ޚަބަރު

ޗައިނާ އިން 130 މިލިއަން ޑޮލަރު ދިނީ އެ ގައުމުގެ ކުންފުނިތަކަށް ދޭން ހުރި ފައިސާ ތައް ދިނުމަށް ކަމަށް ހާމަވެއްޖެ!

ދިޔަވަރު
ޗައިނާ އިން 130 މިލިއަން ޑޮލަރު ދިނީ އެ ގައުމުގެ ކުންފުނިތަކަށް ދޭން ހުރި ފައިސާ ތައް ދިނުމަށް ކަމަށް ހާމަވެއްޖެ!

ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުން ލިބުނު އެންމެ 130 މިލިއަން ޑޮލަރަކީ އެޤައުމުގެ ކުންފުނިތަކުން ހިންގާ ޕްރޮޖެކްޓްތަކުން ބިލް ކޮށްފައިވާ އަދި ބިލް ކުރަންހުރި ފައިސާއަށް ވާވަރު ކަމަށާއި، އަދި އެއީ އެކުންފުނިތަކަށް ދިނުމަށް ޝަރުތުކޮށް ދީފައިވާ ފައިސާކަން ފިނޭންސް މިނިސްޓްރީގެ އިސްފަރާތަކުން ދިޔަވަރު ނޫހުގެ ޓްވިޓަރ އެކައުންޓަށް ޑީއެމް ކޮށް މައުލޫމާތު ދެއްވައިފިއެވެ.

މިގޮތުން މިފައިސާ ހަރަދު ކުރަންޖެހޭ ޕްރޮޖެކްޓްތަކުގެ ތަފްސީލް އޭނާ ދިޔަވަރު.ކޮމް އަށް ވަނީ ހާމަ ކޮށްދެއްވާފައެވެ.

އޭނާ ދީފައި ވާ މައުލޫމާތުގައި ވާގޮުން، ތިލަފުށި ދެވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިން ދަނީ މާލޭގެ ހުޅަނގުން މިހާރު އޮތް ތިލަފުއްޓަށީގައި ކުރަމުންނެވެ. މިގޮތުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ 2023 ވަނަ އަހަރު މިކުންފުންޏާއި ހަވާލުކޮށްފައެވެ.

އަތޮޅު ތެރޭ ބައެއް ރަށްރަށުގެ މަގުހެދުމުގެ މަޝްރޫޢު: މީގެ ތެރޭގައި މަގުތަކާއި ކުދި ބްރިޖްއެޅުމާއި ހިމެނެއެވެ. ޗައިނާގެ ގިނަ ކުންފުނިތަކެއް މި މަޝްރޫއުގެ އެކި މަރުހަލާތަކުގައި ހަރަކާތްތެރިވަމުން އަންނައިރު އޭގެ ތެރޭގައި ބެއިޖިން ކޮންސްޓްރަކްޝަން އިންޖިނިއަރިން ގްރޫޕާއި ޗައިނާ ރޯޑް އެންޑް ބްރިޖް ކޯޕަރޭޝަން ހިމެނެ އެވެ. މިއީ އެމްޑީޕީ ސަރުކާރުގައި ފަށައިގެން ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ.

ޑީސެލިނޭޝަން ޕްރޮޖެކްޓްތައް: ސާފު ބޯފެން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މީހުން ދިރިއުޅޭ ރަށްރަށުގައި ޑީސެލިނޭޝަންގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ޗައިނާއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެ ތެރޭގައި ފަސް ރަށެއްގައި ދުވާލެއްގެ މައްޗަށް 100 ޓަނުގެ ކެޕޭސިޓީ ޑިސެލިނޭޝަން ސިސްޓަމެއް ގާއިމްކުރުން ހިމެނޭކަމުގައި އޭނާ ހާމަކުރިއެވެ. މި ޕްރޮޖެކްޓްތަކަކީވެސް ރައީސް ސޯލިހްގެ ސަރުކާރުގައި ފަށާފައިވާ ޕްރޮޖެކްޓެކެވެ.

ޗައިނާ މޯލްޑިވްސް ބްރިޖް ބެލަހައްޓަނީވެސް ޗައިނާގެ ސަރުކާރުގެ ކުންފުންޏަކުންނެވެ. އެއަށްވެސް ސަރުކާރުން ދަނީ ފައިސާ ދައްކަމުންނެވެ.

ޗައިނާއިން ދިން 130 މިލިއަން ޑޮލަރުތަކަކީ ޗައިނީސް ކުންފުނިތަކަށް ފައިސާ ދެއްކުމަށް ދީފައިވާ ފައިސާ ކަމަށާއި، އިތުރު އެއްވެސް ކަމަކަށް އެފައިސާ ބޭނުން ނުކުރަން ޗައިނާއިން އަންގާފައިވެއެވެ.