ޚަބަރު

ޗައިނީސް އާއަހަރަކީ ރަމަޟާން މަސްހެން ބަރަކާތްތެރި އަހަރެއް ކަމަށް ސަރުކާރުން ބުނެފި. ސަލަފް ހިމޭނުން!

ދިޔަވަރު
ޗައިނީސް އާއަހަރަކީ ރަމަޟާން މަސްހެން ބަރަކާތްތެރި އަހަރެއް ކަމަށް ސަރުކާރުން ބުނެފި. ސަލަފް ހިމޭނުން!

ޗައިނާއިން ފާހަގަކުރާ ''އިޔަރ އޮފް ދަ ޑްރެގަން'' އަށް މަރުހަބާ ކިޔައި އެމްއެމްޕީއާރްސީން އެއީ ބަރަކާތްތެރި ކަން ލިބިގެންވާ އަހަރެއް ގޮތުގައި ބުނުމުން އާންމުގެ ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ފަތުރުވެރިކަން ކުރިއެރުވުމަށް އުފައްދާފައިވާ ކުންފުނި، އެމްއެމްޕީއާރްސީގެ ވެބްސައިޓްގައި 08 ޖެނުރައީ 2024 ގައި ލިޔެފައިވަނީ އިޔަރ އޮފް ދަ ޑްރެގަން މި ހަރަކާތަކީ ''އޮސްޕިޝަސް'' ހަރަކާތެއް ކަމަށެވެ. އޮސްޕިޝަސް މި ލަފްޒު ބޭނުންކުރަމުން ދަނީ ބަރަކާތްތެރި ކަމެއްކަން އިނގިރޭސި ބަހުން ބުނުމަށެވެ.

އެކަމާއި ގުޅިގެން ފާޑު ކިޔާފައިވާ ބައެއް އާއްމުން ބުނެފައިވަނީ ބަރަކާތްތެރި މިލަފްޒު ބޭނުންކުރެވޭނީ ރަމަޟާން މަސް، އީދު އަދި އިސްލާމް ދީނާއި ގުޅުންހުރި ހަރަކާތްތަކުގައި ކަމަށެވެ. ނަމަވެސް އެހެން ދިނަކާއި ގުޅުންހުރި ކަމެއްގައި ބަރަކާތްތެރި މިލަފްޒު ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ސަރުކާރުގެ ހިއްސާ އޮންނަ މުއައްސަސާތަކުން މިފަދަ ކަންކަމަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

ޗައިނާގެ އައު އަހަރު ފެށެނީ ފެބްރުއަރީ މަހުގެ 10 ވަނަ ދުވަހެވެ. އައު އަހަރު ފާހަގަކުރުމުގެ ގޮތުން މިފަހަރު ޗައިނާ ރުއްސުމަށް ބުދިޒަމް އާއި ގުޅޭ ގިނަ ހަރަކާތްތައް ރިސޯޓްތަކުގައި ކުރިއަށް ގެންދިޔުމަށް ޓުއަރިޒަމް މިނިސްޓްރީއިން ވަނީ އަންގާފައެވެ.