ޚަބަރު

ދިއްދޫއިން ފެނަކަ މުއައްޒަފުން ކަނޑާލި އިރު ޕްރޮޖެކްޓް ނުނިމޭކަން ހާމަ ވެއްޖެ!

ދިޔަވަރު
ދިއްދޫއިން ފެނަކަ މުއައްޒަފުން ކަނޑާލި އިރު ޕްރޮޖެކްޓް ނުނިމޭކަން ހާމަ ވެއްޖެ!

ހއ. ދިއްދޫ ފެނަކަ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމީ މަސައްކަތް ހުއްޓިފައި އޮތުމުން ކަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މަސައްކަތް ހުއްޓިފައި ވަނީ ފެނަކައިން ސަޕްލައި ކުރަން ޖެހޭ މަސައްކަތުގެ ސާމާނު ސަޕްލައި ނުކުރުމުން ކަމަށް މައުލޫމާތު ލިބެއެވެ.

ދިއްދޫ ފެނަކަ ބްރާންޗުގައި މަސައްކަތް ކުރާ 53 މުވައްޒަފެއްގެ ކޮންޓްރެކްޓް ހަމަވުމުން އެފަރާތްތައް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ މުވައްޒަފުން ދަނީ އިހުތިޖާޖުކުރަމުންނެވެ.

އެކައުންސިލްގެ ނައިބު ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ ފެނަކައިގައި ވަޒީފާ އަދާކުރަމުން ދިޔަ ކޮންޓްރެކްޓް މުވައްޒަފުންނަށް އެއްވެސް ނޯޓިސްއެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށް ފެނަކަ ކުރިމަތީގައި އިހުތިޖާޖް ކުރަމުންދާ ކަމަށެވެ.

މި މުވައްޒަފުންނަކީ ދިއްދޫ އިންޖީނުގެ އެޅުމަށް ވަކި މުއްދަތަކަށް ކޮންޓްރެކްޓް ހަދައި ކުރީ ސަރުކާރުން ނަގާފައި ތިބި މުވައްޒަފުންނެވެ.

އެކަމާ ގުޅޭގޮތުން އެކްސްގައި މުއާޒު ކުރެއްވި ޕޯސްޓެއްގައި ދިއްދޫ އިންޖީނުގޭގެ މަސައްކަތްކުގެ ތަފްސީލް ހިއްސާ ކުރެއްވިއެވެ. އެގޮތުން މުއާޒް ވިދާޅުވީ، މިވަގުތު މަސައްކަތް ހުއްޓިފައި އޮތީމަ ކޮންޓްރެކްޓްގެ ސްޓާފްގެ ކޮންޓްރެކްޓް އާ ނުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ދިއްދޫގައި ހިނގާ ފެނަކައިގެ ޕްރޮޖެކްޓްގެ މަސައްކަތް ދެން ކުރިއަށް ގެންދާނެ ކަމަށް ނުބެލެވެއެވެ. ކުރީ ސަރުކާރުން ޕްރޮޖެކްޓަތައް ނިންމުމަށް ކުންފުނިތަކަށް ނުދީ، އަމިއްލައަށް މީހުން ނަގައިގެން މަސައްކަތް ފެށީ، އަގު ހެޔޮކޮށް ޕްރޮޖެކްޓްތައް ނިންމުމުގެ ބޭނުމުގައެވެ.