ޚަބަރު

މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު ފޭރިގަނެ، ސަރުކާރު ޖަލްސާއަކަށް 

ދިޔަވަރު
މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު ފޭރިގަނެ، ސަރުކާރު ޖަލްސާއަކަށް 

މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ހުވާކުރުމުގެ ރަސްމިއްޔާތު، މުއިއްޒު ވަނީ ފޭރިގަނެފައެވެ. އަދި އެއީ ސަރުކާރުގެ ޖަލްސާއެއް ކަމަށް ދެކި، އެ ޖަލްސާގައި އަމިއްލައަށް ވާހަކަ ދައްކައި، މޭޔަރުގެ އަޑާއި އޭނަގެ ހައިސިއްޔަތު ވަނީ އެ ޖަލްސާގައި އެއްކޮށް ހިންދާލާފައެވެ.

ރޭގެ ބެއްވި މުޅި ރަސްމިއްޔާތަކީ މުއިއްޒުގެ ރަސްމިއްޔާތަކަށް ބަދަލުކޮށް، ކަނޑު އަޑިން ޓަނަލް އަޅާނެ ކަމަށް ބުނެ، މީހުންގެ ސަމާލުކަން އޭނައަށް ހުއްޓުވުމަށް ހެޑްލައިން ހަދާފައިވަނީ، މޭޔަރުގެ އަޑު ކަނޑުވާލުމަށެވެ.

ސަރުކާރުން ދަނީ ކައުންސިލް ތަކުގެ ބާރު ކަނޑުވައި، ކައުންސިލް ތަކުގެ އިހްތިޞާސުގައި ހުރި ޕްރޮޖެކްޓްތައް މުއީއްޒުގެ އަތްމައްޗަށް ބަދަލު ކުރަމުންނެވެ. ކައުންސިލް ތަކަށް ބާރު ދޭނެކަމަށް ބުނެ، މޭޔަރު ކަމުގެ ހުވާ ކުރުމުގެ ރަސްމިއްޔާތުވެސް ފޭރި ގަނެ، ހުވާ ކުރުމުގެ ކުރިން މުއިއްޒުވަނީ 1.5 މިލިއަން ދީ ހުވާކުރުމުގެ ކުރިން އެމްޑީޕީގެ ޓިކެޓްގައި މާލޭސިޓީގެ މެދުހެންވޭރު ދާއިރާއަށް ހޮވުނު، ކައުންސިލަރު ގަނެ، ޕްރޮޖެކްޓްތައް މުއިއްޒަށް ބަދަލު ކޮށްލާފައެވެ.

މަޖިލިސްތެރޭގައި އާއި، އާންމުގެ ތެރޭގައި މިހާރު މުއިއްޒަށް ދަނީ ފޭރޭ މުއިއްޒު ކިޔަމުންނެވެ.