އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ, ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީއަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންގެ ތެރެއިން ޕީއެންސީގެ ޗެއަރމަން, އަދި ރައީސް މުއިއްޒުގެ އިސް މުޝީރު އަބުދުއްރަހީމްގެ ރުހުން ނެތް ކެނޑިޑޭޓުންގެ ޕްރައިމަރީގެ ޓިކެޓް ކެންސަލް ކުރަން ފަށާފައި ވަނިކޮށް, އަބުދުއްރަހީމްއަށް ފައިސާ ދީގެން ބައެއް ކެނޑިޑޭޓުން ޓިކެޓް ކަށަވަރު ކޮށްފިއެވެ.
ޕީޕީއެމް/ޕީއެންސީން މިއަދުވަނީ, ޕާޓީ ތެރޭގައި ފިތުނަ އުފެދޭ ގޮތަށް މަސައްކަތްކޮށްފައިވާ ކަމަށާއި އެކަށީގެންވާ ހިދުމަތެއް ކޮށްދީފައިނުވާ ކަމަށް ބުނެ އެޕާޓީގެ މަޖިލިސް ޕްރައިމަރީގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންގެ ކެންޑިޑެސީ ބަލައިނުގަންނަން ނިންމައިފި އެވެ.
މާޗް 17، ގައި ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރަން ހުށަހެޅި ބައެއް މެމްބަރުންނަށް ޕްރައިމަރީގައި ވާދަ ނުކުރެވޭނެކަން ވެރިކަން ކުރާ ކޯލިޝަނުން އަންގަން ފެށީ މިއަދުއެވެ.
"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި, ޕީޕީއެމް ޕީއެންސީގެ ބައެއް ކެނޑިޑޭޓުން ކިޔައިދިން ގޮތުގައި, ކުރިޔަށް އޮތް ޕާޓީގެ ޕްރައިމަރީގައި ވާދަކުރުމަށް ކުރިމަތިލާފައިވާ ބައެއް ކެނޑިޑޭޓުންގެ ޓިކެޓް ކެންސަލް ކުރުމަށް ނިންމާފައިވަނިކޮށް, އެ ކެނޑިޑޭޓުންގެ ޓިކެޓް ކެންސަލްވިޔަ ނުދީ ހަމަޖެއްސުނީ އަބުދުއްރަހީމްއަށް ފައިސާ ދީގެންނެވެ.
އެގޮތުން ޓިކެޓް ކަށަވަރު ކުރުމަށް އަބުދުއްރަހީމްއަށް ފައިސާ ދިން ކެނޑިޑޭޓަކު ނަން ހާމަ ނުކުރުމަށް އެދި "ދިޔަވަރު އޮންލައިން"އަށް ކިޔައިދިން ގޮތުގައި, އޭނާގެ ޓިކެޓް ކެންސަލް ކުރުމަށް ހަމަޖެހިފައިވާކަން އެނުގީ އެމައުލޫމާތު ޕީޕީއެމްގެ ސެނެޓްގެ މެމްބަރަކު އޭނާ ގުޅާފައި އެވާހަކަ ބުނުމުން ކަަމަށާއި, އެކަން އެނގުމާއެކު އޭނާ އަބުދުއްރަހީމްއަށް ގުޅި ކަމަށެވެ.
ގުޅުމުން ޓިކެޓް ކަށަވަރު 100,0000 ރުފިޔާ ދިނުމުން ޓިކެޓް ކަށަވަރު ކުރެވިދާނެކަމަށް އަބުދުއްރަހީމް ވިދާޅުވި ކަމަށެވެ.
އަދުރޭ ޑިމާންޑް ކުރީ 100,000 ރުފިޔާއަށް. އިތުރަށް ވާހަކަ ދައްކައިގެން 80,000 ރުފިޔާ އަދުރޭއަށް ދީގެން ޕްރައިމަރީގައި ވާދަކުރެވޭ ގޮތްވީ
އަބުދުއްރަހީމްއަށް ފައިސާ ދީގެން, ޕީޕީއެމް ޕީއެންސީގެ ޓިކެޓް ކަށަވަރުކުރި ކެނޑިޑޭޓަކު ނަން ހާމަ ނުކުރުމަށް އެދި ކިޔައިދިނެވެ.
އޭނާ ކިޔައިދިން ގޮތުގައި އަބުދުއްރަހީމް ބޭނުންވި ވަރަށް ފައިސާ ނުދިން ގިނަ ކެނޑިޑޭޓުންގެ ޕްރައިމަރީ ޓިކެޓް މިއަދުވަނީ ކެންސަލް ކޮށްފައެވެ.
ޕީޕީއެމް/ޕީޢެންސީގެ ޕްރައިމަރީއަށް ކުރިމަތިލާފައިވާ ބައެއް މެމްބަރުންނަށް, އަބުދުއްރަހީމް ސޮއިކޮށް ފޮނުވި ސިޓީގައި ބުނެފައިވަނީ, އެމީހުންގެ ޓިކެޓް ކެންސަލް ކޮށްފައިވަނީ ޕްރައިމަރީގައި ވާދަ ކުރުމުގެ ފުރުސަތު ނުދިނީ ޕާޓީ ބައިބައިކޮށް ”ފިތުނަ އުފެދޭ ގޮތަށް“ މަސައްކަތްކޮށްފައިވާވާތީ ކަމުގައެވެ. އަނެއްބައި ކެންޑިޑޭޓުންނަށް އެޕާޓީން މިއަދު ފޮނުވި ސިޓީތަކުގައި ބުނީ ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމީ ”އެކަށީގެންވާ ހިދުމަތެއް“ ކޮށްދީފައިނުވާތީ ކަމަށެވެ.
އަބުދުއްރަހީމްގެ ރުހުން ނެތް ކެނޑިޑޭޓުން ޓިކެޓް ކެންސަލް ކުރަންފެށުމާއި ގުޅިގެން އެޕާޓީތެރޭގައިވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދެން ފަށާފައެވެ.