ޚަބަރު

އިންޑިއާގެ ޑޯނިއަރ ބޯޓު ބޭނުން ނުކުރަން ހަދައިގެން, ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި އޮތް މީހަކު ފަރުވާއަށް ނުގެންދެވި ފުރާނައާއި ހަނގުރާމަ ކުރަނީ, ރައްޔިތުން މުޒާހިރާ ކުރަން ފަށައިފި

ދިޔަވަރު
އިންޑިއާގެ ޑޯނިއަރ ބޯޓު ބޭނުން ނުކުރަން ހަދައިގެން, ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި އޮތް މީހަކު ފަރުވާއަށް ނުގެންދެވި ފުރާނައާއި ހަނގުރާމަ ކުރަނީ, ރައްޔިތުން މުޒާހިރާ ކުރަން ފަށައިފި

ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލި މީހަކު އެރަށުން ފުރުވާލުން ލަސްވެގެން ހޮށްޕިޓަލް ދޮށަށް ގިނަ ބަޔަލު އެއްވެ މުޒާހިރާ ކުރަން ފަށައިފިއެވެ.

އެރަށުން "ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިމީހާ އޮތީ ވެންޓިލޭޓަރުގައި ކަމަށާއި އޭނާދަނީ ފުރާނައާއި ހަގުރާމަ ކުރަމުންކަމުގައެވެ.

އެހެންނަމަވެސް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގައި އޭނާ ގެންދިއުމަށް ސަރުކާރުން ދެކޮޅުހަދާ, މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެތައް ވަގުތެއް ހޭދަވުމުގެ ސަބަބުން އާންމުން މިހާރު "ރަތަށް" އަރާފައިވާ ކަމުގައެވެ.

"ދިޔަވަރު އޮންލައިން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޑޯނިއަރ މަތިންދާ ބޯޓު އޮތީ ބަލިމީހާ ގެންދިއުމަށް ތައްޔާރީ ހާލަތުގައެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެމީހާ ގެންދިއުމަށް އިންޑިއާގެ އެއްވެސް އުޅަނދެއްގެ ބޭނުންކުރުމަށް ދެކޮޅު ހަދާފައެވެ.

އޭގެ ބަދަލުގައި މޯލްޑިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް ރެއިން ފެށިގެން ކުރަމުންދާކަމަށްވެސް ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.

މިމައްސަލާގައި ހިންހަމަ ނުޖެހުން ފާޅުކޮށް, ރައްޔިތުން ވަނީ އެރަށު އަތޮޅު ހޮސްޕިޓަލްގެ ނަން "ހެލްތު ޕޯސްޓު"ގެ ނަމަށް ބަދަލު ކޮށްފައެވެ.

ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުން ކުރުމަކީީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އެހެންނަމަމެވެސް ރައީސް މުއިއްޒު ގެންދަވަނީ އެފަދަ ހާލަތްތަކުގައިވެސް އިންޑިއާގެ ޑޯނިއާރއާއި ހެލިކޮޕްޓަރ ބޭނުން ކުރަން ދެކޮޅު ހައްދަވަމުންނެވެ.

އަދި މުއިއްޒުވަނީ ޗައިނާގެ އެންގުމަށް, އިންޑިއާ ސިފައިންނާއި ޑޯނިއަރ އަދި ހެލިކޮޕްޓަރވެސް 15 މާރޗްގެ ކުރިން ރާއްޖެއިން ބޭލުމަށް އަންގާފައެވެ.