ހަފްތާއަކު އެއްފަހަރު ފިނޭންސް މިނިސްޓްރީއިން ޝާއިޢުކުރާ ސަރުކާރު ޚަރަދު އާންމު ކުރުން ސަރުކާރުން ހުއްޓާާލައިފިއެވެ. މިއީ ފާއިތުވި 20 އަހަރުވެސް ފިނޭންސް މިނިސްޓްރީއިން ވަނީ ސަރުކާރުން ކުރާ ޚަރަދު ތައް ހަފްތާއަކު އެއްފަހަރު ހާމަ ކުރަމުންނެވެ. މުއިއްޒު ވެރިކަމަށް ވަޑައިގެން ވިދާޅުވީ ތިމަންނާ ފޮރުވާނެ އެއްޗެއް ނޯންނާނެ ކަމުގައެވެ. ނަމަވެސް މައުލޫމާތު ހޯދައި ލިބިގަތުމުގެ މިނިވަން ކަމަށް މުއިއްޒު ދަނީ ބޮޑެތި ހުރަސްތަކެއް އަޅަމުންނެވެ.
ފިނޭންސް މިނިސްޓްރީއިން މި ޚަރަދުތައް އެންމެ ފަހުން ޝާއިޢުކޮށްފައިވަނީ 28 ޑިސެމްބަރު 2023 ގައެވެ. އޭގަފަހުން ފިސްކަލް ރިޕޯޓްތައް އާންމު ކުރުން މުއިއްޒު އަންގައިގެން ހުއްޓާލާފައި ވާކަމަށް، ފިނޭންސް މިނިސްޓްރީއިން މައުލޫމާތު ދެއްވި ފަރާތުން ހާމަ ކުރިއެވެ. މުއިއްޒު އަމިއްލަފުޅަށް ފިނޭންސް މިނިސްޓަރަށް ގުޅައި ސަރުކާރު ޚަރަދުތައް ހާމަ ކުރުން ހުއްޓާލަން ޖެހޭ ކަމަށް ވިދާޅުވެފައި ވާކަމަށް އެކަން އެނގިހުރި ފަރާތަކުން ދިޔަވަރަށް މައުލޫމާތު ދީފައިވެއެވެ.
މި މައުލޫމާތު ދިނުން ހުއްޓާލީ، ސަރުކާރު ތެރޭ އިންތިހާއަށް ކޮރަޕްޝަން ބޮޑުވެ، މުއިއްޒުގެ ސީދާ ބެލުމުގެ ދަށުން ދައުލަތުން އިންތިހާއަށް ވައްކަން ކުރަމުން ދާތީ ސަރުކާރުން ޚަރަދު ކުރާ ގޮތާއި، ހަރަދު ކުރާ ކަންކަން ރައްޔިތުންނަށް އެނގެން ފެށުމުން މި ވައްކަންތައް ކުރިއަށް ގެންދަން ހުރަސް އެޅޭތީއެވެ.
ޗައިނާ އަށް ވަޑައިގެން އެގައުމުގައި ހައްދަވާފައިވާ ގިނަ އެއްބަސްވުން ތަކަކީވެސް، ހަމަ އަގަށް ވުރެ އެތައް ގުނައެއް ބޮޑުކޮށް ހަދާފައިވާ އެއްބަސްވުންތަކެވެ. ތަކެތީގެ އަގު ބޮޑުވަމުން ދާއިރު، ކުރިއަށް އޮތް ފަސްއަހަރު ތެރޭގައި އިންފްލޭޝަން އެތައް ގުނައަކަށް އިތުރުވެ ރާއްޖޭގެ ހާލަތު ހީނުކުރާ ވަރަށް ދަށަށް ދިޔުމަކީ އެކަށީގެންވާ ކަމެކެވެ.