ޚަބަރު

އަދުރޭގެ ދަރި ފައިސަލް އަށް ބިރު ދެއްކުމުން، ކުޑަވަގުތު ކޮޅެއްގައި ފްލައިޓްގައި މާލެ ގެނައި! ޑޯނިޔާ ބޭނުން ނުކޮށް މައުސޫމު ދަރިއެއް މަރާލީ ރާއްޖެތެރޭ އާދައިގެ މީހަކަށް ވުމުން؟

ދިޔަވަރު
އަދުރޭގެ ދަރި ފައިސަލް އަށް ބިރު ދެއްކުމުން، ކުޑަވަގުތު ކޮޅެއްގައި ފްލައިޓްގައި މާލެ ގެނައި! ޑޯނިޔާ ބޭނުން ނުކޮށް މައުސޫމު ދަރިއެއް މަރާލީ ރާއްޖެތެރޭ އާދައިގެ މީހަކަށް ވުމުން؟

2018 ވަނަ އަހަރު އިންތިހާބުގައި ވޯޓު ގުނަމުން ދިޔައިރު، އަބްދުއްރަހީމް (އަދުރޭގެ ދަރި) މިހާރުގެ ޓުއަރިޒަމް މިނިސްޓަރ ފައިސަލް ހުރީ ލ. ފޮނަދޫގައެވެ. އަބްދުއްރަހީމްގެ ދަރިއަކީ ޕާޓޭއެކެވެ. އިންތިހާބު ތެރޭގައި އޭނާ، ލ. ފޮނަދޫގެ ގޭންގްތަކަށް މަސްތުވާތަކެއްޗާއި ފައިސާ ބެހުމުގެ ތެރޭގައި ޖެހުނު ހަމަ ނުޖެހުމެއްގައި، އަދުރޭގެ ދަރިއަށް ގޭންގަކުން އިންޒާރު ދިނެވެ.

ކަޓަރު ހިފައިގެން އުޅުނެއް ކަމަކު، އަބްދުއްރަހީމް (އަދުރޭގެ) ދަރި އަކީ ބިރުގަންނަ ފިނޑި މީހެއްކަމުން، އަވަހަށް ބައްޕައަށް ގުޅައި މިތަނުން ތިމަންނާ ވަގުތުން ދާން ޖެހޭކަމަށް އެންގިއެވެ.

ވަގުތުން ވަގުތަށް ފުވައްމުލަކުން މާލެ އަށް ދަތުރު ކުރަމުން ދިޔަ މޯލްޑިވިއަންގެ ފްލައިޓެއް ޑައިވާރޓް ކޮށްގެން ލ. ކައްދޫއަށް ޖައްސައި އަދުރޭގެ ދަރި ފައިސަލް ނަގައިގެން އެރޭ މާލެ ގެނައެވެ.

މިއީ މިހާރު ވެރިކަމުގައި އޮތް އަބްދުއްރަހީމްގެ ސަރުކާރުން ނުވަތަ މުއިއްޒުގެ ސަރުކާރުން ބޭނުން ވެއްޖިޔާ ކަން ހިނގާނެ ބާރު މިނެވެ. މި ފުރުޞަތު ގއ. ވިލިގިލީގައި ހުރި މީހެއްގެ 14 އަހަރުގެ ކުޑަ ކުއްޖަކަށް ނުދިނީ އެނާއަކީ ރާއްޖެތެރޭ މީހަކަށް ވީމައެވެ. ވެރިކަން ކުރަން ތިބި ގުންޑާއިންގެ އާއިލާ މީހަކަށް ނުވީމައެވެ. ވައްކަމާއި ފަސާދަ އާއި އަނިޔާވެރިކަމުގައި އެމީހުންގެ ބައިވެރިއަކަށް ނުވީމައެވެ.

އެމެޖެންސީގައި ހެލިކޮޕްޓަރު ފޮނުވައިގެން، ވަގުތު އޮއްވައި އެކުއްޖާގެނެސް ފަރުވާ ދިންނަމަ ފުރާނަ ސަލާމަތް ކުރެވުނީހެވެ. އަދި ޑޯނިޔާ އުދުއްސައި އައްޑޫއިން ކަނޑަށް ގެއްލުނު ކުއްޖާ ހޯދި ނަމަ، ފެނުމުގެ ފުރުޞަތު އޮތީހެވެ. ނަމަވެސް ކުޑަ ދެކުއްޖަކު އެ މަރާލީއެވެ.