ޚަބަރު

ގޯތިތައް ހަވާލު ނުކޮށް، އުތުރު ތިލަފަޅުން ބޮޑު ބައެއް ޗައިނާއަށް ދޭން ނިންމައިފި

ދިޔަވަރު
ގޯތިތައް ހަވާލު ނުކޮށް، އުތުރު ތިލަފަޅުން ބޮޑު ބައެއް ޗައިނާއަށް ދޭން ނިންމައިފި

ރާއްޖޭގައި ހެއްދޭ ދަނޑުވެރި ހުރިހާ ބާވަތެއް ހެއްދޭ ގޮތަށް އުތުރުތިލަފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް ގާއިމުކުރުމަށް ބުނެ ޗައިނާއަށް ބޮޑު ސަރަހައްދެއް ނުވަތަ އެއްކޮށް އުތުރު ތިލަފަޅުން ދިނުމަށް މުއިއްޒު ނިންމާފައިވާ ކަމުގެ މައުލޫމާތު ލިބިއްޖެއެވެ. އުތުރު ތިލަފަޅުގެ އާންމުން ދިރިއުޅޭ އޭރިޔާއަކީ 215 ހެކްޓަރެވެ. ދެލައްކަ މީހުންގެ އާބާދީއަކަށް ބޭނުންވާ ވަރުގެ ކާބޯތަކެތި އުފެއްދުމަށް 215 ހެކްޓަރަށް ވުރެ ބޮޑު ޖާގައެއް ބޭނުންވެއެވެ.

އުތުރުތިލަފަޅުގައި ރާއްޖޭގެ ރައްޔިތުންނަށް، މަދުވެގެން ދެ ލައްކަ ރައްޔިތުންނަށް ވާ ވަރަށް، ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ގާއިމު ކުރުމުގެ މަޝްވަރާ ކުރެވިގެން ދިޔަ

ރައީސް މުއިއްޒު ވިދާޅުވި އެވެ.

ޗައިނާއިން އުތުރު ތިލަފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް އަޅަން ބޭނުންވީ، ޕީޕީއެމް ކުރީ ސަރުކާރުގައި އުތުރުތިލަފަޅުގައި އަޅަން އިންޑިޔާގައި އެދިފައިވާ މިލިޓަރީ މަރުކަޒުގެ ބަދަލުގައި އެތާގައި އެމްޑީޕީ ސަރުކާރުން ޑޮކްޔާޑެއް ގާއިމު ކުރުމުގެ މަސައްކަތް ފަށާފައި ވަނިކޮށްށެވެ. ފުށި ދިއްގަރުފަޅުގައި އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް އެޅެން އޮއްވައި، އާންމު ރައްޔިތުންނަށް ގޯތި ދީފައިވާ އުތުރު ތިލަފަޅުގައި، ކަނޑާފައިވާ ގޯތި ތަކާއި އެކު ޗައިނާއަށް ދޭން ނިންމީ، އިންޑިޔާއިން އެތާގައި އަޅާ ޑޮކްޔާޑާއި ވީހާވެސް ކައިރިން ޗައިނާގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓް އެޅުމުގެ ބޭނުމުގައި ކަމަށް މި މަޝްވަރާތަކުގައި ބައިވެރިވި ފަރާތުކުން އޭނާގެ އެކުވެރިންތަކަކަށް ކިޔައިދީފައިވެއެވެ.

ދެލައްކަ މީހުންގެ އާބާދީއަކަށް ބޭނުންވާ ވަރުގެ ކާބޯތަކެތި އުފެއްދުމަށް ބޮޑު ޖާގައެއް ބޭނުންވެއެވެ. މިކަމަށް އުތުރު ތިލަފަޅު އެއްކޮށްހެން ބޭނުންވެއެވެ. ވާޓިކަލް ފާރމިންގ ބޭނުން ކުރި ކަމުގައި ވީނަމަވެސް ދެލައްކަ މީހުންގެ އާބާދީއަކަށް ކާބޯތަކެތި އުފައްދަން އުތުރުތިލަފަޅު އެއްކޮންހެން ބޭނުންވާނެ ކަމަށް ކަމާއި ބެހޭ ތަޖުރިބާކާރުން ހާމަ ކުރެއެވެ.

އުތުރު ތިލަފަޅަކީ، ދެލައްކަ މީހުންގެ އާބާދީއަކަށް ބޭނުންވާ ކާބޯތަކެތި އުފައްދަން އެގްރިކަލްޗާ އެސްޓެބްލިޝްމަންޓްއެއް އަޅަން އެކަށީގެން ވާ ވަރަށް ވުރެ ކުޑަ ސަރަހައްދެކެވެ. ވާޓިކަލް ފާރމިންގ އާއި ފަހުގެ އީޖާދުތައް ބޭނުންކޮށްގެންވެސް މަދުވެގެން މިކަމަށް އެއްލައްކަ ހެކްޓަރު ބޭނުންވެއެވެ. މިއީ ހަނޑުލާއި، ފުށާއި ހިމަނައިގެން ބަލާނަމަ މަދުވެގެން ޖާގަ ބޭނުންވާ މިންވަރެވެ.

ހަނޑުލާއި ފުށާއި ބޭރުން އިމްޕޯޓް ކުރާނެ ކަމަށް ބަލައި، އަދި ހަކުރު ނުހިމެނޭހެން ހަމަ އެކަނި ވާޓިކަލް ފާރމިންގައި ތަރުކާރީ ކޮޅެއް އުފައްދާނަމަ، މިކަމަށް ބޮޑު ޖާގައެއް ނުދާނެއެވެ. ނަމަވެސް ރާއްޖޭގައި އުފެއްދޭ ހުރިހާ ބާވަތްތަކެއް އުފެއްދޭ ވަރުގެ އެގްރިކަލްޗާ އެސްޓެބްލިޝްމަންޓެއް ހަދާނަމަ ބޮޑު ޖާގައެއް ބޭނުންވާނެއެވެ. އަދި އެފަދަ މަސައްކަތަކަށް އުތުރު ތިލަފަޅު އެކަށީގެންނެއް ނުވެއެވެ.