ސިޔާސީ

އެމްއެންޑީއެފްގެ ބޭފުޅުން، ސޯޝަލް މީޑިޔާގެ މިންގަޑުތަކާއި ހިލާފުވެ ލިޔެކިޔުންތައް ލީކު ކޮށްލުމުން މިނިސްޓަރު ކަން ލިބޭނެ- މުއިއްޒު ދިން މެސެޖް! 

ދިޔަވަރު
އެމްއެންޑީއެފްގެ ބޭފުޅުން، ސޯޝަލް މީޑިޔާގެ މިންގަޑުތަކާއި ހިލާފުވެ ލިޔެކިޔުންތައް ލީކު ކޮށްލުމުން މިނިސްޓަރު ކަން ލިބޭނެ- މުއިއްޒު ދިން މެސެޖް! 

ދިވެހި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ހިމާޔަތް ކުރަން ހުވާކޮށްގެން ތިބި ސިފައިންގެ ބޭކަލުންނަށް މުއިއްޒު ދެއްވި މެސެޖެކީ، އެ ހުވާ ދޫކޮށް، އެމްއެންޑީއެފްއިން ކަނޑައަޅާފައިވާ ސޯޝަލް މީޑިޔާގެ މިންގަނޑުތަކުން އެބޭފުޅުން ބޭރުވެ، ދައުލަތުގެ ލިޔެކިޔުންތައް ލީކް ކުރުމުގައި ދައުރެއް އަދާކޮށް އެކަމާއި ގުޅިގެން އެމްއެންޑީއެފް އިން އަޅަން ހުރި ފިޔަވަޅެއް އަޅައި، ވަޒީފާއިން ވަކި ކުރުމުން ތިމަންނާ ދޭނީ އެމީހަކަށް ޑެޕިއުޓީ މިނިސްޓަރު ކަންކަމެވެ.

މި އުސޫލުން ދިވެހިރާއްޖޭގެ ޤައުމީ ދިފާއީ ބާރުގައި ހުރި ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނަންޓް ހަސަން ޒިހާން ވަޒީފާއިން ވަކިކުރި ހަސަން ޒީހާނަށް މުއިއްޒު ދެއްވީ، ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑެޕިއުޓީ މިނިސްޓަރ ކަމެވެ. ޤައުމަށް ހިޔާނަތްތެރިވާ ފަރާތްތަކަށް އޮތީ މިނިސްޓަރުކަމެވެ. ތެދުވެރި ކަމާއި އެކު ޤައުމަށް ހިދުމަތް ކުރަންތިބި ސިފައިންނަށް ޕްރޮމޯޝަންގަނޑެއްވެސް ނެތެވެ.

ޤައުމެއްގެ ވެރިއަކަށް އަންނަ މީހަކު މިފަދައިން މިސާލު ދެއްކުމުން، މި ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށް ޤުރުބާންވާން ތިބި ފަރާތްތަކުގެ މޫނުގައި އެޖަހަނީ ތާފަލެކެވެ. މިއީ އެއްވެސް ޤައުމެއްގެ އެއްވެސް ވެރިއަކު ކުރާނެ ވަރުގެ ކަމެއް ނޫނެވެ. ސަލާމަތީ ޚިދުމަތް ދޭ މުއައްސަސާތަކުގެ ގަދަރާއި އިހްތިރާމް ނަގަހައްޓަން ޖެހެއެވެ. އެހާ ނާތަހުޒީބު އެހާ ދަށުދަރަޖައިގެ ކަންކަން ރައީސުލްޖުމްހޫރިއްޔާ އެމްއެންޑީއެފް އާއި މެދު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. ނަމަވެސް މުއިއްޒު މިކަންވެސް ކުރީ މިހެންނެވެ.

ފުވައްމުލަކަށް ރައީސް ސޯލިހް ކެމްޕެއިންގައި ކުރެއްވި ދަތުރުފުޅުގައި, ދިޔަ ހަމަނުޖެހުންތަކުގައި، ސަލާމަތީ ބާރުތަކުން ވަގުތީގޮތުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ޒިހާންގެ ބޭބެ ޝަރަފު ދޫކޮށްލަން ގޮވާލައި އެމްއެންޑީއެފްގެ އަހްލާޤީ މިންގަޑުތަކާއި ޚިލާފުވެ، ސަލާމަތީ ބާރުތަކުން އަދާކުރަމުންދިޔަ އެމީހުންގެ ވާޖިބަށް މީނާ ވަނީ ގޮންޖަހާފައެވެ. ސަރުކާރު ބަދަލުވުމުން އަލުން އަނބުރައި މީނާ އެމްއެންޑީއެފް އަށް ވައްދާފައި ނުވަނީ އެމްއެންޑީއެފްއިން ބޭނުން ނުވުމުން ކަމުގައި ޤަބޫލު ކުރެވެއެވެ.

ހަސަން ޒިހާން ސޯޝަލް މީޑިޔާގައި ފަތުރާ ދެކޮޅު ނުޖެހޭ ވާހަކަތަކާއި، ހައްދުފަހަނައެޅި މުއިއްޒުގެ ޤައުމިއްޔަތު ކުރިއަރުވަން ދައްކާ އަނިޔާވެރިކަމަށް ނަސްރުދޭ ވާހަކަތަކުން އިތުރަށް އެމްއެންޑީއެފްގެ ނަން ދަނީ ކިލަނބުވަމުންނެވެ. ޤައުމީ ދިފާއީ ބާރުގައި ހަރަކާތްތެރިވި ބޭފުޅެއް އެފަދަ ދަރަޖައަކަށް ވެއްޓުމުން، އެއީ ހަމަ އެމްއެންޑީއެފްގައި އުޅުއްވި ބޭފުޅެއްތޯއޭ މީހުން އަހައި އަޖައިބުވެ ސުވާލުކޮށް ހަދައެވެ. ގެއްލެނީ އެމްއެންޑީއެފްގެ މައްޗަށް މީހުންގެ ހިތްތަކުގައި އޮތް ގަދަރެވެ.

ފުލުހުންނާއި ސިފައިންނަކީ ޤައުމުގެ އެންމެ މުހިންމު އެއް ދައުރެއް އަދާކުރާ ފަރާތެވެ. އެމީހުންނަށް އިހުތިރާމް ނުކުރާ ވެރިއަކު، ރައްޔިތުންނަށް ވަކި ހެވެއް ނޭދޭނެއެވެ.