ޚަބަރު

މިދައުރުގައި ރާއްޖޭގައި ހުރި އެންމެ ކޮރަޕްޓް އޮފީހަކީ ރައީސް އޮފީސްކަމަށް %70 މީހުން ޤަބޫލު ކުރޭ! ކޮރަޕްޝަން އިތުރުވެފައިވަނީ ބޮޑު ކޯފާއެއް އަތުވެދާނެ ފަދަ މިންވަރަކަށް!

ދިޔަވަރު
މިދައުރުގައި ރާއްޖޭގައި ހުރި އެންމެ ކޮރަޕްޓް އޮފީހަކީ ރައީސް އޮފީސްކަމަށް %70 މީހުން ޤަބޫލު ކުރޭ! ކޮރަޕްޝަން އިތުރުވެފައިވަނީ ބޮޑު ކޯފާއެއް އަތުވެދާނެ ފަދަ މިންވަރަކަށް!

ދިޔަވަރު ނޫހުން ނެގި ޕޮލްއަކުން، މިދައުރުގައި ރާއްޖޭގައި ހުރި އެންމެ ކޮރަޕްޓް އޮފީހަކީ ރައީސް އޮފީސްކަމަށް %70 މީހުން ބުނެފިއެވެ. މި ޚިޔާލު ހޯދުމުގެ ޕޮލްގައި ވޯޓް ލާފައި ވަނީ 221 ފަރާތެކެވެ.

ރާއްޖޭގައި އެންމެ ކޮރަޕްޓް ތަނަކީ ރައީސް އޮފީސް ކަމުގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލު ކުރަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ރައީސް އޮފީހުގެ ކޯޕަރޭޓް ޑިވެލޮޕްމަންޓް މިނިސްޓަރު މުހައްމަދު ޝާހިދަކީ މުއިއްޒުގެ ކޮރަޕްޝަން ނެޓް ވޯކުގެ އެންމެ އިސް ފަރާތެވެ. މުހައްމަދު ޝާހިދަކީ ކޮރަޕްޝަނާއި، ފައިސާ ދޮވުމާއި، ވައްކަމުގެ ބޮޑު މާޒީއެއް އޮތް ރަތްލާޖެހި ވަގެކެވެ. ރާއްޖޭގެ ބޭންކުތަކަށް އޭނާ ދައްކަންހުރި ލޯނު ނުދައްކައިގެން އެތައް ބޭންކަކުން އޭނާގެ މައްޗަށް ހުކުމްވެސް ކޮށްފައިވާ މީހެކެވެ. ލަނޑަޔާވާނީ ލަނޑަޔާއަށޭ ބުނާ އުސޫލުން މީނާއަކީ މުއިއްޒުގެ އެންމެ އަރިސް އެއްފަރާތެވެ. މުއިއްޒަށް ކޮރަޕްޝަންގެ ނެޓްވޯކު އަޅައިދީ، މަޖިލީސް އިންތިހާބަށް ފައިސާ ބޭނުންވާ ކަމަށް ބުނެ އެތައް މިލިއަން ރުފިޔާއެއް، އަނިޔާވެރި ކަމާއި އެކު އެތައް ޕްރޮޖެކްޓްތަކުން ނަގަމުން ދާ ފަރާތަކީ، މުހައްމަދު ޝާހިދެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަމަށް އޭނާ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ މުއިއްޒުގެ މޭޔަރުކަމުގައި, ސިޓީ ކައުންސިލްގައި މުއިއްޒަށް ވައްކަން ކޮށްދިނުމުގައެވެ.

މުއިއްޒު އަންގައިގެން ދާދިފަހުން ވަނީ، އެތައް އަހަރެއް ވަންދެން ހުއްޓުމެއް ނެތި ކޮންމެ މަހަކު ވެސް ޝާޢިއު ކުރާ ސަރުކާރު ހަރަދުތައް ޕްބްލިޝް ކުރުން ހުއްޓާލާފައެވެ. އެއީވެސް މުއިއްޒު ކުރަމުންދާ ބޮޑެތި ވައްކަން ފޮރުވުމަށް ސަރުކާރުން ކުރަން ނިންމި ކަމެކެވެ.

