ޚަބަރު

މުއިއްޒުއަކީ ޗައިނާގެ ގޮނޑިކޮއްކޮ ރައީސެއްކަމަށް ބުނެ، ބާރުގެ ބޭނުން ކޮށްގެން މުއިއްޒު ވެރިކަން ބަދަލުކުރުމަށް އިންޑިއާގެ ކުރީގެ ސިޔާސީ ފަރާތަކުން ގޮވާލައިފި، މުއިއްޒުގެ ޚާރިޖީ ސިޔާސަތު ބޮޑުތަނުން ފެއިލް ވެއްޖެ!

ދިޔަވަރު
މުއިއްޒުއަކީ ޗައިނާގެ ގޮނޑިކޮއްކޮ ރައީސެއްކަމަށް ބުނެ، ބާރުގެ ބޭނުން ކޮށްގެން މުއިއްޒު ވެރިކަން ބަދަލުކުރުމަށް އިންޑިއާގެ ކުރީގެ ސިޔާސީ ފަރާތަކުން ގޮވާލައިފި، މުއިއްޒުގެ ޚާރިޖީ ސިޔާސަތު ބޮޑުތަނުން ފެއިލް ވެއްޖެ!

ރައީސް މުއިއްޒުއަކީ ޗައިނާގެ ގޮނޑިކޮއްކޮ ރައީސެއްކަމަށް ބުނެ, ބާރުގެ ބޭނުން ކޮށްގެން, ރައީސް މުއިއްޒު ވެރިކަމުން ދުރުކުރުމަށް އިންޑިއާގެ ކުރީގެ ސިޔާސީ ފަރާތަކުން ގޮވާލައިފިއެވެ. މިކަމަށް ގޮވާލާފައިވާ ސުބްރަމާނިއަން އަކީ އިންޑިޔާ ސަރުކާރާއި ދެކޮޅު އަދި މޯދީ އަށް ފާޑު ކިޔާ ފަރާތެކެވެ. އަދި އެއީ ފާއިތުވި 6 އަހަރު ސިޔާސީ ދާއިރާއިން ބާކީވެފައިވާ ފަރާތެކެވެ.

ޗައިނާގެ އެންގުމަށް, އަންނަ މާރޗްމަހުގެ 15 ވަނަ ދުވަހުގެ ކުރިން, ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބާލަން ޖެހޭނެ ކަމަށް ދިވެހި ސަރުކާރުން އެންގުމާއި ގުޅިގެން އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ސިޔާސީ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ރާއްޖޭގެ ތިބި އިންޑިއާ ސިފައިން އަންނަ މާރޗް މަހުގެ 15ގެ ކުރިން ރާއްޖެ ދޫކޮށް ދާން ޖެހޭނެކަމަށް މި ސަރުކާރުން އަންގާފައިވަނީ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާ ރާއްޖެ ވަޑައިގަތުމަށްފަހު އެވެ.

އެގޮތުން އިންޑިއާގެ ބީޖޭޕީ ސަރުކާރުގެ ކުރީގެ ވަޒީރެއް ކަމުގައިވާ އަދި 6 ދައުރު އެގައުމުގެ ގާނޫނުހަދާ މަޖިލިހުގެ މެމްބަރުކަން ކުރައްވަމުން ގެންދަވާ ސުބްރަމާނިއަމް ސުވަމީ ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ބޭނުން ކޮށްގެން މުއިއްޒުގެ ވެރިކަން ބަދަލު ކުރަން ނުވޭތޯ ސުވާލު ކުރައްވާފައެވެ.

ޗައިނާގެ ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅަށް ފަހު، މުއިއްޒު ވަނީ މާރޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާ ސިފައިންނާއި ރާއްޖެއިން ފޭބުމަށް ނުވަތަ އެކަމުގެ ނަތީޖާ އާ ކުރިމަތިލާން ޖެހޭނެ ކަމަށް ވިދާޅުވެފަ އެވެ. "އިންޑިއާއާއި ޖަދަލުކުރާ" ދިވެހިރާއްޖެއިން އިން ބާރަތު މާތާ (އިންޑިއާގެ)ގެ މޫނުގައި ކިސަޑު ހާކަން މޯދީ، އޭނާ (ރާއްޖޭގެ)ގެ ބުރަކަށީގައި ފިރުމާލާނީ ހެއްޔެވެ؟ ނޫނީ ރަޖީވް ގާންދީ ފަދައިން އިންޑިއާގެ އަސްކަރިއްޔާއާއި އެއާފޯސް އަދި ނޭވީ ފޮނުވައިގެން މުއިއްޒުގެ ވެރިކަން ބަދަލުކުރުމުގެ މަސައްކަތް މޯދީ މަސައްކަތް ކުރައްވާނީ ހެއްޔެވެ؟

ސުވަމީގެ އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވެފައިވެއެވެ.

އިންޑިއާއިން ރާއްޖޭގެ ވެރިކަން ބަދަލުކުރަން ޖެހޭކަމަށް އެގައުމުގެ ސިޔާސީ ފަރާތްތަކުން ގޮވާލަންޖެހޭ ދަރަޖައަށް މަސްރަހު ގޯސްވެގެން ދިއުމަކީ ރައީސް މުއިއްޒުގެ ފޮރިން ޕޮލިސީގެ ވަރަށް ބޮޑު ފެއިލިއަރއެއް ކަމުގައި ސިޔާސީ ގިނަ ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

އަދި އިންޑިއާ ޗައިނާއާއި ދެމެދު އޮތް ކޯޅުމުގެ ތެރެއަސް ނުވަންނާނެކަމަށް ވިދާޅުވި މުއިއްޒު އެންމެފަހު ރާއްޖެ ޗައިނާ އިންޑިއާގެ ހައިޖާނުގެ ތެރޭގައި ފިއްތަމުންދާކަމަށްވެސް ތަޖުރިބާކާރުން ދަނީ ވިދާޅުވަމުންނެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު, ރާއްޖެއާއި ޗައިނާގެ ގުޅުން ރަގަޅުވެ އިންޑިއާއާއެކު އޮތް ގުޅުންވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ. އަދި އެންމެ ފަހުން ޗައިނާއަށް ރައީސް މުއިއްޒު ކުރެއްވި ދަތުރުފުޅުގައި ވަނީ ޗައިނާއާއެކު ސިއްރު 10 އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. އޭގެ ތެރޭހައި ހދ. މަކުނުދޫގައި ޗައިނާގެ އަސްކަރީ ބޭސްއެއް ގާއިމް ކުރުމުގެ އެއްބަސްވުންވެސް ހިމެނެއެވެ.

އޭގެ އިތުރުންވެސް ދަނޑުވެރިކަމާއި ފުޑް ސެކިއުރިޓީއާ ބެހޭ އެއްބަސްވުމެއްގައި ޗައިނާއާއެކު ސޮއިކޮށް, ރާއްޖޭގެ ފުޓް ސެކިއުރިޓީގެ ހުރިހާ އިޚްތިޔާރެއްވެސް މުއިއްޒުވަނީ ޗައިނާގެ އަތްމައްޗަށް ދޫކޮށްލާފައެވެ.