ޚަބަރު

އާޒިމް ކުރީގައި. މި ސަރުކާރަށް ރައްޔިތުން ބޮޑުތަކުން ނޫނެކޭ ބުނެފި!

ދިޔަވަރު
އާޒިމް ކުރީގައި. މި ސަރުކާރަށް ރައްޔިތުން ބޮޑުތަކުން ނޫނެކޭ ބުނެފި!

މާލޭގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަންގެ ނަތީޖާތައް އިއުލާން ކުރަން ފެށި އިރު، މިހާތަނަށް ގުނި ވޯޓު ފޮށިތަކުގެ ނަތީޖާ އިން އެމްޑީޕީގެ ކެންޑިޑޭޓު އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ކުރި ހޯއްދަވަމުން އެބަގެންދަވައެވެ.

މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، 2،135 ވޯޓު ލިބިވަޑައިގެން ކުރީގައި އުޅުއްވަނީ އާޒިމްއެވެ. އޭނާ އާ ވާދަކުރައްވަނީ އާޒިމާއެވެ. އާޒިމާ އަށް މިހާތަނަށް އައިއިރު 1،317 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ.

ތިން ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގަތީ ޑިމޮކްރެޓްސްގެ ކެންޑިޑޭޓު މުހައްމަދު ސައިފް ފާތިހެވެ. އޭނާ އަށް 644 ވޯޓު ލިބިވަޑައިގަތެވެ. ހަތަރު ވަނައިގައި އުޅެނީ އަމިއްލަ ގޮތުން ވާދަކުރައްވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދެވެ. އޭނާ އަށް 546 ވޯޓު ވަނީ ލިބިވަޑައިގެންފައެވެ. ފަސް ވަނައިގައި އުޅުއްވަނީ އަމިއްލަ ގޮތުން ވާދަކުރައްވާ ޝުއައިބު އަލީއެވެ. އޭނާއަށް ލިބިވަޑައިގެންފައި ވަނީ 38 ވޯޓެވެ.