ރައީސް މުއިއްޒުގެ އަނިޔާވެރިކަން އެންމެ ބޮޑަށް ތަހައްމަލް ކުރަމުންދާ ފެނަކަ ކޯޕަރޭޝަންގެ, އެތައް ސަތޭކަ ކޮންޓްރެކްޓް މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށްފަހު, އެކުންފުނީގެ ދާއިމީ މުވައްޒަފުން ވަޒީފާއިން ވަކި ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކި ނުކުރާނެކަމަށް ވައުދުވެ ވެރިކަމަށް ވަޑައިގެންވި, ރައީސް މުއިއްޒުވަނީ ފެކަނަ ކޯޕަރޭޝަންގެ ކޮންޓްރެކްޓް ސްޓާފުންގެ ގޮތުގައި މަސައްކަތް ކުރަމުންދިޔަ އެތައް ސަތޭކަ މުވައްޒަފުންނެއް ވަޒީފާއިން ވަކިކޮށް މަގުމަތި ކޮށްފައެވެ.
"ދިޔަވަރު އޮންލަައިން" އަށް މައުލޫމާތު ދިން ފެނަކަ ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ރަށްރަށުގައި ހުރި އެކުންފުނީގެ ބްރާންޗްތަކުގެ ދާއިމީ މުވައްޒަފުންގެ ސީވީތައް ހެޑް އޮފީހަށް މިހާރު ގެންދަން ފަށާފައިވާ ކަމުގައެވެ. އެހެންނަމަވެސް އެއީ ނަމަކަށް ކުރާކަމެއް ކަމަށާއި, ކޮންމެވެސް އުޒުރެއް ފެންމަތި ކުރުވާ, ޕީޕީއެމްގެ ސްޓިއަރިން ކޮމިޓީތަކުން ދޭ ލިސްޓު ތަކުގައި ހިމެނޭ މުވައްޒަފުން ވަޒީފާއިން ވަކިކޮށް, ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގެ ކުރިން, ޕީޕީއެމްގެ ސްޓިއަރިން ކޮމީޓަކުން ދޭ ލިސްޓް ތަކުގައި ހިމެނޭ މީހުންނަށް ވަޒީފާ ދިނުމަށް ހަމަޖައްސާފައިވާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
"ދިޔަވަރު އޮންލަައިން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފެނަކައިން މިހާރުވެސް ވަނީ, އެކުންފުނިން ވަޒީފާއިން ވަކިކުރަން ބޭނުންވާ ބައެއް މުވައްޒަފުންގެ ބޮލުގައި ކޮންމެވެސް ތުހުމަތެއް އަޅުވާ ސަސްޕެންޑް ކޮށްފައެވެ.
ވެރިކަމަށް ވަޑައިގަންނަވަން ކެމްޕޭން ކުރައްވަމުން ޑރ. މުއިއްޒު ވިދާޅުވެފައިވަނީ, ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ އެއްވެސް މުވައްޒަފަކު ވަޒީފާއިން ވަކު ނުކުރާނެ ކަމުގައެވެ. އެހެންނަމަވެސް ބަރަކާތްތެރި ރޯދަމަސް ކުރިޔަށް އޮށްވާ ރައީސް މުއިއްޒުގެ އެންގެވުމަށް ފެނަކައިން ވަނީ އެކުންފުނީގެ އެތައް ސަތޭކަ މުވައްފުންނެއް ވަޒީފާއިން ވަކިކޮށް, އެ މުވަޒަފުން މަގުމަތިކޮށް ހާލުގައި ޖައްސާފައެވެ.