މަސްރަހު ހޫނު ކުރުމަށް ރާއްޖެއަށް މިލިޓަރީ ފޮނުވައި، އިންޑިޔާ މުއިއްޒު ބަދަލު ކުރުމަށް ސްބްރަމާނިއަން ލައްވާ ޓްވީޓް ކޮށްފައިވަނީ ޕީއެންސީ އިން އެދިގެންނެވެ. ޕީއެންސީ އަށް ނިސްބަތްވާ ބަޔަކު ވަނީ މޯދީ އާއި ދެކޮޅު، އިންޑިޔާގައި އުޅޭ ހަމައެއް ލަމައެއްނެތް، މިކަހަލަ ސިޔާސީ ފަރާތްތަކަށް ޓްވިޓާރއިން މެސެޖްކޮށް އެދިފައިވެއެވެ. މީގެ ތެރެއިން ބައެއް ޗެޓްލޮގް ތައް ދިޔަވަރަށް ފެނިފައިވާއިރު، ސަރުކާރު ނިސްބަތްވާ ޕީއެންސީ ބަޔަކު މިކަން ކޮށްފައިވަނީ އިންޑިޔާއާއި މެދު އިތުރަށް ނަފްރަތު އުފެއްދުމުގެ ބޭނުމުގައެވެ.
ސްބްރަމާނިއަން އަކީ ފާއިތުވި 6 އަހަރު ސިޔާސީ ގޮތުން ބާކީވެފައިވާ މީހެކެވެ. އަދި އިންޑިޔާގެ މޯދީގެ ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކައި، އިންޑިޔާ ސަރުކާރާއި ދެކޮޅު ފަރާތެކެވެ.
އިންޑިޔާއާއި ރާއްޖޭގެ މަސްރަހު ހޫނުވެފައިވާއިރު. އިންޑިޔާގެ ފޮރިންގ މިނިސްޓަރ ވަނީ ހުރިހާ ޤައުމެއްގެ ތާޢީދު އަބަދު ނުލިބޭނޭ ކަމަށް ވިދާޅުވެ، މަޝްވަރާގެ ރީތި އުސޫލު އިސްކުރާނެ ކަމަށް އިއްޔެ ވިދާޅުވެފައެވެ. އަދި ސިޔާސީ ގޮތުން ހިޔާލު ތަފާތުވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިންޑިޔާއާއި މެދު ހިތް ހެޔޮ ކަމަށް ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވީ އެ ގައުމުގެ "ނެއިބާހޫޑް ފަސްޓް" ޕޮލިސީ އަކީ އިސްކަމެއް ދޭ ޕޮލިސީއެއް ކަމަށާއި އޭގެ ދަށުން ގުޅުން ރަނގަޅު ގޮތުގައި ދަމަހައްޓަން މަސައްކަތް ކުރާ ކަމަށެވެ. ނަމަވެސް "ސިޔާސީ ކަންކަމަކީ ސިޔާސީ ކަންކަން" ކަމަށާއި އެހެންކަމުން ގައުމުތަކުން އަބަދު އެއްގޮތަކަށް އެއްބާރުލުން ނުލިބޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ ގުޅުންތައް ދަމަހައްޓަން ކުރާ މަސައްކަތްތަކުގެ ތެރެއިން ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ބޮޑަށް މަސައްކަތް ކުރީ ގުޅުންތައް އިތުރަށް ވަރުގަދަ ކުރަން ކަމަށެވެ.
"ސީޔާސީ ކަންކަން އަޑިގުޑަން ވިޔަސް، އެ ގައުމުގެ ރައްޔިތުންނާއި މުޖުތަމައުގައި އާންމު ގޮތެއްގައި އިންޑިއާއާމެދު އޮތީ ރަނގަޅު އިހުސާސްތަކެއް، ރަނގަޅު ގުޅުމެއް ބޭއްވުމުގެ މުހިންމުކަން އެނގޭ" ޖައިޝަންކަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަން ހައްލު ކުރެވޭނެ ގޮތަކީ މަޝްވަރާކޮށް އެއްބަސްވުންތަކެއް ވެގެން ކަމަށާއި ކުރީގައި އޮތް ގުޅުން އިއާދަ ކުރެވޭނީ އޭރުން ކަމަށެވެ.