ޚަބަރު

މުއިއްޒު އަންގައިގެން ވަކި ކުންފުންޏަކަށް، ހައުސިންގ އެޕްލިކޭޝަން ހެދުމުގެ މަސައްކަތް ދިނުމަށް ބިޑަށް ހުޅުވާލީ އެންމެ 24 ގަޑިއިރަށް

ދިޔަވަރު
މުއިއްޒު އަންގައިގެން ވަކި ކުންފުންޏަކަށް، ހައުސިންގ އެޕްލިކޭޝަން ހެދުމުގެ މަސައްކަތް ދިނުމަށް ބިޑަށް ހުޅުވާލީ އެންމެ 24 ގަޑިއިރަށް

ރައީސް މުއިއްޒު އާއި ހައުސިންގ މިނިސްޓަރ ހައިދަރު އަންގައިގެން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް އެއްވެސް އިތުރު ބަޔަކަށް އެ މަސައްކަތަށް ކުރިމަތި ނުލެވޭ ގޮތަށް އެންމެ 24 ގަޑިއިރަށް ހައުސިންގ އެޕްލިކޭޝަން ހެދުމުގެ މަސައްކަތް ބިޑަން ހުޅުވާލާފިއެވެ. މިއީ މުއިއްޒު މާލޭ މޭޔަރު ކަމުގައި ހުރި އިރުވެސް މުއިއްޒު ބޭނުންވާ ފަރާތްތަކަށް އެކަނި ފުރުޞަތު ދިނުމަށް ކަންކަން ކޮށްފައި ގޮތެވެ.

ހައުސިންގ އެޕްލިކޭޝަން ސިސްޓަމް ފޯރުކޮށްދިނުމުގެ ބީލަން ޕަބްލިޝް ކޮށް، މަޢުލޫމާތު ސެޝަން ބާއްވައި، އިތުރު މަޢުލޫމާތައް ހުޅުވާލައި، ބީލަން ހުށައަޅައި، ބީލަން ހުޅުވުމާ ދެމެދު ސަރުކާރުން ދީފައިވަނީ އެންމެ 24 ގަޑިއިރެވެ. މިއީ ސީދާ ކޮރަޕްޝަނެވެ. ފާޅުގައި މާތްރަސްކަލާންގެ ދެކެ އެއްވެސް ބިރެއްނެތި މުއިއްޒު ހިންގާ ބޮޑެތި ކޮރަޕްޝަނެވެ.

ހައުސިންގ މިނިސްޓްރީއިން ކޮރަޕްޝަނަށް މަގުފަހިވާހެން ގެޒެޓް ކޮށްފައިވާ އިއުލާން

މި ބިޑަށް ކުރިމަތި ލެވޭނީ، މި ބިޑް ކުރާނެ ކަމުގެ މައުލޫމާތު މުއިއްޒުގެ ފަރާތުން ކުރިއާލައި ލިބިފައިވާ ފަރާތަކަށް އެކަންޏެވެ. ވަކި ބަޔަކަށް ދޭން ކަނޑައެޅުމަށްފަހު އުސޫލަށް ފައްތަން މިގޮތަށް ބީލަމަށް ލުމަކީ މުއިއްޒު އަބަދުވެސް މިފަދަ ކަންކަން ކުރާ ގޮތެވެ.

ރާއްޖޭގެ ތާރީހުގައި ދުވަހަކުވެސް މިހާ ބޮޑަށް ހުޅިވާލެވިގެން ރިޝްވަތާއި ކޮރަޕްޝަން އިތުރުވެފައިވާ އެއްވެސް ސަރުކާރެއް ނަދެއެވެ. މިއަދު އެންމެ ބޮޑަށް ކޮރަޕްޝަން ނަގާ ބަޔަކީ އެންޓި ކޮރަޕްޝަން ކޮމިޝަނެވެ.

https://twitter.com/midh_am/status/1747515902537720112?s=20
ޕީޕީއެމް/ޕީއެންސީގެ މެމްބަރަކު މުއިއްޒުގެ ކޮރަޕްޝަނާއި ދެކޮޅަށް ޓްވިޓަރ ގައި ކޮށްފައިވާ ޓްވީޓް