ޚަބަރު

އާސަންދަ ދީފިއްޔާ، އެންސްޕާ އެއް ނުދޭ! އެންސްޕާއިން ޓިކެޓް ނުލިބިގެން 875 ދިވެހިން އިންޑިޔާއަށް ބޭސް ފަރުވާއަށް ނުފުރިފައި! އިންޑިޔާއަށް އާސަންދައަށް ދާން ބޭނުންވާ މީހުންނަށް ދަނީ ޖެއްސުން ކުރަމުން!

ދިޔަވަރު
އާސަންދަ ދީފިއްޔާ، އެންސްޕާ އެއް ނުދޭ! އެންސްޕާއިން ޓިކެޓް ނުލިބިގެން 875 ދިވެހިން އިންޑިޔާއަށް ބޭސް ފަރުވާއަށް ނުފުރިފައި! އިންޑިޔާއަށް އާސަންދައަށް ދާން ބޭނުންވާ މީހުންނަށް ދަނީ ޖެއްސުން ކުރަމުން!

ވެރިކަމަށް އައުމަށް އިންޑިޔާއާއި ގުޅުވައިގެން ހަތިޔާރު އެޅި އެތައް ހާސް ސިފައި ތިބި ކަމަށް ބުނެ ދެއްކި ހަގީގަތާއި ޚިލާފު ދޮގު ވާހަކަ ތަކަށް ފަހު، ޗައިނާގެ އުނގަށް ވެއްޓި ޗައިނާ އެދޭހެން އިންޑިޔާއާއި ގަސްތުގައި ޖެހިގަނެ، ދެގައުމުގެ ގުޅުން ދުވަހަކު ހީނަރު ނުވާ މިންވަރަށް މިހާރު ވަނީ ހީނަރުވެފައެވެ.

މިގޮތުން މުއިއްޒު އަންގައިގެން އާސަންދަ ދީފިއްޔާ އެންސްޕާއިން އެއްވެސް އެހީއެއް ނުދެއެވެ. މި އުސޫލުން މުއިއްޒު އަމަލު ކުރަމުން ދަނީ އިންޑިޔާއަށް ބޭސް ފަރުވާއަށް ދާން ބޭނުންވާ ދިވެހިންނަށް ޖެއްސުންކޮށް، މާޔޫސް ކުރުވުމަށެވެ. އެ މީހުން އިންޑިޔާއަށް ބޭސް ފަރުވާއަށް ދިޔުމަށް ބޭނުންވާ ގޮތް ކުޑަ ކުރުވުމަށެވެ. މި ގޮތަށް 875 މީހަކު އެންސްޕާއަށް ޓިކެޓަށް ބޭނުންވާ ފައިސާއަށް އެދުމުން އެކަން ކޮށްފައި ނުވާ ކަމަށާއި، އެކަން އެގޮތަށް ނުކުރަނީ މުއިއްޒު އަންގައިގެން ކަމަށް އެންސްޕާއިން މައުލޫމާތު ދިން ފަރާތަކުން ހާމަ ކުރިއެވެ.

ވަރަށް ދެރަ ކަންކަން. މިހެން ބަލިމީހަކަށް ނުފުރިގެން ފަރުވާ ނުލިބިގެން މަރުވެސް ވެދާނެ!

އެންސްޕާއިން މައުލޫމާތު ދިން ފަރާތުން ކިޔައި ދިނެވެ.

މުއިއްޒު ވަނީ އިންޑިޔާގެ ހެލިކޮޕްޓަރާއި، ޑޯނިޔާ މަތިންދާ ބޯޓެއް އޮއްވައި އޭގެ ބޭނުން ޖެހުމުންވެސް ގަސްތުގައި އޭގެ ބޭނުން ނުހިފައި 2 ކުޑަކުއްޖަކު މަރާލާފައެވެ. އެންސްޕާއިން ޓިކެޓް ނުލިބި އާންމުން ދަނީ މީހުން ކައިރީ، ޓިކެޓަށް އެދި އާދޭސް ކުރަމުންނެވެ. ޗައިނާއާއި ގާތް ގުޅުމެއް ބޭއްވިއަސް، އެއްވެސް ގައުމަކާއި ޖެހިގަނެގެން އޭގެ އަސަރު ރައްޔިތުންނަށް ފޯރާނޭހެން އުޅެން ނުޖެހޭނެ ކަމަށް ރައްޔިތުން ދަނީ ތަކުރާރު ކޮށް ބުނަމުންނެވެ. ނަމަވެސް މުއިއްޒަށް ވިސްނިފައި އޮތީ ވެރިކަށް ދެމެހެއްޓޭނީ އިންޑިޔާއާއި މެދު ނަފްރަތު އުފައްދައިގެން ހައްދުފަހަނަ އެޅި ޤައުމިއްޔަތުގެ ތެރެއިން ކަމަށެވެ. އެހެންކަމުން، ވީހާވެސް ބޮޑަށް އިންޑިޔާއާއި އޮތްގުޅުން ކަނޑާލުމަކީ މުއިއްޒުގެ ފޮރިން ޕޮލިސީއެވެ.