ޚަބަރު

ފާތުމަތު ތައުފީގު އަންގައިގެން އެމްއެމްޕީއާރުސީ އިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ރާ އިސްތިހާރު ކުރަން ފަށައިފި! މިއީ ކަނޑައެޅިގެން އިސްލާމްދީނަށް ގޮންޖެހުމަށް ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފު ކަމެއް!

ދިޔަވަރު
ފާތުމަތު ތައުފީގު އަންގައިގެން އެމްއެމްޕީއާރުސީ އިން މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ރާ އިސްތިހާރު ކުރަން ފަށައިފި! މިއީ ކަނޑައެޅިގެން އިސްލާމްދީނަށް ގޮންޖެހުމަށް ސަރުކާރުން ކުރާ ޤާނޫނާއި ޚިލާފު ކަމެއް!

އެމް.އެމް.ޕީ.އާރު.ސީ ގެ ވެބްސައިޓްގައި ލިޔެ، ރަސްމީ ޓްވިޓަރ ހޭންޑްލް އިން ވަނީ ރަލުގެ ބާވަތެއް ކަމުގައިވާ ވައިން އިސްތިހާރު ކޮށްފައެވެ. މި ގޮތުން އެމްއެމްޕީއާރުސީގެ ވެބްސައިޓުގައި ލިޔެފައިބާ ލިޔުމުގައި ރަލުން ހިތް ޖެއްސުމަށް ބަނގުރާ ޕްރޮމޯޓްކޮށް އެތައް ވާހަކައެއް ހިމަނާފައި އެއިން ވާނެ ފައިދާތަކެއް ހުރި ކަމަށް ބުނެ ލިޔެފައި ވެއެވެ. މިއީ ކަނޑައެޅިގެން އިސްލާމް ދީނާއި ޚިލާފު ފާފަވެރި އަމަލެކެވެ.

ދުނިޔޭގެ މަޝްހޫރު، ސޯޝަލް މީޑިޔާތައް ކަމަށްވާ، އިންސްޓަރގްރާމް، ފޭސްބުކްގައިވެސް، އެޑް ޖަހައިގެން ރަލުގެ އެއްވެސް ބާވަތެއް އިސްތިހާރު ކުރުމަކީ މަނާކަމެކެވެ. އަދި އެފަދަ އިސްތިހާރުތައް ވަނީ ނުކުރެވޭ ގޮތް ހަދާފައެވެ. އެއީ މުޖުތަމަޢުތަކަށް އެކަމުން ވެދާނެ ގެއްލުމަކަށް ރިއާއަތް ކޮށްފައި ކާފަރުން ހަދާފައިވާ އުސޫލުތަކެވެ. ނަމަވެސް 100 އިންސައްތަ އިސްލާމީ ޤައުމުގައި، ސަލަފުން އިސްނަގައިގެން، ސަލަފުން ޖަލްސާތައް ބާއްވައި މުއިއްޒު ޕްރޮމޯޓްކޮށްގެން، އެމީހުންގެ ތެރެއިން ވަކި ވަކި އިލްމުވެރިން މުއިއްޒު އެންޑޯސް ކޮށްގެން ދީން ދެކެ ލޯބި ވާ އެތައް ބަޔަކަށް އޮޅުވާލައިގެން މުއިއްޒު ވެރިކަމަށް ގެނެސް މިހިންގާ އިސްލާމް ދީނާއި ޚިލާފު އަމަލުތަކަށް ކުޑަމިނުން ބަހެއް ވެސް ބުނެލަން އެމީހުންނަކަށް ނުކެރެއެވެ. ތިބީ ފައިސާގައި ޖެހި ޣާފިލު ކަމުގެ ނިދީގައި ނިދާފައެވެ.

އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ އެއްވެސް އެއްޗަކުން އެއްވެސް ފައިދާއެއް ނުވާނެ ކަމަކީ މުސްލިމުން ގަބޫލު ކުރާ އަޤީދާއެކެވެ. އަދި މިފަދައިން ބަނގުރާ ޕްރޮމޯޓް ކުރުމަކީ އެއްވެސް ސަރުކާރަކުން މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. މީގެ އިތުރަށް މަސްތުވާތަކެތި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން މަސްތުވާ އެއްވެސް އެއްޗެއް ޕްރޮމޯޓްކޮށް އިސްތިހާރު ކުރުމަކީ ދިވެހިރާއްޖޭގައި މަނާ ކަމެކެވެ. އެހެން ނަމަވެސް ދީނީ ސަރުކާރުން މިއޮތީ މިކަންވެސް ކޮށްފައެވެ.

މިކަމާ ގުޅިގެން ސަލަފުގެ ބައެއް ޝޭޚުންނަށް ގުޅާލީމައި ބުނީ ތިކަމާ ކޮމެންޓް ކުރަން ބޭނުން ނުވާ ކަމަށާއި ތިއީ އަސްލު ހިނގި ކަމެއްކަން ޔަގީން ނުވާ ކަމަށެވެ. ސަލަފަކީ އަބަދުވެސް އެމްޑީޕީ ވެރިކަމެއް ނަމަ ގައުމުގެ ވެރިން ތަކްފީރު ކުރުމުގައި އަވަދިނެތި އުޅޭ ބަޔެކެވެ. ނަމަވެސް މިސަރުކާރާއި ސަރުކާރުގެ ވެރިން ކުރާ ދީނާއި ޚިލާފު އެއްވެސް ކަމެއް ފެންނަ ކަމަކަށް ނުހަދައެވެ. މިކަމުގެ އަގެއްގެ ގޮތުން ސަލަފުގެ އިސްވެރިންނަށްވަނީ މިނިސްޓަރު ފެންވަރުގެ ވަޒީފާތަކާއި ޔުނިވަރސިޓީގެ އިސް މަގާމުތައް ދީފައެވެ. އަދި ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ގޮނޑިތައްވެސް ވަނީ ޔަގީންކޮށްދީފައެވެ.