ޚަބަރު

އިންޑިއާގައި އޮންނަ ތަމްރީންތަކާއި ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވުމަށް މުއިއްޒު އަމުރު ކޮށްފި! ދެން ހުއްޓާލާނީ އާސަންދަ ތަ؟

ދިޔަވަރު
އިންޑިއާގައި އޮންނަ ތަމްރީންތަކާއި ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވުމަށް މުއިއްޒު އަމުރު ކޮށްފި! ދެން ހުއްޓާލާނީ އާސަންދަ ތަ؟

އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ. ރައީސް ސޯލިހްގެ ސަރުކާރުންނާއި، އޭގެ ކުރީ ސަރުކާރުތަކުން ދިވެހިންގެ ހުނަރާއި ފަންނު އިތުރު ކުރުމަށް، ދޭދޭ ޤައުމުތަކާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކާއި، އެކި ދާއިރާތަކުން އެދިގެން، އިންޑިޔާއިން ދިވެހިންނަށް ހިންގާ މިފަދަ ޕްރޮގްރާމް ތައް ހުއްޓާލުމަށް މުއިއްޒު އަންގާފައި ވާއިރު، ދެން ހުއްޓާލާނީ އިންޑިޔާއަށް މީހުން އާސަންދައަށް ފޮނުވުން ކަމުގައި ބެލެވެއެވެ.

ދިޔަވަރު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ވަނީ ވަޒީރުންނަށް އިންޑިއާގެ އެއްވެސް ތަމްރީނަަކަށް މީހުން ނުފޮނުވަން އަމުރުކޮށް އަންގާފައެވެ. އަދި ވަޒީރުން ވަނީ ޓެކްސްޓް މެސެޖެއް މެދުވެރިކޮށް ކަމާއި ގުޅުން ހުރި ފަރާތްތަކަށް ރައީސްގެ އެންގެވުމާއި އެއްގޮތަށް އިންޑިއާގައި އޮންނަ ތަމްރީންތަކާއި އެކްސްޗޭންޖް ޕްރޮގްރާމްތަކަށް އާއްމުން ފޮނުވުން މަޑުޖައްސާލަން އަންގަވާފައެވެ. މީގެ ސްކްރީން ޝޮޓްތަކެއް ދިޔަވަރު ނޫހަށްވެސް މިހާރު ވަނީ ލިބިފައެވެ. މިކަން ހުއްޓާލާފައި ވަނި ރާއްޖޭގެ މައްޗަށް މާ ދުރުގައި އޮތް ޗައިނާގެ ނުފޫޒު ވަދެ، އެހެނިހެން ޤައުމުތަކާއި އޮތް ގުޅުންތައް ހީނަރުވަމުންދާ ވަގުތެއްގައެވެ.

އިންޑިއާގައި އޮންނަ ތަމްރީންތަކާއި ޕްރޮގްރާމްތަކަށް ދިވެހިން ނުފޮނުވުމަށް މުއިއްޒު އަމުރު ކޮށްފައި ވާއިރު، މިހާރުވެސް، އާސަންދަ ލިބި، އެންސްޕާ ހަމަ ނުޖައްސައިގެން ޓިކެޓް ނުލިބިގެން އެތައް ސަތޭކަ ބައެއް ވަނީ އިންޑިޔާއަށް ބޭސް ފަރުވާއަށް ނުފުރިފައެވެ. ސަރުކާރުން ދަނީ ގަސްތުގައި ހާލު ބޮޑު ބަލިމީހުން އިންޑިޔާއަށް ބޭސް ފަރުވާއަށް ފޮނުވުން ވީހާވެސް ބޮޑަކަށް ދަތިކުރުމަށް މަސައްކަތް ފަށާފައެވެ. އެހެންކަމުން ދުވަސްކޮޅަކުން، އިންޑިޔާއިން އާސަންދަ ދިނުން ހުއްޓާލާނެ ކަމަށް ބެލެވެއެވެ.

