ޚަބަރު

މިސްކިތެއްގެ މަންޒަރު ފަހަތުން ފެންނަގޮތަށް, އައުރަ ނިވާނުކޮށް ތިބި އަންހެނުންތަކެއް ރިސޯޓެއްގައި ނަށާ, ދީނަށް ފުރައްސާކުރުމުން ވެސް, އިސްލާމިކު މިނިސްޓްރީ އާއި ސަލަފް ޖަމިއްޔާ ހަނު!

ދިޔަވަރު
މިސްކިތެއްގެ މަންޒަރު ފަހަތުން ފެންނަގޮތަށް, އައުރަ ނިވާނުކޮށް ތިބި އަންހެނުންތަކެއް ރިސޯޓެއްގައި ނަށާ, ދީނަށް ފުރައްސާކުރުމުން ވެސް, އިސްލާމިކު މިނިސްޓްރީ އާއި ސަލަފް ޖަމިއްޔާ ހަނު!

ރާއްޖޭގެ ރިސޯޓެއްގައި, މިސްކިތެއްގެ މަންޒަރު ތަމްސީލުވާގޮތަށް ސްޓޭޖް ހަދައިގެން, އައުރަ ނިވާ ނުކޮށްތިބި އަންހެނުންތަކެއް ރިސޯޓެއްގައި ނެށުމުންވެސް އިސްލާމިކް މިނިސްޓްރީއާއި ސަލަފް ޖަމިއްޔާއިން ހަނު ތިބިކަމަށް ބުނެ, ސަރުކާރަށް އާންމު ރައްޔިތުންގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އައުރަ ނިވާނުކޮށްތިބި ދިވެހި އަންހެނުންތަކެއް, ފަހަތުގައި މިސްކިތެއްގޮތަށް ބައްޓަންކޮށްފައިވާ ފަރުމާއެއްގެ ކުރިމަތީގައި ތިބެގެން ލަވައަކަށް ނަށަމުންދާ މަންޒަރުތަކެވެ. ވީޑިއޯއިން ފެންނަ އަންހެން ނެށުންތެރިން ތިބީ އައުރަ ނިވާ ނުވާގޮތަށް ހެދުން އަޅައިގެންނެވެ.

އެހެންނަމަވެސް ވީޑިއޯ ސޯޝަލް މީޑިއާގައި އާންމު ވުމާއެކު, ދީނަށް ޖެއްސުންކޮށް ފުރައްސާރަ ކުރަން މި ސަރުކާރުން ފުރުސަތު ދީފައިވާކަމަށް ބުނެ, ގިނަ ބައެއްގެ ފާޑުކިއުން ވަނީ ސަރުކާރަށް އަމާޒު ވެފައެވެ.

އެހެންނަމަވެސް މިހާތަނަށް އައިއިރުވެސް, މި އަމަލު އިސްލާމިކް މިނިސްޓްރީން ކުށްވެރި ކޮށްފައި ނުވާއިރު, މި ސަރުކާރުގެ އިސްމަގާމްތަކުގައި އެޖަމިއްޔާއެއްގެ އިސްވެރިން ހިމެނޭ ސަލަފް ޖަމިއްޔާއިންވެސް މިކަމާއި ގުޅޭގޮތުން އެއްވެސް ބަހެއް ހާމަ ކޮށްފައެއް ނުވެއެވެ.

މުއިއްޒުގެ ވެރިކަމުގައި ރާއްޖޭގައި, ފާހިޝް ކަންކަމަށް ހިތްވަރުދީ ހިންގަމުންދާ ލާދީނީ އަމަލުތަކާއި ގުޅޭގޮތުން ސަލަފް ޖަމިއްޔާގެ ވެރިން މިހާތަނަށްވެސް ހަނު ތިބެފައިވާއިރު, އިސްލާމީ މަރުކަޒުގެ އިސް އިމާމުގެ ދަރަޖަ މިނިސްޓަރު ފެންވަރަށް މަތިކުރައްވައި، އެ މަގާމަށް ރައީސް މުއިއްޒުގެ އަނބިކަބަލުން ސާޖިދާގެ ބޮޑުބޭބެ މުހައްމަދު ލަތީފް އައްޔަންކުރައްވާފައިވާކަން ފާހަގަ ކޮށްލެވެއެވެ.

އަދި އެނޫނަސް ސަލަފް ޖަމިއްޔާގެ އިސް ބައެއް ބޭފުޅުން ވަނީ މި ސަރުކާރުން އިސް ބައެއް މަގާމްތަކަށް އައްޔަން ކޮށްފައެވެ.

ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށް, މިއުޒިކާއި ލަވަކިއުމާއި, ދެޖިންސުގެ މީހުން ގައިގޯޅިވެސް މަޖާ ކުރުމުގެ ފުސަތުދަނީ ވަރަށްބޮޑަށް ތަނަވަސް ކޮށްދެމުންނެވެ. އަދި ދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައްވެސް ދަނީ ގިނަވަމުންނެވެ.

އެހެންނަމަވެސް, ލާދީނީ ފާހިޝް އަމަލުތަކަށް ފުރުސަތުލިބޭ މިސާސަތަށް, ދީނީ ކަންކަމަށް ވަކާލާތު ކުރާ ސަލަފް ޖަމިއްޔާއިން ދަނީ ތާއީދުކޮށް ހަނުހުންނަމުންނެވެ.