ޚަބަރު

ވަޒީރުންނަށް ރުހުން ނުދީގެން ޑެޕިއުޓީ މިނިސްޓަރުންނާއި، ޑެޕިއުޓީ ކަމަށް ނަން ނޯޓު ކޮށްފަ ތިބި ފަރާތްތައް މުއިއްޒުގެ އަމުރަށް މަގުމައްޗަށް ނެރެފި! ބައެއް ޑެޕިއުޓީން ވަނީ ދަރިން ބަލާ ސުކޫލަށް ދާން ޖެހޭ ކަމަށް ބުނެ ފިލައިގެން ގޮސްފައި!

ދިޔަވަރު
ވަޒީރުންނަށް ރުހުން ނުދީގެން ޑެޕިއުޓީ މިނިސްޓަރުންނާއި، ޑެޕިއުޓީ ކަމަށް ނަން ނޯޓު ކޮށްފަ ތިބި ފަރާތްތައް މުއިއްޒުގެ އަމުރަށް މަގުމައްޗަށް ނެރެފި! ބައެއް ޑެޕިއުޓީން ވަނީ ދަރިން ބަލާ ސުކޫލަށް ދާން ޖެހޭ ކަމަށް ބުނެ ފިލައިގެން ގޮސްފައި!

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވަޒީރުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރުހުން ނުދޭނެ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އާއި ދަ ޑިމޮކްރެޓްސްއިން ހާމަކުރުމުން ބައެއް ޑެޕިއުޓީ މިނިސްޓަރުންނާއި ސަރުކާރުގެ އިސްވެރިން ތެރޭގައި، ޑެޕިއުޓީ ކަން ލިބޭނެ ކަމަށް ބުނެފައިވާ މަދު ބަޔަކު މަޖިލިސް ކައިރީގައި މުޒާހަރާ ކުރަން ފަށައިފި އެވެ. އަމުރު ކޮށްގެންވެސް އެންމެން ވަނީ ހާޒިރު ނުވެފައެވެ. ވައެއް ފަރާތްތައް ވަނީ ދަރިން ބަލާ ސުކޫލަށް ދާނެ ޖެހޭ ކަމަށް ބުނެ، އަނެއް ބަޔަކު ވަނީ ޑޮކްޓަރަށް ދައްކަން ދާން ޖެހޭ ކަމަށް ބުނެ ފިލާފައެވެ. ގިނަ މީހުން ތިބީވެސް ރަސްމީ އޮފީސް ހެދުމުގައެވެ.

ވަޒީރުންނަށް ރުހުން ދިނުމާ މެދު ގޮތެއް ނިންމުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާއެއް ކަމަށްވާއިރު ވޯޓަށް އެހުން ތާވަލުކުރީ މެންދުރު 01:30 އަށެވެ. އެ ޖަލްސާ ވެސް ޕީޕީއެމް/ޕީއެންސީގެ މެމްބަރުން ހުއްޓުވާފައިވާއިރު ވަޒީރުންގެ ދިފާއުގައި މުޒާހަރާއެއް ވަނީ ފަށާފަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ޑެޕިއުޓީންގެ އިތުރަށް ސަރުކާރުގެ މިނިސްޓަރުންގެ ފެންވަރުގެ ބޭފުޅުންނާއި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުންގެ އިތުރުން ވެސް މަދު މަދުން އެތާ އެބަ ތިއްބެވެ.

ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އާއި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަދި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ދަ ޑިމޮކްރެޓްސް އިން ވަނީ ނިންމައިފަ އެވެ. އެމްޑީޕީން ނިންމީ ފޮރިން މިނިސްޓަރު ޒަމީރަށް ރުހުން ދިނުމަށެވެ. އޭގެ ބަދަލުގައި އިކޮނޮމިކް މިނިސްޓްރު ސައީދަށް ރުހުން ނުދޭން ވަނީ ނިންމާފަ އެވެ.

ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް ރުހުން ނުދޭން އިދިކޮޅުން ނިންމުމުން ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން ބުނީ ރުހުން ނުދެނީ ރައްޔިތުންނަށް ދެމުންދާ ހިދުމަތްތައް ހުއްޓުވަން ކަމަށެވެ.

"މި ވަޒީރުންނަކީ ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަން ދެއްވައިގެން މަސައްކަތް ކުރައްވާނެ ވަޒީރުންކަމާމެދު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ޝައްކެއް ނުކުރަން، ރައީސް ވެރިކަމަށް ވަޑައިގަތުމަށްޓަކައި ރައްޔިތުންނާއި ހަމައަށް ގެނެސްދެއްވާފައިވާ ތަސައްވުރާއި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުރިހަމަގޮތުގައި ތަންފީޒު ކުރައްވުމުގައި ކުރާންޖެހޭ ހުރިހާ މަސައްކަތެއް އެބޭފުޅުން ކުރައްވާނެ،" ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.