ޚަބަރު

ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މުސާރަބޮޑު އެމްޑީއެއްގެ ގޮތުގައި ފަޒުލް, ރައީސުލްޖުމުހޫރިއްޔާއަށްވުރެ މުސާރަ ބޮޑު, މަހަކު 186,000 ރުފިޔާ ގެއަށް ގެންދަން ލިބޭ!

ދިޔަވަރު
ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މުސާރަބޮޑު އެމްޑީއެއްގެ ގޮތުގައި ފަޒުލް, ރައީސުލްޖުމުހޫރިއްޔާއަށްވުރެ މުސާރަ ބޮޑު,  މަހަކު 186,000 ރުފިޔާ ގެއަށް ގެންދަން ލިބޭ!

ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން އެންމެ މުސާރަ ބޮޑު އެމްޑީއަކީ އެޗްޑީސީގެ އެމްޑީ ފަޒުލް ރަޝީދުކަން ހާމަ ވެއްޖެއެވެ. އެގޮތުން އޭނާއަށް ރައީސުލްޖުމްހޫރިއްޔާއަށްވުރެ ބޮޑު މުސާރައެއް ލިބެމުން ދާއިރު, އޭނާއަށް ގެއަށް ގެންދަން 186,000 ރުފިޔާގެ މުސާރައެއް ދަނީ ލިބެމުންނެވެ.

ހުޅުމާލޭގަ ހުރި އެޗްޑީސީގެ ބިންތައްވެސް, ރިޝްވަތުގެ ގޮތުގައި ފައިސާ ނަގައިގެން ބައެއް ފަރާތަކަށް ދެމުންދާ ފަޒުލް ރަޝީދަކީ ރާއްޖޭގެ ތާރީޚުގައިވެސް, ކުންފުންޏެއްގެ އެމްޑީކަމަށް ވަޒީރުން ފެންވަރުގައި އައްޔަން ކުރެވުނު ފުރަތަމަ ފަރާތްވެސްމެއެވެ.

އެގޮތުން އޭނާއަަށް ވަޒީރެއްގެ މުސާރަކަމުގައިވާ 66,000 ރުފިޔާ ކޮންމެ މަހަކުވެސް ލިބެމުންދާއިރު, އެޗްޑީސީއަކީ ދައުލަތުގެ އޭ ކެޓަގަރީގެ ކުންޏަކަށް ވުމާއެކު އޭނާއަށް އެކުންފުނީގެ އެމްޑީގެ ހައިސިއްޔަތުން މުސާރާއިގެ ގޮތުގައި މަހަކު 120,000 ރުފިޔާ ދަނީ ލިބެމުންނެވެ.

މިގޮތުން ހަމައެކަނި މުސާރައިގެ ގޮތުގައި އެކަނިވެސް, އެމްޑީ ފަޒުލް ރަޝީދާށް އަހަރަކު 2.2 މިލިއަން ރުފިޔާ ގެއަށް ގެންދަން ލިބޭނެއެވެ.

ރައީސް މުއިއްޒު ވެރިކަމަސް ވަޑައިގެންނެވުމަށްފަހު ވަނީ ކުރިން އެމަނިކުފާނާ އެކީ މަސައްކަތް ކުރެއްވި, ނުވަތަ އެންމެ ގާތްކަންއޮތް ފަތާތްތަކަށް އެކަނި ސިޔާސީ އިސް ވަޒީފާ ދެއްވާފައެވެ. މައުލޫމާތު އެނގިހުރި ބައެއް ފަރާތްތަކުން މައުލޫމާތު ދީފައިވާ ގޮތުގައި, ގާތް މީހުންނަށް އެކަނި ސަރުކާރު އެންމެ މަތީ ފަންތީގެ ސިޔާސީ ވަޒީފާތައް މުއިއްޒު ދެއްވަމުން ގެންދަވަނީ އެފަރާތްތައް މެދުވެރިކޮށް ކޮރްޕްޝްގެ ޑީލްތައް "ހަމަޖެއްސެވުމުގެ"ކަޓް" ކުރުމުގެ ބޭނުމުގައި ކަމުގައެވެ.

މިސަރުކާރު މިހާރު ހިމެނިގެން ގޮސްފައިވަނީ ރާއްޖޭގެ ތާރީޚުގައިވެސް އައި އެންމެ ކޮރަޕްޓް ސަރުކާރުގެ ގޮތުގައެވެ.