ޚަބަރު

އިންޑިޔާއާއި މެދު ނަފްރަތު އުފައްދަން ހިންގާ ކެމްޕެއިންގެ ސަބަބުން އިންޑިޔާއިން ރާއްޖެއަންނަ ޓުއަރިސްޓުންގެ އަދަދު 2023 ގައި ދަށް ވެއްޖެ!

ދިޔަވަރު
އިންޑިޔާއާއި މެދު ނަފްރަތު އުފައްދަން ހިންގާ ކެމްޕެއިންގެ ސަބަބުން އިންޑިޔާއިން ރާއްޖެއަންނަ ޓުއަރިސްޓުންގެ އަދަދު 2023 ގައި ދަށް ވެއްޖެ!

އިންޑިޔާއާއި މެދު ނަފްރަތު އުފައްދަން ހިންގާ ކެމްޕެއިންގެ ސަބަބުން އިންޑިޔާއިން ރާއްޖެއަންނަ ޓުއަރިސްޓުންގެ އަދަދު 2023 ގައި ދަށް ވެއްޖެއެވެ. ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހިންގާ ހައްދުފަހަނަ އެޅި، ޤައުމިއްޔަތުގެ ކެމްޕެއިންގެ ދަށުން، އެއްވެސް ސަބަބެއް ނެތި އިންޑިޔާ އާއި މެދު ގަސްތުގައި ނަފްރަތު އުފައްދައި، ރާއްޖޭގެ މިނިވަން ކަމާއި، އިސްތިޤްލާލު ގެއްލިއްޖެ ކަމަށް ބުނެ، އެތައް ހާސް ސިފައިން ތިބި ކަމަށް ބުނެ ދޮގު ވާހަކަތައް ޕީޕީއެމް އިން ވަނީ ވޯޓު ހޯދުމުގެ ބޭނުމުގައި ފަތުރާފައެވެ. މި ވާހަކަތަކުގެ ނަތީޖާއަކީ މިކަން އިންޑިޔާގެ ރައްޔިތުންނަށް އިހްސާސް ކުރެވި، ރާއްޖެއާއި އިންޑިޔާއާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް ހުރަސް އެޅުމެވެ.

މިއަދު އިންޑިޔާ އިން ރާއްޖެއަށް ދަތުރު ކުރުމަށް އިންޑިޔާ ރައްޔިތަކު އިންޓަނެޓް ގައި ސަރޗް ކޮށްލިއަސް ފެންނަނީ އިންޑިޔާ އައުޓެވެ. ރާއްޖޭގައި އިންޑިޔާގެ ފަތުރުވެރިންނަށް އަމާން ވެއްޓެއް އޮތްކަމަށް ޤަބޫލު ކުރަން ބައެއް ފަރާތްތަކަށް ދަށްޗެވެ.

މުއިއްޒު ވެރިކަމަށް އައިސް ދެޤައުމުގެ ގުޅުން އިތުރަށް ހީނަރު ކުރަމުން ދާ ދިޔުމުގެ ސަބަބުން، 2024 ގައި ވެސް އިންޑިޔާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވާނެ ކަމަށް ބެލެވެއެވެ.

2021 ވަނަ އަހަރު އިންޑިޔާއިން ރާއްޖެ އައީ 291،000 ފަތުރުވެރިންނެވެ. މީގެ ތެރޭގައި ގާތްގަޑަކަށް 50 ހާސް މީހުން އައީ ކޮވިޑް ހާލަތުގައި ކަރަންޓީން ވުމަށެވެ. 2022 ވަނަ އަހަރު އިންޑިޔާއިން ރާއްޖެ އައީ 241،000 ފަތުރުވެރިންނެވެ. އެއީ 50،000 ގެސްޓުން މަދުންނެވެ. 2023 ގައި އައީ އިތުރު 33،000 ފަތުރުވެރިން މަދުންނެވެ. އެއީ 241000 ފަތުރުވެރިންނެވެ. 2024 ވަނަ އަހަރު ލައްކައެއްހާ ފަތުރުވެރިން މަދުވުމަކީ އެކަށީގެންވާ ކަމެކެވެ.

މުއިއްޒުގެ ދެކޮޅު ނުޖެހޭ ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖޭގައި އޮތް އެންމެ މުހިންމު ސިނާއަތް ހަލާކުވެގެން ދިޔުމަކީ ޤައުމަށް އޭގެ ފޫނުބެދޭ ވަރުގެ ގެއްލުން ތަކެއް ހުރި ކަމެކެވެ. ސިޔާސީ ގޮތުން ވަކި ޤައުމަކާއި ގާތް ކަން ބޭއްވުމަކީ، އަނެއް ގައުމަކާއި މެދު ނަފްރަތު އުފައްދައި، އެ ދެގައުމުގެ ދެމެދުގައި އޮތް ސަރަހައްދީ މައްސަލަތަކެއްގެ މެދަށް ވަންނަންޖެހޭ ވަރުގެ ކަމެއް ނޫނެވެ.