ޚަބަރު

ނަހުލާގެ ކޮއްކޮ ސުމާ ސީރިޔާ ހަނގުރާމައަށް ފަހު ރޭ މާލެ އައީ 3 ބަފައިންނަށް 3 ދަރިން ހޯދައިގެން

ދިޔަވަރު
ނަހުލާގެ ކޮއްކޮ ސުމާ ސީރިޔާ ހަނގުރާމައަށް ފަހު ރޭ މާލެ އައީ 3 ބަފައިންނަށް 3 ދަރިން ހޯދައިގެން

ނަހުލާގެ ކޮއްކޮ ސުމާ ސީރިޔާ ހަނގުރާމައަށް ޖިހާދު ކުރުމަށް ކަމަށް ގޮސް، ރޭގެ ދަންވަރު ވަގުތެއްގައި މާލެ އައީ 3 ބަފައިންނަށް 3 ދަރިން ހޯދައިގެންނެވެ. މިއިން އެއްވެސް މީހެއްގެ ބަފައެއް ދިރި ހުރިކަމެއް އެނގޭކަން ނެތެވެ. އަދި މި ކުދިންނަކީ ދިވެހި މަޔަކަށް ލިބުނު ކުދިން ކަމުގައި ވިޔަސް، މި ކުދިންގެ ބަފައިންނަކީ ކޮން ގައުމެއްގެ ކޮން ބައެއް ކަމެއް ވެސް ސާފެއް ނުވެއެވެ. ހަނގުރާމާގެ ތެރޭގައި ބައެއް މީހުން އައިސިސްގެ ޖާރިޔާއިން ގެ ގޮތުގައި ވެސް ހަރަކާތްތެރި ވެފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ހަނގުރާމަ ދެކިފައިވާ ބައެއް ކުޑަކުދިން ރޭ، ރާއްޖެ އައިސްފައިވާއިރު، އެ ކުދިންނަށް ވަނީ މީހުން މަރާތަން ފެނިފައެވެ. އެހެންކަމުން މި ކުދިންތައް ރާއްޖޭގެ އާންމު ސްކޫލްތަކަށް ވެއްދުމަކީ އެހެން ދަރިވަރުންނަށް ހުރި އާންމު ނުރައްކަލެކެވެ.

36 ޓެރަރިސްޓަކު ރޭގެ ވަގުތެއްގައި ރާއްޖެ އައި އިރު އެމީހުންނަށް ރިހިބިލިޓޭޝަން ދޭނެ ފުރިހަމަ ނިޒާމެއް ރާއްޖޭގައި ނެތެވެ. ރާއްޖޭގައި ރިހިބިލިޓޭޝަން ސެންޓަރެއް ހުރި ކަމަށް މައުލޫމާތު ލިބުނަސް އެއީ ކިހާ ފެންވަރެއްގެ ތަނެއް ކަމެއް ޔަގީނެއް ނުވެއެވެ. ހަނގުރާމަ ނިމުނު ކަމުގައި ވީނަމަވެސް، މި މީހުން ޓެރަރިޒަމަށް ތާޢީދު ކުރާ ފިކުރު ބަދަލު ނުކުރެއެވެ. ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ހަނގުރާމަ ކުރި ޓެރަރިސްޓް ގިނަ ޖަމާޢަތްތަކަށް ފަންޑުކޮށްފައި ވަނީ އެމެރިކާއާއި އިޒްރޭލުންނެވެ. އަދި ފަލަސްތީނުގައި 75 އަހަރު އެޤައުމުގެ ރައްޔިތުން ޖިހާދު ކުރަމުން ދިޔައިރުވެސް، މި އިން އެއްވެސް ފަރާތެއް ފަލަސްތީނުގައި ހިންގާ ގަތުލުއާންމާއި ދެކޮޅަށް ޖިހާދު ކުރަން ނުގޮސް، ސީރިޔާއަށް ދިޔުމުން ގިނަ ބަޔެއްގެ ފާޑު ކިޔުން އަމާޒުވިއެވެ. މައުލޫމާތު ލިބޭ ގޮތުގައި މި މީހުން ހަނގުރާމައަށް ފޮނުވި ދިވެހި އެޖެންޓުންނަށް އެތައް މިލިއަނުން ފައިސާ ލިބިފައިވެއެވެ.

ސީރިޔާގެ ސަރުކާރާއި ދެކޮޅަށް ފުރަތަމަ ހަނގުރާމަ ފެށީ އޭރު ކުރިއަށް ދިޔަ އަރަބި ސްޕްރިންގ ނަމަކަށް ކިޔާ ސިލްސިލާ ހަނގުރާމަ ތަކެއްގެ ތެރެއިންނެވެ. އެ ހަނގުރާމަތަކަކީ މުސްލިމުންނާއި ދެކޮޅަށް އެމެރިކާ އިން ކުރި ހަނގުރާމަ ތަކެވެ. ސީރިޔާއާއި ދެކޮޅަށް ހަނގުރާމަ ފެށުމަށް އެގައުމުގައި ކުރި ދާހިލީ މުޒާހަރާތަކުގެ ބައިވެރިންނަށް ހަތިޔާރު ފޯރުކޮށް، މުޒާހަރާތައް ހަނގުރާމައަށް ބަދަލު ކުރީ ސީދާ އެމެރިކާއިންނެވެ.

މި މީހުން ރާއްޖެ ގެނެސްފައިވާއިރު، މި މީހުންގެ އާއިލާތައް ފިޔަވައި އިތުރު އެއްވެސް ބަޔަކު މިމީހުން އެނބުރި ގައުމަށް ގެނައުމަކަށް ނޭދެއެވެ.