ޚަބަރު

އާދަމް އާޒިމަށް މަރުހަބާ ކިޔުމަށްފަހު, މުއިއްޒު އެންގުމަށް ޕީއެސްއެމްގެ އެކްސް ޕޯޓު ޑިލީޓު ކޮށްފި

ދިޔަވަރު
އާދަމް އާޒިމަށް މަރުހަބާ ކިޔުމަށްފަހު, މުއިއްޒު އެންގުމަށް ޕީއެސްއެމްގެ އެކްސް ޕޯޓު ޑިލީޓު ކޮށްފި

މާލޭގެ މޭޔަރު ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން އެމްޑީޕީގެ ކެންޑިޑޭޓް އާދަމް އާޒިމް، ބޮޑު ތަފާތަކުން ކާމިޔާބު ކޮށްފައި ވަނިކޮށް, އާދަމް އާޒިމަށް މަރުހަބާ ދަންނަވާ, ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ކުރި ޓުވީޓު ޑިލީޓް ކޮށްފިއެވެ.

ޕީއެސްއެމްއިން ކުރި އެކްސް ޕޯސްޓުގައި ވަނީ ވަގުތީ ނަތީޖާއިން އެމްޑީޕީގެ ކެނޑިޑޭޓް އާދަމް އާޒިމް މޭޔަރ ބައި އިލެކްޝަން ކާމިޔާބު ކުރައްވާފައިވާކަމަށް ބުނެފައެވެ. އަދި ވަނީ އާދަމް އާޒިމަށް ޕީއެސްއެމްގެ ފަރާތުން މަރުހަބާ ކިޔާފައި ވެއެވެ.

އެހެންނަމަވެސް ޕީއެސްއެމްގެ އެކްސް ޕޯސްޓުވަނީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޑިލީޓް ކޮށްފައެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި ޕީއެސްއެމްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ޕީއެސްމްގެ އެކްސް ޕޯޓު ޑިލީޓް ކޮށްފައިވަނީ, އާޒިމްއަށް ޕީއެސްއެމްގެ ރަސްމީ އެކްސް ހޭންޑްލްއިން މަރުހަބާ ކިއުމުން, ކޯފާވެ ރައީސް މުއިއްޒު އެކުންފުނީގެ އެމްޑީ ޒީނާ ޒާހިރުއަށް ގުޅުއްވާ ޕޯސްޓު ޑިލީޓް ކުރުމަށް އެންގެވުމުން ކަމުގައެވެ.

މިއަދު ކުރިޔަށްދިޔަ މޭޔަރ ބައި އިލެކްޝަންއަށް ނުފޫޒު ފޯރުވުމަށް, ޕީއެސްއެމްއިންވަނީ, މާލެއަށް މޭޔަރަކު ހޮވުމަށް ބޭއްވި އިންތިޚާބުގައި ވާދަކުރެއްވި ފަސް ކެނޑިޑޭޓުންނަށް ޢަމާޒުކޮށް އެ މީޑިއާއިން ބޭއްވި ބަހުސްގެ ސުވާލުތައް, ޕީއެންސީގެ ކެނޑިޑޭޓް އާޒިމާ ޝަކޫރަށް ކުރިން ފޯރުކޮށް ދީފައެވެ.

ނަން ހާމަ ނުކުރުމަށް އެދި “ދިޔަވަރު އޮންލައިން” އަށް ކުރިން މައުލޫމާތު ދިން, ޕީއެސްއެމްގެ އޮފިޝަލަލު ކިޔައިދިން ގޮތުގައި, ޕީއެސްއެމްގެ ބަހުސްގައި ކުރި ސުވާލުތައް ސަރުކާރު ކެނޑިޑޭޓަށް ކުރިން ފޯރުކޮށްދީފައިވަނީ ޕީއެސްއެމްގެ އެމްޑީ ޒިނާ ޒާހިރުއަށް ސީދާ ރައީސް މުއިއްޒު ގުޅުއްވައިގެންނެވެ.