އިޒްރޭލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި ބައިނަލްއަގުވާމީ ގަތުލުއާންމު މަނާކުރާ މުއާހަދާ ހިލާފުކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން ނިންމި ނިންމުމަށް މަރުހަބާ ވިދާޅުވެފައި ވަނީ ދެއްކުންތެރިކަމަށް ކަމަށާއި، އިހްލާސްތެރިކަމެއް ނެތް ކަމަށް ބުނެ ގިނަ ރައްޔިތުންތަކެއްގެ ފާޑު ކިޔުން މުއިއްޒަށް އަމާޒު ވެއްޖެއެވެ.
ރާއްޖެއަށް މަހެއްގެ މައްޗަށް އިޒްރޭލުން މިހާރު 50 ފަތުރުވެރިންވެސް ނާންނަ އިރު، މުއިއްޒު އިޒްރޭލުގެ ޕާސްޕޯޓް ބޭން ނުކޮށްގެން އުޅެނީ އެމެރިކާ ދެކެ ބިރުންނެވެ. ސަރުކާރުން މިހާތަނަށް އިޒްރޭލުން ހިންގަނީ ގަތުލު އާންމެއް ކަމަށް ބުނެލަންވެސް ނުކެރެއެވެ. އިޒްރޭލުން ޖެނޮސައިޑް ނުވަތަ ގަތުލު އާންމެއް ހިންގަމުން ދާއިރުވެސް އެކަމަށް މުއިއްޒު އާއި ފޮރިން މިނިސްޓަރ ޒަމީރު ކިޔަނީ ދެ ޤައުމުގެ ދެމެދުގައި ހިނގާ "ހަމަ ނުޖެހުމެއް" ކަމަށެވެ.
ދުނިޔޭގައި އިޒްރޭލާއި ދެކޮޅު ހުރިހާ ޤައުމަކުން ވެސް ހިނގަމުން މިދަނީ ގަތުލުއާންމެއް ކަމަށް ބުނެފައިވާއިރު، މުއިއްޒުގެ ސަރުކާރުން ވަނީ، ވޮޝިންގޓަނުގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ގަތުލުއާންމު މި ބަސް ބޭނުން ނުކުރުމަށް އަންގާފައެވެ.
މުއިއްޒަކީ ދެއްކުން ތެރިކަމާއި، ދީނަށް ލޯބި ކުރާ މީހެއް ކަމަށް ހެދިގެން އުޅޭ މީހެކެވެ. މުއިއްޒަކީ ކަހީނުންނާއި، ސިހުރަ ހާހުރުގެ ބާރު ބޭނުން ކޮށްގެން ވެރިކަމަށް އައުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ.