މި މަހުގެ މިހާތަނަށް އައި އިރު 19 މީހަކަށް އިންފްލުއެންޒަ ޖެހިފައިވާ ކަމަށާއި، ރާއްޖޭގައި ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުންދާ ބާރުމިން ސަރުކާރުން ދަނީ ސިއްރު ކުރަމުން ކަމަށް، އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ފަރާތަކުން ދިޔަވަރު ނޫހަށް މައުލޫމާތު ދެއްވާފިއެވެ.
އެޗްޕީއޭއިން ހާމަ ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިހާތަނަށް އައި އިރު, އިންފްލުއެންޒާއަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ ފާއިތުވި ދެ މަސް ތެރޭގައި ޖުމްލަ އެ ބައްޔަށް ޕޮޒިޓިވްވި މީހުންނަށްވުރެ އިތުރަށް ޕޮޒިޓިވް ވެފައި ވުމުން، މި ބަލި ފުތުރޭލެއް ދެގުނަވެފައިވެއެވެ. އިންފްލުއެންޒާއަކީ ނޭވާލާނިޒާމަށް ޖެހޭ ބައްޔެކެވެ.
ރާއްޖޭގައި އިންފުލުއެންޒާ ފެތުރެމުން ދާއިރު, ތިން މީހަކަށް މި ވަގުތު ދަނީ އައިޖީއެމްއެޗުގައި ފަރުވާ ދެމުންނެވެ. އަދި މިދިޔަ މަހެއްހާ ދުވަސްތެރޭގައި އެ ބަލީގައި މީހަކު މަރުވެފައި ވެސް ވެ އެވެ.
ރާއްޖޭގައި އިންފްލުއެންޒާ ފެތުރެމުންދާއިރު، ރާއްޖޭގައި ކޮވިޑުގެ އާ ވެރިއެންޓެއްވެސް ދަނީ ފެތުރެމުންނެވެ.