ޚަބަރު

މުއިއްޒު ހައްތަހާވެސް ކުރަނީ ޚަރަދު، އާމްދަނީ ލިބޭނެ ގޮތެއް އަދިވެސް ނުފެނޭ - ރައީސް ޔާމީން

ދިޔަވަރު
މުއިއްޒު ހައްތަހާވެސް ކުރަނީ ޚަރަދު، އާމްދަނީ ލިބޭނެ ގޮތެއް އަދިވެސް ނުފެނޭ - ރައީސް ޔާމީން

ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައި އޮތްއިރު އާމްދަނީ އިތުރުކުރުމުގެ މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށް ނުގެންދާ ކަމަށް ބުނެ ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ރޭ މުއިއްޒަށް ނުރުހުން ފާޅުކުރައްވައި ވާހަކަފުޅު ދައްކަވައިފިއެވެ.

ރޭ ރައީސް ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް، އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދެއްކެވި ބޭބޭފުޅުންނާ އަމާޒު ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ ދަރަނި އިންތިހާއަށް ބޮޑުވެފައިވާއިރު ސަރުކާރުން އިއުލާން ކުރަމުންދާ ކަންކަމުން ފެންނަމުންދަނީ ޚަރަދުތައް އިތުރުވާތަންކަމެވެ.  

 ހައްތަހައި ވެސް މި ފެންނަނީ ޚަރަދު، ޚަރަދު، ޚަރަދު! އަޅުގަނޑުމެންނަށް ސަސްޓެއިން ކުރެވޭނެ ހެއްޔޭ މިހެން ހަމަ؟ ޚަރަދު ކުރަމުން ކުރަމުންނޭ މި ދަނީ އަދިވެސް. އެކަމު އާމްދަނީ ލިބޭނެ ގޮތްތަކެއް އަދިވެސް އަޅުގަނޑުމެންނަކަށް ނުފެނޭ!

އާމްދަނީގެ އެއްވެސް މަސައްކަތެއް ނުފެންނަ ވާހަކަ ތަކުރާރު ކުރައްވަމުން ވިދާޅު ވިއެވެ.