ޚަބަރު

ޗައިނާއިން އެންގި ގޮތަށް މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ބާލަން މުއިއްޒު ނިންމައިފި

ދިޔަވަރު
ޗައިނާއިން އެންގި ގޮތަށް މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ބާލަން މުއިއްޒު ނިންމައިފި

ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުން އެދުނު މުހުލަތު (މާޗު މަހުގެ 15 ދުވަހުގެ ކުރިން)، ރާއްޖޭގައި ތިބި ހުރިހާ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުށަހަޅުއްވައިފި އެވެ.

ފޮރިންގ މިނިސްޓަރީގައި ރިކޯޑް ކުރެވިފައިވާ ޗައިނާގެ ބައްދަލުވުމެއްގެ ޔައުމިއްޔާގައި ވަނީ، މާރޗް 15 މުހުލަތެއް ގޮތުގައި އިންޑިޔާއަށް ދިނުން އެންމެ ރަނގަޅުކަމުގައި ޗައިނާގެ އޮފިޝަލެއް މުއިއްޒަށް ލަފާ އަރުވާފައެވެ. މި ބައްދަލުވުމަކީ މަކުނުދޫގައި ޗައިނާގެ މިލިޓަރީ ބޭސް އެޅުމަށް ދެކެވުނު ވާހަކަތަކާއި ގުޅޭ ބައްދަލުވުމެއްކަން ދިޔަވަރު ނޫހަށް ފޮރިން މިނިސްޓްރީގެ އޮފިޝަލް ކިޔައިދެއްވިއެވެ.

މިއަދު ވަނީ ދެޤައުމުގެ ދެމެދުގައި ރާއްޖޭގައި ތިބި ޕައިލެޓުންނާއި، ޑޯނިޔާއާއި ހެލިކޮޕްޓަރު ފޮނުވާލުމާއި ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ. ޑޯނިޔާއާއި ހެލިކޮޕްޓަރު ރާއްޖޭގައި އޮއްވައި އައްޑޫއިން ގެއްލުނު ކުއްޖަކު ހޯދުމަށް އެ އުޅަނދުފަހަރު ބޭނުން ނުކޮށް އެ ކުއްޖާ ވަނީ ކަނޑުވާން މުއިއްޒު ދޫކޮށްލާފައެވެ. އަދި ނޮވެމްބަރުން ފެށިގެން އެމަޖެންސީގައި އެހީއަށް އެދުނު ފަރާތްތަކަށް ސަރުކާރުން ވަނީ އެހީ ފޯރުކޮށް ނުދީ މަރުވިޔަސް ހެޔޮ ކަމަށް ދޫކޮށްލާފައެވެ.

މި ސަރުކާރުން ދަނީ ހައްދުފަހަނަ އެޅި ގައުމިއްޔަތުގެ ކެމްޕެއިނެއް އިންޑިޔާ ދެކޮޅަށް ހިންގައި، އެ ޤައުމާއި މެދު ފިތުނަ އުފައްދައި ނަފްރަތު އުފައްދައިގެން ރައްޔިތުންނަށް އޮޅުވާލައިގެން ވޯޓު ހޯދާފައެވެ.

މާލޭ މޭޔަރުކަމަށް ނުކުތް މުއިއްޒުގެ ކެނޑިޑޭޓު ވަނީ ބޮޑުތަނުން ބަލިވެފައެވެ. އަދި މުއިއްޒުގެ ދޮގުތައް ފަޅާއަރައި، ރައްޔިތުންގެ ތާއީދު މިހާރު މުއިއްޒަކަށް ނެތެވެ.