ޒުވާނުންނަށް ހާއްސަކޮށްގެން ޒުވާނުންގެ ވުޒާރާއިން މިރޭ, ދެ ޖިންސުގެ ޒުވާނުން ގައިގޯޅިވެ, ބިރަކާނުލާ މަޖާކުރުމަށް, ޚާއްސަ ކަރޯކޭ ނައިޓެއް މިރޭ ބޭއްވުމަށް ނިންމައިފިއެވެ.
ޒުވާނުންގެ ވުޒާރާއިން ބުނެފައިވަނީ މި ކަރޯކޭ ނައިޓް ބާއްވަނީ ޒުވާނުން އެކުވެލާ, ބިރަކާ ނުލާ މަޖާކޮށްލުމަށް ކަމަށެވެ
ޒުވާނުންގެ ވުޒާރާއިން ބުނެފައިވަނީ މި ކަރޯކޭ ނައިޓް އޮންނާނީ މިރޭ ސޯޝަލް ސެންޓަރ ހަރުގޭގައިކަމަށެވެ. ބޭނުން ޒުވާނަކަށް ވަދެ މަޖާކޮށްލާ ލަވަކިޔާލަން, ގައިގޯޅުވެ ނަށާ ހަދާލުމުގެ ފުރުސަތު ލިބޭގޮތަށް ބާއްވާ މި ކަރޯކޭ ނައިޓް އޮންނާނީ މިރޭ 20:00 - 23:00 އަށެވެ.
މިއަހަރުގެ ފެށުންވެސް ކުލަގަދަކޮށް ބާއްވަން ޒުވާނުންގެ ވުޒާރާއިން ނިންމިއެވެ. އެ އިވެންޓުވެސް އިންތިޒާމްކުރީ ދެޖިންސުގެ ޒުވާނުންނަށް މިއުޒިކާއެކީ, ގައިގޯޅިވެ, ނަށާ ހެދޭ ގޮތަށެވެ. އެހެންނަމަވެސް އެދުވަހު މުޅި ރާއްޖެއަށް ވިއްސާރަކުރުމުން އެ އިވެންޓް ފަހުގެ ތާރީހެއްގައި ބާއްވަން ވުޒާރާއިން ވަނީ ނިންމާފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ ޒުވާނުންނަށް ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ.
އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ޖަމިއްޔާއެއް ކަމަށްވާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.