މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި އެމަރޖެންސީކޮށް ގއ. ވިލިގިލިން މާލެ ގެނެސްފައިވާ ހާލު ބޮޑު ބަލިކުއްޖާ, ސަރުކާރުގެ އިހުމާލުން ނިޔާވި މައްސަލާގައި ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން އިތުރުފުޅު ހައްދަވާފައިވާކަން ހާމަވެއްޖެއެވެ.
ވިލިގިން ގެނައި, ބަލިކުއްޖާ ސަރުކާރުގެ އިހުމާލުން ނިޔާވުމާއި ގުޅިގެން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިއުން އަމާޒުވެފައި ވަނިކޮށް, ޑިފެންސް މިނިސްޓަރ ޢައްސާން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ, ފާއިތުވި 2021 ވަނަ އަހަރުން ފެށިގެން ހަދާފައިވާ މެޑިކަލް އިވޭކުއޭޝަންގެ %93 ކޮށްފައިވަނީ މޯލްޑިވިއަންގެ ބޯޓުތައް ބޭނުން ކޮށްގެން ކަމުގައެވެ.
އެހެންނަަމަވެސް އެ މުއްދަތުގައި އެމްއެންޑީއެފްއިން ހަދާފައިވާ މެޑިކަލް އިލޭކުއޭޝަންތަކުގައި ތަފާސް ހިސާބުތަކަށް ބަލާއިރު, މެޑިކަލް އިވޭކުއޭޝަންގެ %90 ހަދާފައިވަނީ ރާއްޖޭގައި އޮތް, އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓާއި ހެލިކޮޕްޓަރ ބޭނުންކޮށްގެން އެގެން އެބަހުއްޓެވެ.
ސަރުކާރުގެ އިހުމާލުން ބަލިކުއްޖާ ނިޔާވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ރައީސް މުއިއްޒުއަށް އަމާޒުވާން ފެށުމުން, މުއިއްޒު ދިފާއު ކުރުމުގެ މަގުސަދުގައި ޑިފެންސް މިނިސްޓަރ އައްސާން މައުމޫން ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ, މެޑިކަލް އިވޭކުއޭޝަން އެސްއޯޕީތަކުގައި, ރައީސުލްޖުމުހޫރިއްޔާއަށް އެކަމުގެ މައުލޫމާތު ފޯރުކޮށްދޭން ޖެހޭގޮތަށްވެސް ނޯންނަ ކަމަށެވެ.
އެހެންނަމަވެސް, ވިލިގިލިން މާލެ ގެނައި ބަލިކުއްޖާ މާލެ ގެނައުން ލަސްވެ ހާލު ސީރިއަސް ވުމުން, އެ ކުއްޖާ އިވޭކުއޭޓް ކޮށްދިނުމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ޑިފެންސް މިނިސްޓްރީގައި ދެންނެވި ކަމަށް, ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލަކު "ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދީފައި ވެއެވެ.
ބަލި ކުއްޖާގެ ހާލު ސީރިއަސްވެސް, މާލެ ގެނައުން ލަސްވާން ފެށުމުން އިންޑިއާ ހައިކޮމިޝަންއިން ދެންނެވި ޑޯނިއަރ އޮތީ ތައްރާރީ ހާތަށް ގެނެވިފައިކަމަށް. އަދި ހުއްދަ ލިބުނުހާ އަވަހަކަށް އިވޭޓް ކުރުމަށް ޑޯނިއާ ތައްޔާރަށް އޮތް ކަމަށް.
"ދިޔަވަރު އޮންލައިން" އަށް މައުލޫމާތު ދިން ޑިފެންސް މިނިސްޓްރީގެ އިސް އޮފިޝަލް ވިދާޅުވިއެވެ.
