ޚަބަރު

ރިޝްވަތުގެ ފައިސާ ބަހައިގެންވެސް އާޒިމާއަށް މޭޔަރުކަން ކާމިޔާބެއް ނުކުރެވުނު! މި ސަރުކާރަށް ބޮޑު ލަދެއް!

ދިޔަވަރު
ރިޝްވަތުގެ ފައިސާ ބަހައިގެންވެސް އާޒިމާއަށް މޭޔަރުކަން ކާމިޔާބެއް ނުކުރެވުނު! މި ސަރުކާރަށް ބޮޑު ލަދެއް!

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ބޮޑު ތަފާތަކުން ކާމިޔާބު ކުރައްވައިފި އެވެ.

މާލޭގެ މޭޔަރު ހޮވުމަށް ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 5:00އާ ހަމައަށެވެ. މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި 55 ވޯޓު ފޮށި ބެހެއްޓި އެވެ.

މިހާތަނަށް ގުނިފައިވާ 41 ފޮށީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން، އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމަށް ވަނީ 5،303 ވޯޓު ލިބިފަ އެވެ.

އޭނާ އާ އެންމެ ގާތުން ވާދަކުރެއްވި ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް އާޒިމާ ޝުކޫރަށް ލިބިފައި ވަނީ 3،301 ވޯޓެވެ. ދަ ޑިމޮކްރެޓްސްގެ ފަރާތުން ކައުންސިލްގެ ގަލޮޅު އުތުރު ދާއިރާ މެމްބަރު މުހައްމަދު ސައިފް ފާތިހް އަށް 1،634 ވޯޓު ލިބިފަ އެވެ.

އަމިއްލަ ގޮތުން ވާދަ ކުރެއްވި ކުރީގެ ޕޮލިސް ކޮމިޝަނާ ހުސެއިން ވަހީދަށް 1،326 ވޯޓު ލިބިފައި ވާއިރު އަލީ ޝުއައިބް އަށް ލިބިފައި ވަނީ 91 ވޯޓެވެ.

މިހާރު އެންމެ ކުރީގައި އުޅޭ ދެ ކެނޑިޑޭޓުންގެ ތަފާތަށް ބަލާއިރު, އާޒިމާއަށް ދެން މިއިންތިޚާބު ކާމިޔާބު ނުކުރެވޭނެކަން ވަނީ ޔަގީން ކުރެވިފައެވެ.

މިއަދުގެ ވޯޓުލުން ކުރިޔަށް ދިޔައިރު, ސޯޝަލް ސެންޓަރުގައި ހުންނަ ޔޫތު މިނިސްޓްރީގެ އޮފީސްތެރޭގައި މި ސަރުކާތުގެ ދެ ޑެޕިއުޓީ މިނިސްޓަރުން ވަނީ އެސެންޓަރުގައި ހުންނަ ޔޫތު މިނިސްޓްރީގެ އޮފީސް ތެރޭގައި މީހުންނަށް ގުޅާ އަދި, ރައީސް މުއިއްޒުގެ އެންގުމަށް ރިޝްވަތުގެ ފައިސާ ބަހާ ހަދާފައެވެ.

އޭގެ އިތުރަށް އާބަންކޯއިން މިއަދުވަނީ އެ ކުންފުނީގެ މުވައްޒަފުންގެ ތެރެއިން އާޒިމާގެއަށް ތާއީދު ނުކުރާނެކަމަށް މެނޭޖްމަންޓަށް ގަބޫލު ކުރެވޭ ބައެއް މުވައްޒަފުން ވޯޓު ލާދުވަހު މާލެ ކައިރީގައިވާ ކުޑަގިރި ޕިކްނިކް އައިލޭންޑުގައި ވަޒީފާ އަދާކުރަންޖެހޭ ގޮތަށް ހަމަޖައްސާ, އެ މުވައްޒަފުންނަށް މިއަދު މާލެ އާދެވޭނެ އެއްވެސް އިންތިޒާމެއް ހަމަޖައްސާ ނުދީފައެވެ.

އޭގެ އިތުރުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު އަންގަވައިގެން, އެ މިނިސްޓްރީގެ އެޑްމިންގ ޑިޕާޓަށް މެއިލް ކޮށްގެން މަލޭސިޓީގެ މޭޔަރ އިންތިހާބުގައި ޕީއެންސީން ވާދަކުރާ ކެނޑިޑޭޓްގެ އާޒިމާ ޝަކޫރުގެ ކެމްޕެއިންގައި ބޭނުންކުރުމަށް 2 ކޮންޕިއުޓަރ ސިސްޓަމާއި 2 މޭޒް ގެންގޮސްފައިވާތީ އެމައްސަލަ އަމިއްލަ ފަރާތަކުން މިހާރުވެސް ވަނީ އޭސީސީއަށް ހުށަހަޅާފައެވެ.