މުއިއްޒު ވަނީ ދާދި ފަހުން، ޔޫއޭއީ އިންނާއި، ބެންކޮކް އިން އާސަންދަ ފޯރުކޮށްދޭނެ ކަމަށް ބުނެފައެވެ. ނަމަވެސް މިއީ ދިވެހިން ބޭސްފަރުވާއަށް ދާ ކަންކަމުގައި އަގުބޮޑު ދެ ޤައުމެވެ. މިގޮތުން މި ދެޤައުމުގެ ބޭސް ފަރުވާގެ އަގު ޔޫރަޕުގެ ބައެއް ޤައުމުތަކަށް ވުރެ ވެސް ބޮޑެވެ. އަދި މިކަމާއި ގުޅިގެން ރައްޔިތުންގެ އިހްސާސްތަކަށް ބެލުމެއްނެތި، މުއިއްޒުގެ ސިޔާސީ މަންފާއަށް ކަންކަން ނިންމާ ނިންމުމާއި ގުޅިގެން ރައްޔިތުންގެ މެދުގައި މުއިއްޒާއި މެދު ދަނީ ރުޅިވެރިކަން އިތުރުވަމުންނެވެ.

އާސަންދަ އިންޑިޔާއިން ފޯރުކޮށްދިނުން މުއިއްޒު ހުއްޓާލާ ހިސާބުން، ލަންކާ ފިޔަވައި ހެޔޮ އަގުގައި ބޭސް ފަރުވާ އާސަންދަ މެދުވެރިކޮށް ލިބޭނެ އެއްވެސް ތަނެއް ނޯންނާނެއެވެ. ނަމަވެސް، ލަންކާގައި ބޭސްފަރުވާގެ ވަސީލަތްތައް ލިބެން ހުރި މިންވަރު ވަކި ވަރެއްގައި ހިފަހެއްޓިފައި ހުރުމުން، އެއީ އިންޑިޔާއިން ލިބޭ ފަރުވާ ލިބޭނެ ގޮތެއް ނޫނެވެ. ތައިލެންޑް އާއި ޔޫއޭއީ އަށް އާސަންދަ ހުޅުވާލާނީ ނަމެއްގައެވެ. ފޮނުވިއަސް ފޮނުވާނީ، މިނިސްޓަރެއްގެ އާއިލާގެ ނުވަތަ ގާތް މަޖިލިސް މެމްބަރެއްގެ އާއިލާގެ ބައެކެވެ. އާންމު ރައްޔިތުންނަށް އާންމުކޮށް އެހާ އަގު ބޮޑުކޮށް އެ ޚިދުމަތް ދިނުމަކީ އެއީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫނެވެ. މިއީ މުއިއްޒުގެ އަނިޔާވެރިކަމުގެ ފެށުމެވެ. މިއީ އެތައް ބައެއް ފަރުވާ ނުލިބި މަރުވެގެން ދާނޭ މަގެކެވެ.

ވެރިކަން ހޯދުމަށް ޓަކައި އިންޑިޔާއާއި ގުޅުވައިގެން މުއިއްޒު ދައްކާފައިވަނީ ދޮގު ވާހަކަ ތަކެކެވެ. ހައްދުފަހަނައެޅި ގައުމިއްޔަތުގެ ޕްރޮޕަގަންޑާގައި އާންމު ރައްޔިތުން ޖައްސާ، ކަނައަތު ފިޔައިގެ މަކަރުވެރި ސިޔާސީ ހަރަކާތެއް ހިންގައި އިންޑިޔާ އުޅެނީ ރާއްޖޭގެ މިނިވަންކަން ނަގާލަން ކަމަށް ބުނެ، މުއިއްޒު ވެރިކަމަށް އައީ މަކަރާއި ހީލަތުން ރައްޔިތުންނަށް އޮޅުވާލައިގެންނެވެ. މި ހެދި ދޮގުތައް ފަޅާ އަރާއިރުވެސް، އިންޑިޔާއާއި މެދު އިތުރަށް ނަފްރަތު އުފެއްދުމަށް މުއިއްޒު ދަނީ އިތުރު ދޮގުތައް ހަދަމުންނެވެ. އަދި އެތައް ހާސް އަހަރެއް ވަންދެން އޮތް ދަގައުމުގެ އެކުވެރި ގުޅުން، މުއިއްޒުގެ އަމިއްލަ ސިޔާސީ ހަޔާތް ކުރިއެރުވުމަށް ވަނީ ބުރޫ އަރުވާފައެވެ.

މުއިއްޒަކީ ޒާތީ ތައައްޒުބާއި، ރުޅިވެރިކަމާއި ބަދަލު ހިފުމާއި، އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާފައިވާ މީހެކެވެ.