އޮފިޝަލް ވިދާޅުވީ, ޑޯނިއަރގެ ބޭނުންކޮށްގެން ބަލިކުއްޖާ އިވޭޓް ކުރުމަށް ތައްޔާރަށް އޮތްކަމަށް ރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ޑިފެންސް މިނިސްޓްރީގައި ދެންނެވުމުން, ރައީސް މުއިއްޒުގެ ހުއްދަ ނެތި ޑޯނިއަރ މަތިންދާ ބޯޓުގެ ބޭނުން ކުރެވެން ނެތްކަމަށް ވިދާޅުވެ މިނިސްޓަރ ޢައްސާން ރައީސަށް ގުޅުއްވި ކަމަށެވެ.
އެހެންނަނަމަވެސް ރައީސްގެ ހުއްދަ ޑޯނިއަރ ބޭނުން ކުރުމަށް ނުލިބުމުން, ބަލި ކުއްޖާ އިވޭޓް ކުރަށް ޑޯނިއަރ ބޯޓުގެ ބޭނުން ނުކުރާނޭކަން ޑިފެންސުން އިންޑިއަން ހައިކޮމިޝަނަށް އެންގިކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ބަލިކުއްޖާ މާލެގެނައުން ލަސްވެ, ސަރުކާރުގެ އިހުމާލުން އެކުއްޖާ ނިޔާވުމުން, ގިނަ ބަޔަކު ދަނީ ރައީސް މުއިއްޒުއަށް ފާޑު ކިޔަމުންނެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ ވަގުތެއްގައި އެމަރޖެންސީކޮށް ގއ. ވިލިގިލިން މާލެ ގެނެސްފައިވާ ހާލު ބޮޑު ބަލިކުއްޖާ ނިޔާވީ މިއަދުއެވެ. އިތުރު ފަރުވާއަށް މި ކުއްޖާ މާލެ ގެނެއީ މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވިއަންގެ ޝެޑިއުލުން ފްލައިޓަކުން މިމަހުގެ 18 ވަނަ ދުވަހުގެ ވަރަށް ހަވީވެފައި ވަނިކޮށެވެ.
މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށް މާލެގެނައި އެކުއްޖާގެ ހާލުދެރަވެ, ފާއިތުވި ދެދުވަހު އެކުއްޖާ އޮތީ ކޯމާއެއްގައެވެ. އަދި ޑޮކްޓަރުން ވަނީ ފަހުން އުއްމީދު ކަނޑާލާފައެވެ.
ގއ. ވިލިގިލީ އަތޮޅު ހޮސްޕިޓަލުގައި, ވެންޓިލޭޓަރުގައި އޮތް ހާލުބޮޑު ބަލި ބަލިކުއްޖާ އެރަށުން ފުރުވާލުން ލަސްވެގެން ހޮށްޕިޓަލް ދޮށަށް ގިނަ ބަޔަކު އިއްޔެ އެއްވެ މުޒާހިރާ ވެސް ވަނީ ކޮށްފައެވެ.
އެރަށުން ”ދިޔަވަރު އޮންލައިން“އަށް މައުލޫމާތު ދިން މީހަކު އިއްޔެ ކިޔައިދިން ގޮތުގައި ހޮސްޕިޓަލުގައި އޮތް ހާލުބޮޑު ބަލިކުއްޖާ މިމަހުގެ 17 ވަނަ ދުވަހުގެ ރެއިން ފެށިގެން އޮތީ ވެންޓިލޭޓަރުގައެވެ.
އެހެންނަމަވެސް އިންޑިއާގެ ޑޯނިއަރ މަތިންދާ ބޯޓުގައި އޭނާ މާލެ ގެންދިއުމަށް ސަރުކާރުން ދެކޮޅުހަދާ, މޯލްޑިވިއަންގެ ފްލައިޓެއް ޗާޓަރު ކުރުމަށް ކުރި މަސައްކަތުގައި 16 ގަޑިއިރު ހޭދަވެ ވިލިގިލީގެ އަތޮޅު ހޮސްޕިޓަލުގައި އެކުއްޖާގެ ހާލު ދިޔައީ ދެރަވަމުންނެވެ.
