ޚަބަރު

ފިލްމު ކުޅޭ ސީޒަންއަށް ފޮރިން މިނިސްޓްރީން ވަޒީފާ ހަމަަޖައްސައިފި, އޭނާ ފޮނުވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއަށް

ދިޔަވަރު
ފިލްމު ކުޅޭ ސީޒަންއަށް ފޮރިން މިނިސްޓްރީން ވަޒީފާ ހަމަަޖައްސައިފި, އޭނާ ފޮނުވުމަށް ހަމަޖެހިފައިވަނީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންއަށް

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަންއަށް ފޮރިން މިނިސްޓްރީން ވަޒީފާ ހަމަޖައްސައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަަކަ ދެއްކި ފޮރިން މިނިސްޓްރީން އޮފިޝަލަކު ވިދާޅުވީ ސީޒަން މިހާރު ދަނީ މާލޭގައި ހުންނަ ފޮރިން މިނިސްޓްރީއަށް ވަޒީފާއަށް ނިކުންނަމުން ކަމުގައެވެ. އެހެންނަމަވެސް އޭނާ ފޮނުވުމަށް ހަމަޖައްސާފައިވަނީ ސްރީ ލަންކާގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަންގެ ފަސްޓް ސެކެޓްރީގެ މަގާމަށް ކަމަށްވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ.

ފޮރިން މިނިސްޓްރީގެ އޮފިޝަލް "ދިޔަވަރު އޮންލައިން"އާއި ވާހަަކަދަކަމުން ވިދާޅުވެފައިވަނީ ސިޔާސީ ގިނަބަޔަކަށް މިހާރު ފޮރިން މިނިސްޓްރީން ވަޒީފާ ދީފައިވާއިރު, މާލޭގައި ހުންނަ ފޮރިން މިނިސްޓްރީގެ އިމާރާތުގެ އެތެރޭގައި އެމީހުން ތިބޭނެ ޖާގަ ނެތްކަމުގައެވެ. އެގޮތުން އޭގެ ތެރެއިން ގިނަ މީހުން ރަސްމީ ގަޑީގެ ގިނަ ވަގުތު ހޭދަ ކުރަމުންދަނީ އިމާރާތުގެ އެކި ފްލޯތަކުގެ ބެލްކަނި ތަކުގައި ގޮނޑި ބަހައްޓައިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި އޮފިޝަލް ވިދާޅުވީ އޭގެ ތެރޭގައި ހިމެނޭ ގިނަ މީހުންނަކީ އިނގިރޭސިބަހުން ލިޔަން އަދި ކިޔަންވެސް ނުދަންނަ މީހުންނަށް ވުމުން, އެމީހުންނާއި ހަވާލުކުރާނެ މަސައްކަތެއްވެސް މިނިސްޓްރީގައި ނެތްކަމުގައެވެ.

މި ސަރުކާރު ހިމެނިގެން ގޮސްފައިވަނީ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ގިނަ ސިޔާސީ މަގާމްތައް ދިން ސަރުކާރު ކަމުގައެވެ. އަދި ސިޔާސީ ގިނަ މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ކަމަށް ގާބިލް ނޫން މީހުންކަންވެސް ފާހަގަ ކޮށްލެވެއެވެ.