މުޒާހަރާ ކުރުމަށް މުއިއްޒުގެ އަމުރަށް ގަދަކަމުން ޑެޕިއުޓީން ނެރެ، އޭގެ އިތުރުން ޑެޕިއުޓީކަން ލިބޭނެ ކަމަށް ބުނެ ނަންނޯޓު ކޮށްފައިވާ ސަރުކާރު މުއައްޒަފުން މުޒާހަރާއަށް ނެރުމުން، މުޒާހަރާ ކުރާ ސަރަހައްދަށް ދިޔުމަށް ފަހު، އެމީހުން ވަނީ އަވަހަށް ގެއަށް ގޮސްފައެވެ. މީހުން މަދުވެގެން ޕީޕީއެމް ގްރޫޕް ތަކުގައި މުޒާހަރާއަށް މީހުން އައުމަށް ވަނީ އާދޭސް ކޮށްފައެވެ. މުއިއްޒު އަމިއްލައަށް ބައެއް މިނިސްޓަރުން ފެންވަރުގައު އައްޔަންކޮށްފައިވާ ފަރާތްތަކަށް ގުޅައި މުޒާހަރާއަށް ދިޔުމަށް އާދޭސް ކޮށްފައި ވެއެވެ.
ސަރުކާރު މުއައްޒަފުން މުޒާހަރާއަށް ގޮސް އަދި ބައެއް މީހުން މުޒާހަރާއަށް ނެރުމުން ފިލައިގެން ގެއަށް ދިޔުމުގެ ސަބަބުން މިނިސްޓްރީތަކުން ރައްޔިތުންނަށް ދެމުން ދިޔަ ޚިދުމަތްތައް ހުއްޓި، ބުރޫ އަރައިފިއި ވެއެވެ. މި ގޮތުން ޓްރާންސް ޕޯޓް މިނިސްޓްރީއާއި، އިސްލާމިކް މިނިސްޓްރީއާއި، އެކޮނޮމިކް މިނިސްޓްރީއިން އާންމު ކޮށް ދޭ ޚިދުމަތްތައް މިއަދު ހުރީ ހުއްޓިފައެވެ.
ސަރުކާރުން ޑެޕިއުޓީންނާއި، މުއައްޒަފުން މުޒާހަރާ ކުރަން މަނާ ސަރަހައްދަކަށް ނެރެ، މުޒާހަރާ ކުރުވާފައި ވާއިރު، ސަރުކާރު އޮފީސްތަކުން ދީފައިވާ ޚިދުމަތްތައް މެދު ކެނޑިގެން ރައްޔިތުން ޝަކުވާ ކުރާ ހިސާބަށް ދިޔުމަކީ ވަރަށް ބޮޑު ހިތާމައެކެވެ.