ބަލި ކުއްޖާގެ ހާލު ދެރަވެ, މާލެ ނުގެނެވި ލަސްވެގެން ދިޔައިރު, ޑޯނިއަރ މަތިންދާ ބޯޓު އޮތީ ބަލިކުއްޖާ ގެންދިއުމަށް ތައްޔާރީ ހާލަތަށް ގެނެސްފައެވެ. އެހެންނަމަވެސް ސަރުކާރުން ވަނީ އެކުއްޖާ ގެންދިއުމަށް އިންޑިއާގެ އެއްވެސް އުޅަނދެއްގެ ބޭނުންކުރުމަށް ދެކޮޅު ހަދާފައެވެ.
ޑޯނިއަރ މަތިންދާ ބޯޓު ބޭނުން ކުރެވެން އަންނަނީ ސީދާ ރައީސް މުއިއްޒުގެ ހުއްދަ ލިބުމުންނެވެ.
އޭގެ ބަދަލުގައި މޯލްޑިއަންގެ ފްލައިޓެއް ޗާޓަރު ކުރުމުގެ މަސައްކަތް 17 ވަނަ ދުހަވަހުގެ ރެއިން ފެށިގެން ކުރަމުން ގޮސްފައިވާކަމަށްވެސް ވިލިގިލީ އަތޮޅު ހޮސްޕިޓަލުން ވާހަކަ ދެއްކި ބޭފުޅަކު ވިދާޅުވެފައި ވެއެވެ.
މިމައްސަލާގައި ހިންހަމަނުޖެހުން ފާޅުކޮށް, މިމަހުގެ 18 ވަނަ ދުވަހު ރައްޔިތުން ވަނީ އެރަށު އަތޮޅު ހޮސްޕިޓަލް ދޮށަށް އެއްވެ, ހޮސްޕިޓަލްގެ ނަން ބޯޑުގެ މަތީގައި ”ހެލްތު ޕޯސްޓު“ޖަހާފައިވާ ނަމެއްވެސް ހަރުކޮށްފައެވެ.
ވިލިގިލިން ހާލުބޮޑު ބަލިކުއްޖާ މާލެއަށް ފުރުވާލެވުނީ މިމަހުގެ 18 ވަނަ ދުވަހުގެ އިރުއޮއްސެން އުޅެނިކޮށެވެ. އެއަށްފަހު މާލޭގައި ފަރުވާ ދެމުންދިޔަ ނަމަވެސް އެކުއްޖާގެ ހާލު ރަގަޅުނުވެ ދިޔައީ މަރާއި ހަނގުރާމަ ކުރަމުންނެވެ. އެކުއްޖާއަކީ ވިލިގިލީ ސްކޫލުގެ ގްރޭޑް 7 ގައި ތައުލީމު ހާސިލްކުރާ, އުމުރުން 14 އަހަރުގެ ކުއްޖެކެވެ.
ދިވެހި ރައްޔިތެއްގެ ފުރާނައަށް ނުރައްކާ ވެއްޖެ ހާލަތެއްގައި ބޭނުން ކުރެވެން އޮތް ކޮންމެ ވަސީލަތެއްގެ ބޭނުން ކުރުމަކީީ ގާނޫނު އަސާސީން ސަރުކާރަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އެހެންނަމަމެވެސް ރައީސް މުއިއްޒު ގެންދަވަނީ އެފަދަ ހާލަތްތަކުގައިވެސް އިންޑިއާގެ ޑޯނިއާރއާއި ހެލިކޮޕްޓަރ ބޭނުން ކުރަން ދެކޮޅު ހައްދަވަމުންނެވެ.
އަދި މުއިއްޒުވަނީ ޗައިނާގެ އެންގުމަށް, އިންޑިއާ ސިފައިންނާއި ޑޯނިއަރ އަދި ހެލިކޮޕްޓަރވެސް 15 މާރޗްގެ ކުރިން ރާއްޖެއިން ބޭލުމަށް އަންގާފައެވެ.