މުއިއްޒު އަންގައިގެން މާލޭ ސިޓީ ކައުންސިލްގައި ހުރި ޕްރޮޖެކްތައް ޤާނޫނާއި ޚިލާފަށް ސަރުކާރަށް ބަދަލު ކުރުމަށް ސިޓީކައުންސިލްގެ ބައްދަލުވުމެއް މިވަގުތު ކުރިއަށް އެބަ ގެންދެއެވެ.
މި ބައްދަލުވުމުގައި މުއިއްޒު އަންގާފައިވާ ގޮތަށް ހުރިހާ ޕްރޮޖެކްޓްތަކެއް ކައުންސިލުން ނަގާތޯ ޔަގީން ކުރުމަށް، މުއިއްޒު ވަނީ ރައީސް އޮފީހުން ސެކެރެޓަރީންވެސް ފޮނުވާފައެވެ.
މުއިއްޒު މިކަން މި ކުރަނީ، ކައުންސިލްތަކުގެ މައްޗަށް ޤާނޫނީ ގޮތުން ލިބިދޭ ބާރުތައް ހަނިކޮށް، އެމްޑީޕީ މޭޔަރަށް ރައްޔިތުންގެ ހައްޤުގައި ކަންކަން ކޮށްދިނުމަށް ފުރުޞަތު ނުދިނުމަށެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ހިންގާ 120 މިލިއަންގެރުފިޔާގެ މަޝްރޫއު, ގާނޫނާ ޚިާފަށް އިންފްރާ ސްޓްރަކްޗަރ މިނިސްޓްރީއާ ހަވާލުކުރަން އެކައުންސިލުން މިއަދުވަނީ ނިންމާފައެވެ.
މި މަޝްރޫއުތައް ސަރުކާރާށް ނެގުމަށް މިއަދު ބޭއްވި ސިޓީ ކައުންސިލް ޖަލްސާގައި، މުއިއްޒުގެ އެންގުމަށް، ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދު މިއަދު އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތެވެ.
މަޝްރޫއުތައް އިންފްރާންސްޓްރަކްޗާ މިނިސްޓްރީއާ ހަވާލުކުރަން ޝާހިދު ލަފާ ދެއްވުމާ އެކު، ކައުންސިލަށް އެ ގޮތަށް ހުށަހެޅުއްވީ އެކްޓިން މޭޔަރު އަހުމަދު ނަރީޝް އެވެ.
ޝާހިދުއަކީ ލޯނު ނުދައްކައިގެން އެތައް ބޭންކަކުން އޭނާގެ މައްޗަށް ހުކުމްވެސް ކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މުއިއްޒުގެ ވަރަށް އަރިސް ފަރާތެކެވެ. މުއިއްޒަށް ކޮރަޕްޝަންގެ ނެޓްވޯކެއް އަޅައިދީ، މުއިއްޒު މަޖިލީސް އިންތިހާބަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެތައް މިލިއަން ރުފިޔާއެއް، ކޮންސްޓްރަކްޝަން ކުންފުނިތަކުންވެސް އޭނާ ދަނީ ނަގަމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭނާ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި, ސިޓީ ކައުންސިލްގައެވެ.