ޚަބަރު

4 މިލިއަނުގެ ބާކީ ރިޝްވަތުގެ ފައިސާ ލިބޭނީ، މަޖިލީސް ހިސާރު ކޮށްގެން ކަމަށް މުއިއްޒު ބުނުމުން، ވިކުނު މެމްބަރުން މަޖިލިސް ތަޅުލައި، ވަޒީރުންނަށް ރުހުން ނުދިނުމުގެ ވޯޓު ނެގުވިޔަ ނުދީ ހިފަހައްޓައިފި!

ދިޔަވަރު
4 މިލިއަނުގެ ބާކީ ރިޝްވަތުގެ ފައިސާ ލިބޭނީ، މަޖިލީސް ހިސާރު ކޮށްގެން ކަމަށް މުއިއްޒު ބުނުމުން، ވިކުނު މެމްބަރުން މަޖިލިސް ތަޅުލައި، ވަޒީރުންނަށް ރުހުން ނުދިނުމުގެ ވޯޓު ނެގުވިޔަ ނުދީ ހިފަހައްޓައިފި!

4 މިލިއަނުގެ ބާކީ ރިޝްވަތުގެ ފައިސާ ލިބޭނީ، މަޖިލީސް ހިސާރު ކޮށްގެން ކަމަށް މުއިއްޒު ބުނުމުން، ވިކުނު މެމްބަރުން މަޖިލިސް ތަޅުލައި، ވަޒީރުންނަށް ރުހުން ނުދިނުމުގެ ވޯޓު ނެގުވިޔަ ނުދީ ހިފަހައްޓައިފިއެވެ. މި ވަގުތު މަޖިލީހުގައި ތަޅު އަޅުވައިގެން ރިޝްވަތު ނަގައިގެން ތިބި، ވަގުންތައް ވަނީ ޤާނޫނާއި ޚިލާފަށް މަޖިލިސް ހުއްޓުވާފައެވެ.

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލާގައި ވޯޓަށް އެހުން އޮތީ މިއަދު 1:30 އަށް ތާވަލުކޮށްފަ އެވެ. ނަމަވެސް ވިކުނު ވަގު މެމްބަރުން އެ ގަޑިއަށް މަޖިލީހުގެ ތަޅުމަށް ވަދެ ރިޔާސަތު އިންނަވާ ޗެމްބަރަށް ވަނީ އަރައިފަ އެވެ. ރިޔާސަތުގެ ގޮނޑީގައި އިށީނދެވަޑައިގެން އިންނެވީ ކަނޑިތީމުގެ ދާއިރާގެ ވަގު މެމްބަރު އަބްދުﷲ ޝަހީމެވެ. ޝަހީމަކީ މަސްތުވާ ތަކެތި ބޭނުން ކުރާ އެޑިކްޓެކެވެ.

އޭގެ އިތުރުން ޗެމްބަރު ތަޅުލައި މެންބަރުން ވޯޓުލާ ކާޑުކޮޅުތައް ވެސް ވަގު މެންބަރުންތައް ވަނީ ނަގައިފަ އެވެ. އެހެންވެ ޖަލްސާ އަދިވެސް ވަނީ ނުފެށިފައެވެ.