ކުރީގެ ރައީސް މުހައްމަދު ނަޝީދު ކައިވެނިބައްލަވައިގެންފި އެވެ.
އިތުބާރު ހުރި ގޮތަކަށް 'ދިޔަވަރު އޮންލައިން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ކައިވެނި ބައްލަވައިގެންނެވީ ޔުމްނާ ރުޝްދީއާއެވެ. އޭނާއަކީ ރާއްޖޭގައި އުފެދުނު މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝެއިހު ރުޝްދީއަށް މުނިކާފަ ވިދާޅުވާ ބޭފުޅެކެވެ.
ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތީ އިއްޔެގެ ވަގުތެއްގައި އަވައްޓެރި ސްރީ ލަންކާގައި ކަމަށްވެސް ވަނީ އެނގިފައެވެ.
ނަޝީދު ކުރިން ކައިވެނިބައްލައިވައިގެން އުޅުއްވީ ލައިލާ އަލީ އަބްދުﷲއާ އެވެ. އެ ކައިވެންޏަށް ދެ އަންހެން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. ނަޝީދު އާއި ލައިލާ ވަނީ މީީގެ ދެތިން އަހަރު ކުރިން ވަރިވެވަޑައިގެންފަ އެވެ.