ޚަބަރު

މަލްޝާ އޭނާގެ ލަދުވެތި ގުނަވަނެއް އިންޑިޔާ ކުދިންތަކަކަށް، އެއްކިލޯ ކޭކެއް ދޭމަތިން ދައްކަން ބުނާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ލީކް ވެއްޖެ! 

ދިޔަވަރު
މަލްޝާ އޭނާގެ ލަދުވެތި ގުނަވަނެއް އިންޑިޔާ ކުދިންތަކަކަށް، އެއްކިލޯ ކޭކެއް ދޭމަތިން ދައްކަން ބުނާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ލީކް ވެއްޖެ! 

ޑެޕިއުޓީ މިނިސްޓަރ މަލްޝާ އޭނާގެ ލަދުވެތި ގުނަވަނެއް އިންޑިޔާގެ ޒުވާން ކުދިންތަކަކަށް ދައްކަން އެއްބަސްވާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދައުރުވާން ފަށައިފިއެވެ. މި ވީޑިޔޯއިން ފެންނަނީ މަލްޝާ އިންޑިޔާ ކޮލެޖެއްގައި ކިޔަވާ ކުދިން ތަކެއް ކުރާ ސުވާލު ތަކަކަށް ޖަވާބު ދޭ މަންޒަރެވެ. މިގޮތުން 3 ސުވާލެއް އެ ކުދިން މަލްޝާއާއި މަޖާ ކުރަމުން ޑެޕިއުޓީ މިނިސްޓަރ މަލްޝާ ކައިރިން އަހާތަން މި ވީޑިޔޯއިން ފެނެއެވެ. އެންމެ ފަހުން އަހާ ސުވާލަކީ ހަށިގަނޑުގެ ލަދުވެތި ގުނަވަނެއްގެ ނަން ކިޔުމަށްފަހު، އެއްކިލޯ ކޭކެއް ދިނުމުން ދައްކާނުތޯ އެހިއެވެ. އެހިސާބުން މަލްޝާ އެކަމަށް އާއެކޭ ބުނާ މަންޒަރު އެ ވީޑިޔޯ އިން ފެނެއެވެ.

މި ވީޑިޔޯއަކީ މަލްޝާ އޭނާގެ އުފަންދުވަހާއި ގުޅިގެން ހަދާފައިވާ ވީޑިޔޯއެއް ކަމަށް ބެލެވެއެވެ. އަހުލާޤީ ފެންވަރު ދަށް މި ވީޑިޔޯއަކީ ދިވެހިންގެ އަހުލާގީ މިންގަނޑުތަކާއި ޚިލާފު ވީޑިޔޯއެއް ކަމުން، މި ނޫހުން ވަނީ މި ވީޑިޔޯ މި ލިޔުމުގައި ނުހިމެނުމަށް ނިންމާފައެވެ.

ޑެޕިއުޓީ މިނިސްޓަރ މަލްޝާވަނީ ދާދި ފަހުން އިންޑިޔާގެ ބޮޑު ވަޒީރަށް ވެސް ދަށު ފަންތީގެ ބަހުރުވައިން މުހާތަބުކޮށް ޓްވީޓަރގައި ޓްވީޓް ކޮށްފައެވެ. ގިނަ ބަޔަކު ވަނީ މަލްޝާގެ އަހުލާގާއި މެދު ސުވާލު އުފައްދާފައެވެ.

ސަރުކާރުން ދަނީ، އަހުލާޤީ ގޮތުން ދަށް، ފެންވަރުދަށް، މިފަދަ މީހުންނަށް ޑެޕިއުޓީ މިނިސްޓަރުކަން ދީ މަގާމުގެ ކަރާމާތް ނަގާލަމުންނެވެ.

މަލްޝާއަކީ މުއިއްޒާއި ގާތް ގުޅުމެއް އޮންނަ ފަރާތެކެވެ.