ޚަބަރު

އެޗްޑީސީގެ މުވައްޒަފުންގެ ތެރެއިން, މި ސަރުކާރަށް ތާއީދު ނުކުރާކަމަށް މެނޭޖްމަންޓަށް ފެންނަ މުވައްޒަފުންގެ ލިސްޓެއް ހަދާ, މުވައްޒަފުންގެ ނުރުހުމުގައި ސިޓީ ކައުންސިލަށް ބަދަލު ކޮށްލަނީ

ދިޔަވަރު
އެޗްޑީސީގެ މުވައްޒަފުންގެ ތެރެއިން, މި ސަރުކާރަށް ތާއީދު ނުކުރާކަމަށް މެނޭޖްމަންޓަށް ފެންނަ މުވައްޒަފުންގެ ލިސްޓެއް ހަދާ, މުވައްޒަފުންގެ ނުރުހުމުގައި ސިޓީ ކައުންސިލަށް ބަދަލު ކޮށްލަނީ

އެޗްޑީސީގެ މުވައްޒަފުންގެ ތެރެއިން, މި ސަރުކާރަށް ތާއީދު ނުކުރާކަމަށް އެ ކުންފުނީގެ މެނޭޖްމަންޓުން ގަބޫކުރާ މުވައްޒަފުންގެ ލިސްޓެއް އެކުލަވާލާ, އެމުވަޒިފުން މާލޭ ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެޗްޑީސީގެ މެނޭޖްމަންޓުން ނިންމައިފިއެވެ.

"ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި, އުކުންފުނީގެ އެކި ޑިޕާޓްމަންޓުތަކުގައި ތިބި މުވައްޒަފުންގެ ވަކި ލިސްޓެއް ހަދާ, އެލިސްޓުގައި ހިމަނާ މުވައްޒަފުން މިހާރު ގެންދަނީ އެއްވެސް ހަމައެއް ނެތި, އެޗްޑީސީގެ މުނިސިޕަލް ސެކްޝަނަށް ބަދަލު ކުރަމުން ކަމުގައެވެ.

މާލޭ ސިޓީ ކައުންސިލަށް ބަދަލު ކުރުމަށް ހަމަޖެހިފައިވަނީ އެޗްޑީސީގެ މުނިސިޕަލް ސެކްޝަންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނެވެ.

އެގޮތުން އެޗްޑީސީގެ ބިޒްނަސް ޑިވެލޮޕްމަންޓް އަދި މާރކެޓިން ފަދަ ޑިޕާޓްމަންޓުތަކުގައި, އެތައް ދުވަހެއްވަންދެން މަސައްކަތްކޮށްފައިވާ ތަޖުރިބާހުރި އެތައް މުވައްޒަފުންނެއްވެސް މިހާރުދަނީ އެޗްޑީސީގެ މުނިސިޕަލް ސެކްޝަނަށް ބަދަލު ކުރަމުން ކަމުގައިވެސް އޮފިޝަލް ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް އެ މުވައްޒަފުންގެ ނުރުހުމުގައި މުވައްޒަފުން މުނިސިޕަލް ސެކްޝަނަށް ބަދަކުކޮށް, ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެޗްޑީސީގެ މެނޭޖްމަންޓުން ކުރަމުންދާ މަސައްކަތްތަކާ އެމުވައްޒަފުން ދަނީ ދެކޮޅުހަދަމުން ކަމުގައިވެސް "ދިޔަވަރު އޮންލައިން"އާއި ވާހަކަ ދެއްކި އެޗްޑީސީގެ އޮފިޝަލު ވިދާޅުވެފައި ވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެޗްޑީސީގެ 600 އެއްހާ މުވައްޒަފުން ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ގިނައީ, މުވައްޒަފުންގެ ނުރުހުމުގައި, އެކުންފުނީގެ މުނިސިޕަލް ސެކްޝަނަށް ބަދަލުކުރުމަށްފަހު ސިޓީކައުންސިލަށް ބަދަލު ކޮށްލާ މުވައްޒިފުންނެވެ.

އެހެންނަމަވެސް ރައީސް މުއިއްޒު ވިދާޅުވެފައިވަނީ އެޗްޑީސީގެ މުނިސިޕަލް ޚިދުމަތްތައް ސިޓީ ކައުންސިލަށް ބަދަލުވެގެންދާއިރު އެއްވެސް މުވައްޒަފެއްގެ ޙައްގަކަށް އުނިކަން ނާންނޭނެ ކަމުގައެވެ.