ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމުގެ ހުވާ ކުރެއްވި, ރައީސް މުއިއްޒުގެ ސަރުކާރުގެ މަތިބަރުވެ, އެންމެ ދެމަސް ދުވަހުގެ ތެރޭގައު މިނިސްޓަރުން ފެންވަރުގެ 45 ބޭފުޅަކު އައްޔަންކޮށް, 91 ސްޓޭޓް މިނިސްޓަރުންނާއި, 163 ދެޕިއުޓީ މިނިސްޓަރުން އައްޔަން ކޮށްފިއެވެ.
ރައީސް އޮފީހުގެ ވެބްސައިޓުގައި ހުރި މައުލޫމާތަށް ބަލާއިރު ވަޒީރުންގެ ފެންވަރުގައި މިހާތަނަށް ރައީސް މުއިއްޒު ވަނީ 45 ބޭފުޅަކަށް މަގާމް ދެއްވާފައެވެ. އޭގެ ތެރޭގައި ގިނަ އަދަދަކަށް ރައީސް މުއިއްޒުގެ އާއިލީ ތިމާގެ ބެފުޅުންވެސް ހިމެނޭކަން ފާހަގަ ކޮށްލެވެއެވެ.
އަދި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުންވެސް ހިމަނައިގެން, ޖުމްލަ 299 ބޭފުޅުން މުސާރައަށް މަހަކު ދައުލަތުގެ މާލިއްޔަތުން 13 މިލއަން ރުފިޔާ ހޭދަކޮށް, މު ހުރިހާ ބޭފުޅުންގެ މުސާރައަށް އަހަރަކަށް 156 މިލިއަން ރުފިޔާ ދައުލަތުގެ މާލިއްޔަތުން ހޭދަކުރަން ޖެހޭނެއެވެ.
ރައީސް މުއިއްޒު, އެންމެ ދެ މަސްދުވަހުގެ ތެރޭގައި އައްޔަންކޮށްފައިވާ ސްޓޭޓު މިނިސްޓަރުންގެ އަދަދުތައް:
- ރައީސް އޮފީސް - 6
- ޑިފެންސް މިނިސްޓްރީ - 1
- ފޮރިން މިނިސްޓްރީ - 6
- ހޯމް މިނިސްޓްރީ - 3
- ފިނޭންސް މިނިސްޓްރީ - 4
- އެޑިއުކޭޝަން މިނިސްޓްރީ - 5
- ހެލްތު މިނިސްޓްރީ - 4
- އިކޮނަމިކް މިނިސްޓްރީ - 4
- ފިޝަރީޒް މިނިސްޓްރީ - 2
- އިސްލާމިކް މިނިސްޓްރީ - 2
- ޓޫރިޒަމް މިނިސްޓްރީ - 2
- ޖެންޑާ މިނިސްޓްރީ - 6
- ސްޕޯޓްސް މިނިސްޓްރި - 3
- އެންވަޔަރަމަންޓު މިނިސްޓްރީ - 5
- ހައުސިން މިނިސްޓްރީ - 4
- ޓްރާންސްޕޯޓު މިނިސްޓްރީ - 2
- ދިވެހިބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ - 3
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - 5
- ކޮންސްޓްރަކްޝަން މިނިސްޓްރީ - 4
- އެގްރިކަލްޗާ މިނިސްޓްރީ - 2
- ޔޫތު މިނިސްޓްރީ - 2
- ލޯކަލް ގަވާނަންސް މިނިސްޓްރީ - 8
- ސްޓޭޓު މިނިސްޓަރު ފެންވަރުގައި - 8
ނައިބު ވަޒީރުންގެ އަދަދުތައް:
- ރައީސް އޮފީސް - 9
- ޑިފެންސް މިނިސްޓްރީ - 2
- ފޮރިން މިނިސްޓްރީ - 4
- ހޯމް މިނިސްޓްރީ - 15
- ފިނޭންސް މިނިސްޓްރީ - 6
- އެޑިއުކޭޝަން މިނިސްޓްރީ - 6
- ހެލްތު މިނިސްޓްރީ - 4
- އިކޮނަމިކް މިނިސްޓްރީ - 6
- ފިޝަރިޒް މިނިސްޓްރީ - 7
- އިސްލާމިކް މިނިސްޓްރީ - 8
- ޓޫރިޒަމް މިނިސްޓްރީ - 10
- ޖެންޑާ މިނިސްޓްރީ - 8
- ސްޕޯޓްސް މިނިސްޓްރީ - 12
- އެންވަޔަރަމަންޓު މިނިސްޓްރީ - 8
- ހައުސިން މިނިސްޓްރީ - 5
- ޓްރާންސްޕޯޓު މިނިސްޓްރީ - 10
- ދިވެހި ބަހާއި ސަގާފަތާ ބެހޭ މިނިސްޓްރީ - 7
- ހަޔާ އެޑިއުކޭޝަން މިނިސްޓްރީ - 6
- ކޮންސްޓްރަކްޝަން މިނިސްޓްރީ - 5
- އެގްރިކަލްޗަރު މިނިސްޓްރީ - 3
- ޔޫތު މިނިސްޓްރީ - 9
- ލޯކަލް ގަވަރުނަންސް މިނިސްޓްރީ - 13
މިއީ ރާއްޖެއިން ބޭރުގަ ހުރި މިޝަންތަކަށް އައްޔަން ކުރަމުންދާ ސިޔާސީ މުވައްޒަފުންނާއި އަދި މިނިސްޓްރީތަކަށް ވައްދަމުންދާ އެހެނިހެން ސިޔާސީ މުވައްޒަފުންނާއި ކުންފުނިތަކަށް ވައްދަމުންދާ ސިޔާސީ މުވައްޒަފުން ނުހިމަނާ ސިޔާސީ ގޮތުން ރައީސް މުއިއްޒު ވަޒީފާ ދީފައިވާ ފަރާތްތަކުގެ އަދަދެވެ.
ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވައުދު ވެފައިވަނީ ”މަތި ލުއި“ ސަރުކާރެއް ގާއިމް ކުރައްވާނެ ކަމަށާއި, އެމަނިކުފާނުގެ ސަރުކާރުގެ ސިޔާސީ މަގާމްތަކުގެ އަދަދު ކުރީ ސަރުކާރަށްވުރެ މަދުވާނެ ކަމުގައެވެ.
އެހެންނަމަވެސް ރައީސް މުއިއްޒު ވެވަޑައިގެންފައިވަނީ އެންމެ ކުރު މުއްދަތެއްގައި އެންމެ ގިނަ ސިޔާސީ މަގާމްތައް އުފެއްދި ރައީސް ކަމުގައެވެ.