ޚަބަރު

ޓެރަރިސްޓުން ގެންނަން ފްލައިޓް ޗާޓަރ ކުރީ 1.8މިލިއަން އަށް ކަމަށް ބުނިއިރު، ދަތުރުގެ ތެލަށް އެކަނިވެސް 1.6 މިލިއަން އަރާ!

ދިޔަވަރު
ޓެރަރިސްޓުން ގެންނަން ފްލައިޓް ޗާޓަރ ކުރީ 1.8މިލިއަން އަށް ކަމަށް ބުނިއިރު، ދަތުރުގެ ތެލަށް އެކަނިވެސް 1.6 މިލިއަން އަރާ!

ސީރިޔާއަށް ހަނގުރާމައަށް ދިޔަ ޓެރަރިސްޓުންނާއި، އެމީހުންގެ ހާލުގައި ޖެހިފައިވާ އާއިލާތައް ރާއްޖެ ގެނައުމަށް ސަރުކާރުން ފްލައިޓެއް ޗާރޓަރ ކުރި ކަމަށް އެއްބަސް ވެފައިވާއިރު، މި ދަތުރަށް ބޭނުންވާ އޭވިއޭޝަން ފިއުލް ދުނިޔޭގެ މާކެޓްގައި ގަންނަން ހުރި ރޭޓަށް ބަލާއިރު 1.5މިލިއަން ރުފިޔާ ތެލަށް އެކަނި އަރައެވެ. ސަރުކާރުން ދަތުރުގެ އަގު އޮޅުވާލާފައި ވަނީ، ޤައުމުގައި ފައިސާ ނެތި، ބޭކާރު ހަރަދު މުއިއްޒު ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ދުނިޔޭގެ މާކެޓުގައި އޭވިއޭޝަން ފިއުލް ލީޓަރެއް ހުރީ 1.2 ޑޮލަރަށެވެ. ހާލުގައި ޖެހުނު ޓެރަރިސްޓުން ބަލާ ދިޔައީ A319ގެ ބޮޔޯންޑްގެ ބޯޓަށް ކިލޯ މީޓަރަކަށް 8 ލީޓަރުގެ ތެޔޮ ބޭނުން ވެއެވެ. އަދި ތުރުކީގައި މި ހާލުގައި ޖެހިފައިވާ ޓެރަރިސްޓުން ތިބި ތަނާ އެންމެ ގާތް އެއަރޕޯޓް ގާޒިއަންޓިޕް އަށް ދަތުރުކުރުމަށް ކޮޅަކަށް 4600 ކިލޯ މީޓަރަށް ދުއްވަން ޖެހެއެވެ. އެހެންކަމުން އެއީ 92،160 ޑޮލަރެވެ. ރާއްޖޭގެ މާކެޓްގައި ޑޮލަރުގެ އަގުހުރި 18ގެ ރޭޓުން ބަލާއިރު 1.6 މިލިއަން ރުފިޔާއެވެ. ރަސްމީ ރޭޓުން ބަލާއިރު އެއީ 1،4 މިލިއަން ރުފިޔާއެވެ.

އިތުރަށް، ހޭންޑްލިންގ އަށް މަދުވެގެން 88 ހާސް ރުފިޔާ ހޭދަވާނެއެވެ. މީގެ އިތުރުން ކްރޫއިންނާއި، ޕައިލެޓަށް ވެސް ބޮޑު ހަރަދެއް ދާނެއެވެ. އެހެންކަމުން ދަތުގެ ޚަރަދު 1.8 މިލިއަން ޑޮލަރަށް ވުރެ ބޮޑުވެގެން ދާނެ ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ.

ބެލެވޭ ގޮތުގައި އެންމެ ކުޑަކޮށްވެސް މިވަރު ދަތުރެއް ފްލައިޓެއް ޗަރޓަރ ކޮށްގެން ކުރެވޭނީ 2.9 މިލިއަން ރުފިޔާއަށެވެ.