ޚަބަރު

މަޖިލީހުގެ ޖަލްސާ މިރޭ 08:00ގައި!

ދިޔަވަރު
މަޖިލީހުގެ ޖަލްސާ މިރޭ 08:00ގައި!

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ދެން ފަށާނީ މިރޭ 08:00ގައި ކަމަށް، މަޖިލީހުގެ އިދާރާއިން މެމްބަރުންނަށް އަންގައިފިއެވެ.

މެމްބަރުންނަށް އެގޮތަށް އަންގާފައި ވަނީ މިއަދު އިރުއޮއްސެން ކައިރިވެފައި ވަނިކޮށެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ 22 ވަޒީރުންނަށް ރުހުން ދިނުމާ ގުޅޭގޮތުން ނަގާ ވޯޓު 1:30ގައި ނެގުމަށް އޮތީ ހަމަޖެހިފައެވެ. އެހެންނަމަވެސް ޕީއެންސީގެ މެމްބަރުން މަޖިލިސް ފްލޯރ ތަޅުލައިގެން ތިބުމުން، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިއުމުގެ ޖާގައެއް ނުލިބުނެވެ.

ތަކުރާރުކޮށް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދަން އެމްޑީޕީއާއި ޑިމޮކްރެޓްސްގެ މެމްބަރުން މަސައްކަތްކުރި ނަމަވެސް، އެ މެމްބަރުންނަށް މަޖިލީހުގައި މަސައްކަތް ކުރިއަށް ގެންދިއުމުގެ ފުރުސަތު ސަރުކާރަށް ތާއީދުކުރާ މެމްބަރުން ނުދިންކަން ފާހަގަކޮށްލެވެއެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދެވޭނެ މާހައުލެއް ނެތުމުން، މަޖިލީހުގެ ޖަލްސާދެން ފެށޭނެ ވަގުތެއް އަންގާނެ ކަމަށް މަޖިލީހުގެ އިދާރާއިން ވަނީ އޭރު މެމްބަރުންނަށް އަންގާފައެވެ.