލް ކޮށްގެން މަލޭސިޓީގެ މޭޔަރ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓްގެ އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ބޭނުންކުރުމަށް 2 ކޮންޕިއުޓަރ ސިސްޓަމާއި 2 މޭޒް ގެންގޮސްފައިވާތީ އެމައްސަލަ އަމިއްލަ ފަރާތަކުން މިހާރުވެސް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.