ރައީސް އޮފީހުން ހިންގަމުންދާ ބޮޑެތި ވައްކަން ތަކުގެ ތެރޭގައި ފުށި ދިއްގަރުފަޅު އެއީ މުއިއްޒަށް އެތައް މިލިއަން ޑޮލަރެއް ލިބޭ ޕްރޮޖެކްޓެކެވެ. ހުޅުމާލެ އަދި ފުށި ދިއްގަރުފަޅުން އެންމެ މުހިންމު ސަރަހައްދު ތައް އެ ޕްރޮޖެކްޓްގެ މެދުވެރިއަކަށްވާ، ލަންކާ ކުންފުންޏަށް ދީފައިވާއިރު، އޭގެ ބަދަލެއް ގޮތުގައި އެތައް މިލިއަން ޑޮލަރެއް މުއިއްޒަށް ލިބެއެވެ.

ކުންފުނިތަކަށް ބަދަލު ދިނުމާއި ދެކޮޅަށް އަމިއްލަ އަށް ޓްވީޓް ކުރުމަށްފަހު، ކޮރަލް ބޮލަވާޑަށް ދޭން ޖެހޭ ފައިސާ އަށް ވުރެ އެތައް މިލިއަން ޑޮލަރެއް އިތުރަށް ދިނުމަށް ނިންމައި އެއިން 20 މިލިއަން މުއިއްޒުގެ ޖީބަށް ލާން ނިންމީވެސް، ސީދާ މުއިއްޒު ބޭނުންވެގެންނެވެ.

ދައުލަތުގައި ފައިސާ ނެތިގެން ފެނަކައިން އެތައް ސަތޭކަ މުއައްޒަފުންނެއް ވަކިކޮށް ބިކަ ކޮށްލި އިރު، ސަރުކާރުން ވަނީ ކަނޑުމަގުން ގެންނަން ހުރި، މިނިސްޓަރުންގެ ކާރުތަކުން ބައެއް ވައިގެ މަގުން އެތައް މިލިއަނެއް އިތުރަށް ދައްކައިގެން ގެނެސްފައެވެ. މިކަންވެސް ނިންމީ ރައީސް އޮފީހުންނެވެ. މި ކާރުތައް ގެނައުމަށް ބަޔަކާއި ހަވާލު ކޮށްފައި ވަނީ ބޮޑު އަގުގައެވެ. މިއީ ދައުލަތަށް ބޭނުންވާ ކާރުތަކެއްވެސް ނޫނެވެ.

ޗައިނާގެ ސީއެމްސީ ކުންފުންޏަށް 800 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ހަވާލު ކުރީ 100 މިލިއަން ޑޮލަރު މުއިއްޒު ނަގާ ގޮތަށެވެ.

ދިވެހި ކުންފުނިތަކަށް ފުރުޞަތު ނުދީ، ކުޑަ 7 އިމާރާތެއް ހުޅުމާލޭގައި އަޅަން ޗައިނާ ކުންފުންޏަކަށް 3 ގުނަ ބޮޑުކޮށް ޕްރޮޖެކްޓެއް ދިނީ 771 މިލިއަން ރުފިޔާ އަށެވެ. ޕްރޮޖެކްޓްގެ ހަމަ އަގަކީ 429 މިލިއަން ރުފިޔާ އަށްވުރެ ކުޑަ އަގަކެވެ. 

މިއީ ފާއިތުވި 20 ދުވަހުގެ ތެރޭގައި ހިނގާފައިވާ ބޮޑެތި ކޮރަޕްޝަންތަކެވެ. މީގެ އިތުރުން އެމްޕީއެލް ތެރޭގައިވެސް މުއިއްޒަށް ފައިދާ ވާހެން އެތައް މިލިއަން ރުފިޔާގެ ވައްކަންތައް ދަނީ ހިނގަމުންނެވެ.

ރާއްޖޭގެ ތާރީޚުގައި ކޮރަޕްޝަން ނުހިނގާހާ ބޮޑަށް މުއިއްޒުގެ ވެރިކަމުގައި ކޮރަޕްޝަން ހިންގައި ވައްކަން އިތުރުކޮށްފައިވަނީ މުޅި ރާއްޖެއަށް ބޮޑު ކޯފާއެއް ލަވަވާފާނެ ފަދަ ބިރުވެރި މިންވަރަކަށެވެ. 14 މެމްބަރުންނަށް އެތައް މިލިއަން ރުފިޔާއެއް ޚަރަދުކޮށް ގަނެލީ މުއިއްޒުގެ ވެރިކަން ވައްޓާލަން އުޅޭކަމަށް ކުރެވުނު ކުށް ހީއަކަށެވެ. މިވަރުގެ ވެރިއަކު އަޒުލު ކުރުމަކީ މަޖިލީހުގެ މައްޗަށް ވާޖިބު ވާނެ ކަމެކެވެ.