ޚަބަރު

ޗައިނާއިން ދަނީ މުސްލިމުންނަށް އިންސާނިއްޔަތާއި ޚިލާފު އެތައް އަނިޔާއެއް ކުރަމުން : އދ | ސަލަފުން ގެނައި މުއިއްޒު ވަނީ ޗައިނާ އުނގަށް ވެއްޓިފައި!

ދިޔަވަރު
ޗައިނާއިން ދަނީ މުސްލިމުންނަށް އިންސާނިއްޔަތާއި ޚިލާފު އެތައް އަނިޔާއެއް ކުރަމުން : އދ | ސަލަފުން ގެނައި މުއިއްޒު ވަނީ ޗައިނާ އުނގަށް ވެއްޓިފައި!

އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ހައިކޮމިޝަނަރު މިޝޭލް ބެޝެލެޓް ޗައިނާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން ޝާއިއުކުރި ރިޕޯޓުގައި ބުނެފައި ވަނީ، މުސްލިމުންނަށް ކުރާ ޖިސްމާނީ އަދި ޖިންސީ އަނިޔާ ތަކާއި، މަޖުބޫރުކޮށްގެން ބޭސް ދިނުމާއި، އިންސާނުން ތިބެން ނުވާ ފަދަ ތަންތަނުގައި ބަންދުކޮށް ގެންގުޅުން ފަދަ ތުހުމަތު ތަކަކީ، ޗައިނާގައި ހިނގާ ހަޤީގީ ތެދު ވާހަކަ ތައް ކަމަށެވެ.

ޗައިނާގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މި ރިޕޯޓް ގައި ބުނެފައި ވަނީ އުއިގޫރާއި މުސްލިމުންނާއި ދެކޮޅަށް އެއްވެސް ޝަރީއަތަކާއި ނުލައި، ބަންދުގައި ބަހައްޓައިގެން ކުރަމުންދާ އަނިޔާ ތަކަކީ ފަރުދީ ގޮތުންނާއި، އަސާސީ ގޮތުން ހައްގުތަކަށް އަރައިގަނެ، ހިނގާ އިންސާނިއްޔަތާ ހިލާފު، ބައިނަލްއަގްވާމީ ބޮޑެތި ޖަރީމާތަކެއް ކަމަށެވެ.

މިޝޭލް ބެޝެލެޓް 4 އަހަރު ވަންދެން ޗައިނާގައި ހުރެ، ހޯދި ހޯދުންތަކުގެ މައްޗަށް ބަލައި ތައްޔާރު ކޮށްފައިވާ މި ރިޕޯޓްގައި ވަނީ، މި އަނިޔާތައް ދެމުން ދަނީ، އުއިގޫރު ތެރޭގައި ހިމެނޭ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ބުނެއެވެ. އެ ގޮތުން މީހުން ހައްޔަރު ކޮށް އަނިޔާ ދެމުންދަނީ އަލުން ތައުލީމު ދިނުމަށް ކަމަށް ބުނެ ކޭމްޕްތަކުގެ ތެރޭގައި ހައްޔަރުގައި ބައިތިއްބައިގެންނެވެ.

މި ކޭމްޕް ތަކުގެ މަސައްކަތަކީ އިސްލާމް ދީން ދޫކޮށްލައި، ޗައިނާގެ ކޮމިއުނިސްޓް ވެރި މީހާއަށް އީމާން ކަން ހަލާސް ކުރުމެވެ.

މުސްލިމް އެތައް މިލިއަން ބަޔަކު، ހައްޔަރުކޮށް ޖަލަށް ލައި، އަނިޔާ ކުރަމުންދާ ޤައުމެއް ގާތްކޮށްގެން، އެ އަނިޔާއަށް ބަސް ނުބުނެ، އެމީހުންގެ އުނގަށް ވެއްޓިގެން ސަރުކާރު ހިންގަން މުއިއްޒު ކުރަމުންދާ މަސައްކަތަށް އަތް ޖަހަން ތިބީ ސަލަފު ޖަމިއްޔާގެ ވެރިންނާއި، މެމްބަރުންނެވެ.

އިންޑޮނޭޝިޔާގެ ކަނޑުގެ ސަރަހައްދުގައި ވަގަށް ޖާސޫސް ކުރަނިކޮށް ބޭރު ކޮށްލި ޗައިނާގެ ޖާސޫސީ މަނަވަރެއް މުއިއްޒުގެ ހުއްދަ އާއި އެކު، ރާއްޖެ އަންނަމުން ދާއިރު، މިއީ މި ސަރަހައްދުގެ ސަލާމަތަށް ހުރި ނުރައްކަލެކެވެ.