ޚަބަރު

ފުލްފަންޑެޑް ސްކޯލާޝިޕް ކަމަށް ބުނެ އޮޅުވާލައިގެން ހަންގޭރީގެ ސްކޯލާޝިޕް ތަކެއް އިއުލާންކޮށްފި! ހަޔާ އެޑިއުކޭޝަން މިނިސްޓަރު އުޅުއްވަނީ ކަނބުރުގޭގައި އަޅި ބުރުމުގައި!

ދިޔަވަރު
ފުލްފަންޑެޑް ސްކޯލާޝިޕް ކަމަށް ބުނެ އޮޅުވާލައިގެން ހަންގޭރީގެ ސްކޯލާޝިޕް ތަކެއް އިއުލާންކޮށްފި! ހަޔާ އެޑިއުކޭޝަން މިނިސްޓަރު އުޅުއްވަނީ ކަނބުރުގޭގައި އަޅި ބުރުމުގައި!

ސަރުކާރުން ފުލް ފަންޑެޓް ސްކޯލާޝިޕެއް ގޮތުގައި އިސްތިހާރުކޮށް، ހަންގޭރީގައި ކިޔެވުމަށް ފޮނުވުމަށް 25 ފުރުޞަތެއް އިއުލާން ކުރިއިރު އޭގައި ދާ ދަރިވަރުންތައް އެގައުމުގައި އުޅޭނެ ތަނެއް ނެތި މަގުމަތިވެ، ހާލުގައި ޖެހޭނޭ ކަމަށް ހަންގޭރީގެ ސްކޯލަރޝިޕްތަކާއި ބެހޭ މައުލޫމާތު އެނގޭ ފަރާތަކުން ކިޔައިދީފިއެވެ. ހަޔާއެޑިޔުކޭޝަނުން 25 ކުއްޖަކު ހަންގޭރީއަށް ފޮނުވަން ސްކޯލާޝިޕްގެ ފުރުޞަތު ހުޅުވާފައި ވަނީ ހުރިހާ ހަރަދެއް ސްކޯލަރޝިޕުން ކަވަރ ކޮށްދޭނެ ކަމަށް ބުނެއެވެ. ނަމަވެސް އެގައުމަށް ދިޔުމުން ލިބެނީ ވަރަށް ބޮޑު ހައިރާން ކަމެއް ކަމަށާއި، ދިރިއުޅެން ޔުނިވަރސިޓީގެ ޑޯމުން ތަން ނުލިބިއްޖެ ނަމަ، ޖެހެނީ އަމިއްލަ އަށް މަދުވެގެން 750 ޔޫރޯ ނުވަތަ 12،000ރ ޚަރަދުކޮށް ކުޑަ ތަންކޮޅެއް ހިފަން ކަމަށް މައުލޫމާތު ލިބިހުރި ފަރާތަކުން ދިޔަވަރަށް ކިޔައިދިނެވެ. ނަމަވެސް މިކަން ސަރުކާރުން ދަނީ ސިއްރު ކުރަމުން ކަމަށާއި، ދެއްކުމަށް ބޭނުންވަނީ ރަނގަޅު ސްކޯލާރޝިޕްތަކެއް ދޭތަން ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހައަރ އެޑިޔުކޭޝަނާއި ތަފާތު އެތައް ފަހަރެއް މަތިން އީމެއިލްކޮށް ގުޅާ މުއާމަލާތް ކުރެވިފައިވާ ކަމަށާއި ނަމަވެސް ސަރުކާރުން އެއްވެސް ވަރަކަށް، މި މައުލޫމާތު ރަނގަޅު ކޮށް އަލުން ސްކޯލަރޝިޕް އިއުލާން ކުރުމަށް އެއްވެސް ވަރަކަށް މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރެއް މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ! އެއްވެސް ދަރިވަރަކު އަތުގައި މަހެއްގެ މައްޗަށް 12،000ރުފިޔާ ޚަރަދުކުރާހާ ފައިސާއެއް ނުހުންނާނެ! މިއަށް އެޕްލައި ކުރާނީ ފުލް ފަންޑެޑް ވީމަ! އަމިއްލަ އަށް ހުރުމަށް ފައިސާ ދައްކަން ޖެހެންޏާ އެއީ ފުލީ ފަންޑެޑް ކަމަށް ނުބުނެވޭނެ!

އޭނާ ހިތްހަމަ ނުޖެހިފައި ހުރެ ކިޔައި ދިނެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާގެ ވަޒީރު، ޑރ. މަރިޔަމް މާރިޔާ، މިވަގުތު ހުންނެވީ ކެމްޕެއިން ދަތުރުފުޅެއްގައި ކުޅުދުއްފުށީ ސިޓީގައެވެ. މިހާރު ކުރައްވަމުން ގެންދަވާ ޒިޔާރަތުގައި އެރަށުގައި ހުންނަ ކަނބުރުގެއަށް އެކަމަނާ ވަޑައިގެން އުޅުއްވަނީ އިންސްޓަރގްރާމަށް ފޮޓޯ ނެގުމާއި މަޖާ ކުރެއްވުމުގައެވެ.